Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ސަރުކާރުގެ ފަންނީ ތަމްރީނު ޕްރޮގްރާމުގައި ބައިވެރިވުމަށް 77 ޒުވާނަކު ބ. ކިހާދޫއަށް ފުރައިފި

ސަރުކާރުގެ ފަންނީ ތަމްރީނު ޕްރޮގްރާމުގައި ބައިވެރިވުމަށް 77 ޒުވާނަކު ބ. ކިހާދޫއަށް ފުރައިފި

އައިޝަތު ރުވާ ރިފްޢަތު
98 ދުވަސް ކުރިން - 3 ޖޫން 2026 15:33
ކިހާދޫއަށް ފުރުމަށް ޒުވާނުން ތައްޔާރުވަނީ---
ކިހާދޫއަށް ފުރުމަށް ޒުވާނުން ތައްޔާރުވަނީ---
ޚުލާސާ

މި ތަމްރީނު ޕްރޮގްރާމުގައި ރާއްޖޭގެ 17 އަތޮޅެއްގެ 50 ރަށަކަށް ނިސްބަތްވާ ޒުވާނުން ބައިވެރިވި. އުމުރުން 16 އަހަރާއި 19 އަހަރާ ދެމެދުގެ މި 77 ޒުވާނުންނަށް، ތަފާތު 6 ފަންނީ ދާއިރާއަކުން ތަމްރީނު ފުރިހަމަކުރުމުގެ ފުރުސަތު މި މަރުޙަލާގައި ލިބިގެންދާނެ.

އަމިއްލަ ނަފުސަށް އިތުބާރުކުރާ، ގައުމިއްޔަތަށް ލޯބިކުރާ ޒިންމާދާރު ޖީލެއް ބިނާކުރުމަށް ސަރުކާރުން ކުރިއަށްގެންދާ "ދިވެހި ވަތަނީ ހިދުމަތުގެ ތަމްރީނު" ޕްރޮގްރާމްގެ ފަންނީ މަރުހަލާގައި ބައިވެރިވުމަށް 77 ޒުވާނަކު މިއަދު ބ. ކިހާދޫއަށް ފުރައިފިއެވެ.

މިކަމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މިއީ އަމިއްލަ ނަފުސަށް އިތުބާރުކުރާ، އަގީދާ ވަރުގަދަ، ރޫޙާނީ އަދި ޖިސްމާނީ ގޮތުން ދުޅަހެޔޮ، ޤައުމިއްޔަތަށް ލޯބިކުރާ، ޒިންމާދާރު ރައްޔިތެއް ބިނާކުރުމަށް ސަރުކާރުން ފަށާފައިވާ މުހިންމު މަސައްކަތެއް ކަމަށެވެ.

Advertisement

Advertisement 1

މިއަދު ބ. ކިހާދޫއަށް ފުރާފައިވަނީ ދިވެހި ވަތަނީ ހިދުމަތުގެ ތަމްރީނުގެ ދެވަނަ ބެޗް ފުރިހަމަކުރި ޒުވާނުންގެ ތެރެއިން، ފަންނީ ތަމްރީނުތައް ހާސިލުކުރުމަށް ޝައުގުވެރިކަން ފާޅުކޮށް ކުރިމަތިލީ ކުދިންނެވެ. މި ކުދިން ތަމްރީނު ހޯދާނީ ބ. ކިހާދޫގައި ޤާއިމުކޮށްފައިވާ އެމް.އެން.ޑީ.އެފްގެ "ސްކޫލް އޮފް އިންޖިނިއަރިން އެންޑް ލޮޖިސްޓިކްސް" ގައެވެ. މި ތަމްރީނު ޕްރޮގްރާމުގައި ރާއްޖޭގެ 17 އަތޮޅެއްގެ 50 ރަށަކަށް ނިސްބަތްވާ ޒުވާނުން ބައިވެރިވެއެވެ.

އުމުރުން 16 އަހަރާއި 19 އަހަރާ ދެމެދުގެ މި 77 ޒުވާނުންނަށް، ތަފާތު 6 ފަންނީ ދާއިރާއަކުން ތަމްރީނު ފުރިހަމަކުރުމުގެ ފުރުސަތު މި މަރުހަލާގައި ލިބިގެންދާނެއެވެ. ސަރުކާރުގެ އަމާޒަކީ މިފަދަ ތަމްރީނުތަކުގެ ޒަރީޢާއިން، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި ޒުވާނުންނަކީ މަސައްކަތްތެރިކަމުގެ ދާއިރާއިން ކުރިއަށްދިއުމުގެ ހުނަރާއި ގާބިލުކަން ހުރި، ގައުމީ ލޯބި އަށަގެންފައިވާ ބަޔަކަށް ހެދުމެވެ.

މި ޕްރޮގްރާމަކީ ސަރުކާރުން ޒުވާނުން ބިނާކުރުމަށް ދެއްވާ ކުރިއަށްގެންދާ މުހިންމު މަޝްރޫއެކެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުއެމްއެންޑީއެފްބ. ކިހާދޫ
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

އެސްއޯއީތައް އިސްލާހުކުރުމުގެ ނިންމެވުން: ދެމެހެއްޓެނިވި އަދި ހަރުދަނާ ހިދުމަތަކަށް އެޅުނު މުހިންމު ފިޔަވަޅެއް: ފަހުމީ

އެސްއޯއީތައް އިސްލާހުކުރުމުގެ ނިންމެވުން: ހަރުދަނާ ހިދުމަތަކަށް އެޅުނު މުހިންމު ފިޔަވަޅެއް: ފަހުމީ

1 ދުވަސް ކުރިން - 08:45

މަދަނީ މައްސަލަތައް އަވަސްކުރަން ގާނޫނަށް އިސްލާހު ގެންނަނީ

މަދަނީ މައްސަލަތައް އަވަސްކުރަން ގާނޫނަށް އިސްލާހު ގެންނަނީ

2 ދުވަސް ކުރިން - 20:20

ހުރިހާ ރައްޔިތުން ރިސޯޓު ހިއްސާދާރުންނަށް ހަދާ ޕްރޮޖެކްޓް ނޮވެމްބަރުގައި ފަށަނީ

ހުރިހާ ރައްޔިތުން ރިސޯޓު ހިއްސާދާރުންނަށް ހަދާ ޕްރޮޖެކްޓް ނޮވެމްބަރުގައި ފަށަނީ

2 ދުވަސް ކުރިން - 19:54

އާސަންދަ ބަދަލާއެކު ރައްޔިތުންގެ އެހެނިހެން ކަންތަކަށް 287 މިލިއަން ރުފިޔާ

އާސަންދަ ބަދަލާއެކު ރައްޔިތުންގެ އެހެނިހެން ކަންތަކަށް 287 މިލިއަން ރުފިޔާ

2 ދުވަސް ކުރިން - 16:33

2028 މެދަކާހަމަޔަށް ދާއިރު ގިނަރައްޔިތުންނަށް ބޯހިޔާވަހިކަން ކަށަވަރުވެގެން ދާނެ: ރައީސް

2028 މެދަކާހަމަޔަށް ދާއިރު ގިނަރައްޔިތުންނަށް ބޯހިޔާވަހިކަން ކަށަވަރުވެގެން ދާނެ: ރައީސް

2 ދުވަސް ކުރިން - 16:20

ޤައުމާއި މެދު އިޚްލާޞްތެރިވާކަން ޢަމަލާއި ބަހުން ދެއްކުމަށް ރައީސް އިލްތިމާސް ކުރައްވައިފި

ރައީސްގެ އިލްތިމާސް: ޤައުމާއި މެދު އިޚްލާޞްތެރިވާކަން ޢަމަލާއި ބަހުން ދައްކާ!

2 ދުވަސް ކުރިން - 16:05