Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

އއ. ފެރިދޫގައި ފުލުހުންގެ އައު އިމާރާތް ހުޅުވައިފި

އއ. ފެރިދޫގައި ފުލުހުންގެ އައު އިމާރާތް ހުޅުވައިފި

އައިޝަތު ރުވާ ރިފްޢަތު
94 ދުވަސް ކުރިން - 3 ޖޫން 2026 07:07
ފެރިދޫގައި ޕޮލިސް އިމާރާތް ހުޅުއްވައިދެއްވަނީ---
ފެރިދޫގައި ޕޮލިސް އިމާރާތް ހުޅުއްވައިދެއްވަނީ---
ޚުލާސާ

ޕޮލިސް ސްޓޭޝަން ހުޅުވައިދެއްވުމަށްފަހު، ގައުމީ ދިދަ ނަންގަވައިދެއްވީ މިނިސްޓަރ އަލީ އިހްސާން. ގެންގޮސްފައެވެ. ފެރިދޫ ޕޮލިސް ސްޓޭޝަން އިމާރާތްކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށް ގެންގޮސްފައިވާއިރު، މި އިމާރާތުގެ ބިންގާ އަޅާފައިވަނީ 19 އޮގަސްޓް 2021 ގައި.

އއ. ފެރިދޫގައި ގާއިމުކުރި ފުލުހުންގެ އައު އިމާރާތް "ފެރިދޫ ޕޮލިސް ސްޓޭޝަން" މިއަދު ރަސްމީކޮށް ހުޅުވައިފިއެވެ. މިކަމަށްޓަކައި މިއަދު ފެރިދޫގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި، މި ޕޮލިސް ސްޓޭޝަން ހުޅުވައިދެއްވީ މިނިސްޓަރ އޮފް ހޯމްލޭންޑް ސެކިއުރިޓީ، ލޭބަރ އެންޑް ޓެކްނޮލޮޖީ ޢަލީ އިޙްސާން އާއި ކޮމިޝަނަރ އޮފް ޕޮލިސް އަލީ މުޙައްމަދުއެވެ.

މި ރަސްމިއްޔާތުގައި ޕޮލިސް ސްޓޭޝަން ހުޅުވައިދެއްވުމަށްފަހު، ގައުމީ ދިދަ ނަންގަވައިދެއްވީ މިނިސްޓަރ ޢަލީ އިޙްސާންއެވެ. އަދި ފުލުހުންގެ ދިދަ ނަންގަވައިދެއްވީ ކޮމިޝަނަރ އޮފް ޕޮލިސް އަލީ މުޙައްމަދުއެވެ. މި ރަސްމިއްޔާތުގައި ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ފަރުހާދު ފިކުރީއާއި، ފުލުހުންގެ އެގްޒެކެޓިވް ބައެއް އޮފިސަރުންނާއި، ފެރިދޫ ކައުންސިލުގެ ރައީސް އަންވަރު ސާދާތުގެ އިތުރުން ކައުންސިލް މެންބަރުންނާއި، އެމްޓީސީސީގެ މުވައްޒަފުންނާއި ރަށުގެ ގިނަ އަދަދެއްގެ ރައްޔިތުން ބައިވެރިވިއެވެ.

މި މަޝްރޫޢު ކުރިއަށް ގެންދިއުމުގައި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އާއި ފެރިދޫ ކައުންސިލުން ވެދެއްވި އެހީތެރިކަމާއި އެއްބާރުލުން ފާހަގަކޮށް، އެ ފަރާތްތަކުގެ އަގުވަޒަންކުރުމުގެ ގޮތުން ހަނދާނީ ލިޔުން ވަނީ އަރުވާފައެވެ. މި ލިޔުންތައް ހަވާލުކޮށްދެއްވީ މިނިސްޓަރ ޢަލީ އިޙްސާންއެވެ.

Advertisement

Advertisement 1

ޕޮލިސް ސްޓޭޝަން ހުޅުވުމުގެ ރަސްމިއްޔާތަށްފަހު، އެ އިމާރާތުގެ ގޯތިތެރޭގައި ގަސްއިންދުމުގެ ހާއްސަ ހަރަކާތެއްވެސް ވަނީ ކުރިއަށް ގެންގޮސްފައެވެ. ފެރިދޫ ޕޮލިސް ސްޓޭޝަން އިމާރާތްކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށް ގެންގޮސްފައިވާއިރު، މި އިމާރާތުގެ ބިންގާ އަޅާފައިވަނީ 19 އޮގަސްޓް 2021 ގައެވެ. މި އައު އިމާރާތުގައި އިދާރީ މަސައްކަތްތަކަށް ހާއްސަ ބަޔަކާއި، ފުލުހުން ތިބުމަށް ބޭނުންވާ އެކޮމޮޑޭޝަން ބްލޮކެއް ވަނީ ގާއިމުކޮށްފައެވެ.

މިއަދު ހުޅުވުނު މި ޕޮލިސް ސްޓޭޝަނަކީ ފުލުހުންގެ ހިދުމަތް ފޯރުކޮށްދޭ ތަންތަނަކީ ފުލުހުންގެ އަމިއްލަ އިމާރާތްތަކަށް ހެދުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ދަށުން ނިންމާލެވުނު މުހިންމު މަޝްރޫޢެކެވެ.

މޯލްޑިވްސް ޕޮލިސް ސަރވިސްއއ. ފެރިދޫމިނިސްޓަރު އަލީ އިހުސާންއެމްޓީސީސީޕޮލިސް އިމާރާތް
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ގއ. މާމެންދޫން ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު ދެ މީހަކު ހައްޔަރުކޮށްފި

ގއ. މާމެންދޫން ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު ދެ މީހަކު ހައްޔަރުކޮށްފި

1 ދުވަސް ކުރިން - 01:55

ފުރާނަތައް ސަލާމަތްކުރުމަށް ދުއްވާފަރާތްތަކާއި ހިނގާފަރާތްތަކަށް ފުލުހުންގެ މުހިންމު އިރުޝާދުތަކެއް

ފުރާނަތައް ސަލާމަތްކުރުމަށް ދުއްވާފަރާތްތަކާއި ހިނގާފަރާތްތަކަށް ފުލުހުންގެ މުހިންމު އިރުޝާދުތަކެއް

1 ދުވަސް ކުރިން - 20:53

މާލޭގެ ފިހާރައަކުން ގިނަ އަދަދެއްގެ ފައިސާއާއި ފޯނެއް ވަގަށް ނަގައިގެން ފުރަން އުޅުނު ލަންކާ ރައްޔިތަކު ހައްޔަރުކޮށްފި

ފިހާރައަކުން ވަގަށް ނަގައިގެން ފުރަން އުޅުނު ލަންކާ ރައްޔިތަކު ހައްޔަރުކޮށްފި

2 ދުވަސް ކުރިން - 15:41

ވެމްކޯއާއި ފުލުހުން ގުޅިގެން މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް ހޭލުންތެރިކުރުވުމުގެ ޕްރޮގްރާމެއް ފަށައިފި

ވެމްކޯގެ މުވައްޒަފުން މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް ހޭލުންތެރިކުރުވުމުގެ ޕްރޮގްރާމެއް ފަށައިފި

3 ދުވަސް ކުރިން - 14:41

ލައިސަންސް ނެތި ބޭރު ފައިސާ މާރުކުރާ ފަރާތްތަކުގެ މައުލޫމާތު ޓާސްކްފޯސްއަށް ހިއްސާކުރުމަށް ފުލުހުން އިލްތިމާސްކޮށްފި

ލައިސަންސް ނެތި ބޭރު ފައިސާ މާރުކުރާ ފަރާތްތަކުގެ މައުލޫމާތު ހިއްސާކުރުމަށް އިލްތިމާސްކޮށްފި

3 ދުވަސް ކުރިން - 12:44

ޒީވާގެ ގައިގައި އެހެން ކާރަކުން ޖެހިފައިވާ ކަމަށް ބެލެވޭ: ފުލުހުން

ޒީވާގެ ގައިގައި އެހެން ކާރަކުން ޖެހިފައިވާ ކަމަށް ބެލެވޭ: ފުލުހުން

3 ދުވަސް ކުރިން - 10:57