ނަޞްރުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ބޭއްވުނު ރަސްމިއްޔާތެއްގައި ވާހަކަފުޅު ދައްކަވަމުން، އަސްކަރިއްޔާގެ ވައިގެ އަދި ކަނޑުއަޑީގެ ޤާބިލްކަން އިތުރުކުރުމަށް އަޅާފައިވާ ފިޔަވަޅުތަކާއި، ސަރުކާރުން މި ދުވަސް ފާހަގަކުރުމަށް ދެއްވާ އަހައްމިއްޔަތުކަން ފާހަގަކުރެއްވި.
704 ދުވަސް ކުރިން - 20:48
ސްޕެޝަލް ބޯޓް ސްކޮޑްރަން އުފެއްދުމުގެ މަޤްޞަދަކީ ދިވެހިރާއްޖޭގެ ކަނޑުގެ ސަރަޙައްދު ރައްކާތެރިކޮށް، ކަނޑުއަޑީގެ އޮޕަރޭޝަންތައް ހަރުދަނާކޮށް، ޤައުމީ ސަލާމަތާއި ރައްކާތެރިކަން އިތުރަށް ކަށަވަރުކުރުން.
704 ދުވަސް ކުރިން - 20:41
ސިފައިންގެ އެކި ވިންގުތަކުގެ އޮޕަރޭޝަންތައް ދައްކާލައި، އަދި އަލަށް އުފެއްދި "ސްޕެޝަލް ބޯޓް ސްކޮޑްރަން" އިފްތިތާޙުކޮށް ނަސްރުގެ ދުވަހުގެ މުނާސަބަތުގައި ދިވެހި ސިފައިންގެ އަސްކަރީ ޤާބިލުކަން ދައްކާލުމުގެ ޚާއްސަ ހަރަކާތެއް ޖުމްހޫރީ މައިދާނުގައި ކުރިއަށްގެންގޮސްފި.
704 ދުވަސް ކުރިން - 20:30
"ބައެއް އިންޝުއަރެންސް ކުންފުނިތަކުން ކޭޝްލެސް ޚިދުމަތް ހުއްޓާލާފައިވީ ނަމަވެސް، އާސަންދަ ޚިދުމަތް ކުރީގައި ލިބެމުންދިޔަ ގޮތަށް ދެމެހެއްޓޭނެ ކަމަށް އެލައިޑް އިންޝުއަރެންސް ކުންފުނިން އިޢުލާނުކޮށްފި.
704 ދުވަސް ކުރިން - 20:13
ޝަރުތު ފުރިހަމަނުކޮށް ގެންނަ ދުންފަތުގެ ބާވަތްތައް ނައްތާލުމަށް ހިނގާ ޚަރަދު އެ ތަކެތި ގެނައި ފަރާތުން ދައްކަންޖެހޭ ގޮތަށް ޤަވާޢިދު ބަދަލުކޮށްފައިވާއިރު، މި ބަދަލާއެކު ދުންފަތުގެ ބާވަތްތައް ނައްތާލުމުގެ މަސްއޫލިއްޔަތު ކަސްޓަމްސްއާ ޙަވާލުކޮށްފައިވޭ.
704 ދުވަސް ކުރިން - 20:02
މި އެވޯޑަކީ އަދަދު ނޫހަށް ހައްޤު އެވޯޑެއް ނޫން ކަމަށް ބުނެ، އެ އެވޯޑު އަތުލުމަށް ވަރަށް ގިނަ ފަރާތްތަކުން އަންނަނީ ގޮވާލަމުން.
704 ދުވަސް ކުރިން - 16:51
ރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށް، ގެންގުޅެ، ބޭނުންކޮށް އަދި މަސްތުވާތަކެތީގެ ވިޔަފާރިކުރާ ކަމުގެ ތުހުމަތުގައި މި ތިން މީހުން ހައްޔަރުކޮށް ބަލައިފާސްކުރިއިރު ފެނުނު މަސްތުވާތަކެތީގެ ވަގުތީ ބަރުދަނުގައި 5 ކިލޯ 936 ގްރާމް ހުރި.
704 ދުވަސް ކުރިން - 16:30
ފޮރިން މިނިސްޓްރީން ބުނީ ދާދި ފަހުން ޕާކިސްތާނުގައި ހުންނަވާ ދިވެހި ސަފީރާއި އިސްލާމްއާބާދުގައި ހުންނަވާ އަފްޣާނިސްތާނުގެ މަންދޫބަކާ ދެމެދު ބޭއްވުނު ބައްދަލުވުމަކީ ދިވެހި ސަރުކާރުގެ ހުއްދައާއެކު ބޭއްވި ބައްދަލުވުމެއް ނޫން ކަމަށް.
704 ދުވަސް ކުރިން - 16:23
ރައީސް މުޢިއްޒުގެ މެނިފެސްޓޯގައި އައިޔޫއެމްއާއި ގުޅޭ ވަރަށް ރަނގަޅު ތަޞައްވުރެއް އެކުލަވާލެވިފައިވާކަމަށާއި، 2025 ވަނަ އަހަރު މިކަމުގައި ޢަމަލީ ސިފަތައް ޖެހޭތަން ފެންނާނެކަމުގެ އުފާވެރި ޚަބަރު ދެއްވާކަމަށް މިނިސްޓަރ ވިދާޅުވި.
704 ދުވަސް ކުރިން - 15:31
ނަޞްރުގެ ދުވަހުގެ ހެޔޮ އެދުން ސިފައިންގެ އެންމެ މަތީ ވެރިޔާ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒަށާއި، ފަޚުރުވެރި ދިވެހި ސިފައިންނަށް އަދި ދިވެހި ރައްޔިތުންނަށް އަރިސްކުރައްވާ ކަމަށް ވަޒީރު ޣައްސާންގެ ތަހުނިޔާގެ މެސެޖެގައި ފާހަގަކުރެއްވި.
704 ދުވަސް ކުރިން - 12:23
މި ޑިސްޕްލޭ އޮންނާނީ މިއަދު 16:15 ގައި މާލޭގެ ޖުމްހޫރީ މައިދާނުގައި. އެގޮތުން އެމްއެންޑީއެފުން ބޭނުންކުރާ އެކިއެކި އުޅަނދުތަކާއި ބަޑިތައް ޢާންމުންނަށް ދައްކާލާނެ ކަމަށް އެމްއެންޑީއެފުން ހާމަކުރި.
704 ދުވަސް ކުރިން - 12:17
ކަމުގެ ޙަޤީޤަތް އޮޅޭ ގޮތަށް މަޢުލޫމާތު ނުފެތުރުމަށް އެންސްޕާ އިން އެދިފައިވަނީ، އަމިއްލަ އިންޝުއަރެންސް ސްކީމުތަކަށް އިސްކަންދޭ ގޮތަށް އާސަންދަ އައުޓްޕޭޝަންޓް ޚިދުމަތަށް ގެނައި ބަދަލާއި ގުޅިގެން ފެތުރެމުންދާ ޞައްޚަ ނޫން މަޢުލޫމާތުތަކާއި ގުޅިގެން.
704 ދުވަސް ކުރިން - 12:09