Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ނަސްރުގެ ދުވަހުގެ މުނާސަބަތުގައި ދިވެހި ސިފައިންގެ އަސްކަރީ ޤާބިލުކަން ދައްކާލުމުގެ ޚާއްސަ ހަރަކާތެއް މިއަދު ކުރިއަށްގެންގޮސްފި

ނަސްރުގެ ދުވަހުގެ މުނާސަބަތުގައި ދިވެހި ސިފައިންގެ އަސްކަރީ ޤާބިލުކަން ދައްކާލުމުގެ ޚާއްސަ ހަރަކާތެއް މިއަދު ކުރިއަށްގެންގޮސްފި

އާނާ ފަހީމް
675 ދުވަސް ކުރިން - 3 ނޮވެންބަރު 2024 20:30
ނަސްރުގެ ދުވަހުގެ މުނާސަބަތުގައި ދިވެހި ސިފައިންގެ އަސްކަރީ ޤާބިލުކަން ދައްކާލުމުގެ ޚާއްސަ ހަރަކާތްތަކުގެ ތެރެއިން
ނަސްރުގެ ދުވަހުގެ މުނާސަބަތުގައި ދިވެހި ސިފައިންގެ އަސްކަރީ ޤާބިލުކަން ދައްކާލުމުގެ ޚާއްސަ ހަރަކާތްތަކުގެ ތެރެއިން
ޚުލާސާ

ސިފައިންގެ އެކި ވިންގުތަކުގެ އޮޕަރޭޝަންތައް ދައްކާލައި، އަދި އަލަށް އުފެއްދި "ސްޕެޝަލް ބޯޓް ސްކޮޑްރަން" އިފްތިތާޙުކޮށް ނަސްރުގެ ދުވަހުގެ މުނާސަބަތުގައި ދިވެހި ސިފައިންގެ އަސްކަރީ ޤާބިލުކަން ދައްކާލުމުގެ ޚާއްސަ ހަރަކާތެއް ޖުމްހޫރީ މައިދާނުގައި ކުރިއަށްގެންގޮސްފި.

ނަޞްރުގެ ދުވަހުގެ މުނާސަބަތުގައި ދިވެހި ސިފައިންގެ އަސްކަރީ ޤާބިލުކަން ދައްކާލުމުގެ ޚާއްޞަ ޙަރަކާތެއް މިއަދު ޖުމްހޫރީ މައިދާނުގައި ކުރިއަށްގެންގޮސްފިއެވެ. "ދިވެހި ސިފައިންގެ އަސްކަރީ ހުށަހެޅުން" ގެ ނަމުގައި ބޭއްވުނު މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ ޑރ. މުޙައްމަދު މުޢިއްޒުއެވެ.

މި ޙަރަކާތުގައި ސިފައިންގެ އެކި ވިންގުތަކުގެ އޮޕަރޭޝަންތައް ދައްކާލައި، ނިރުބަވެރި ޙަމަލާއެއް ރޫޅާލުމުގެ އޮޕަރޭޝަނެއް ރާވާ ކުރިއަށްގެންދާނެ ގޮތް ދައްކާލާފައިވެއެވެ. ކޯސްޓް ގާޑް، މެރިން ކޯޕްސް، އެއަރ ކޯޕްސް، ޑިފެންސް އިންޓެލިޖެންސް ސަރވިސް އަދި ސްޕެޝަލް ފޯސަސްގެ ދައުރު މި އޮޕަރޭޝަންގައި ދައްކުވައިދީފައިވެއެވެ.

ޙަރަކާތުގެ އެންމެ ޚާއްޞަ ކަމެއްގެ ގޮތުގައި، ކަނޑުމަތީގައި އަސްކަރިއްޔާގެ ޙަރަކާތްތެރިވުން އިތުރުކޮށް ޚާއްޞަ އޮޕަރޭޝަންތައް ހިންގުމަށް "ސްޕެޝަލް ބޯޓް ސްކޮޑްރަން" އިފްތިތާޙުކޮށްދެއްވާފައިވެއެވެ. މީގެއިތުރުން، ރައީސުލްޖުމްހޫރިއްޔާ ވަނީ ސްޕެޝަލް ބޯޓް ސްކޮޑްރަންގެ އެއްވަނަ ކޮލިފިކޭޝަން ކޯހުގެ ސިފައިންނަށާއި ސްޕެޝަލް ފޯސަސްގެ 5 ވަނަ ކޮލިފިކޭޝަން ކޯސް ފުރިހަމަކުރެއްވި ސިފައިންނަށް ބެރޭ ޙަވާލުކޮށްދެއްވާފައެވެ.

Advertisement

Advertisement 1

މި ރަސްމިއްޔާތުގައި ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އިބްރާހިމް ޙިލްމީއާއި ދިފާޢީ ވަޒީރު ޣައްސާން މަޢުމޫނުގެ އިތުރުން ވަޒީރުންނާއި ދައުލަތުގެ އިސްވެރިންނާއި ގިނަ ޢަދަދެއްގެ ޢaންމު ރައްޔިތުން ބައިވެރިވެފައިވެއެވެ. އަދި ސިފައިންގެ ބޭންޑުން ދުވަހާއި ގުޅޭ ލަވަތައްވެސް ހުށަހަޅާދީފައިވެއެވެ.

އެމްއެންޑީއެފްނަސްރުގެ ދުވަސް
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ނިމިދިޔަ ހަފްތާ ކުއްލި ނުރައްކަލުގެ 29 ހާދިސާއެއް ރިޕޯޓުކުރި: އެމްއެންޑީއެފް

ނިމިދިޔަ ހަފްތާ ކުއްލި ނުރައްކަލުގެ 29 ހާދިސާއެއް ރިޕޯޓުކުރި: އެމްއެންޑީއެފް

3 ދުވަސް ކުރިން - 13:15

ހދ. އަތޮޅު ތަޢުލީމީ މަރުކަޒުގެ, ލިޓްލް މެއިޑުންނަށް އެމްއެންޑީއެފުން ފަޔަރ ސޭފްޓީ ކުލާހެއް ނަގައިދީފި

ހދ. އަތޮޅު ތަޢުލީމީ މަރުކަޒުގެ, ލިޓްލް މެއިޑުންނަށް ފަޔަރ ސޭފްޓީ ކުލާހެއް

18 ދުވަސް ކުރިން - 15:51

"ފްރެންޑް 4" ދޯނި އަޑިއަށް ދިޔަ ހާދިސާ: ގެއްލުނު 3 މީހުން ހޯދުމަށް ހުވަދޫ ކަނޑުގެ ސަރަހައްދު އެއްކޮށް ބަލައިފި

ގެއްލުނު 3 މީހުން ހޯދުމަށް ހުވަދޫ ކަނޑުގެ ސަރަހައްދު އެއްކޮށް ބަލައިފި

23 ދުވަސް ކުރިން - 10:07

ގ.ކްރެބް ޓްރީ ކޮޓަރިއެއްގައި ހުރި ކަރަންޓް ސޮކެޓެއްގައި ރޯވި އަލިފާން، އެމްއެންޑީއެފުން ނިއްވާލައިފި

ކޮޓަރިއެއްގައި ހުރި ކަރަންޓް ސޮކެޓެއްގައި ރޯވި އަލިފާން، އެމްއެންޑީއެފުން ނިއްވާލައިފި

24 ދުވަސް ކުރިން - 13:21

އަލިފާނުގެ ހާދިސާ ހިނގި އެޕާޓްމަންޓުގައި ދިރިއުޅޭ ހަތަރު މީހަކަށް ވަގުތީ ބޯހިޔާވެހިކަން ހަމަޖައްސައިދީފި

ރޯވި ޢެޕާޓުމެންޓުގައި ދިރިއުޅޭ މީހުންނަށް ވަގުތީ ބޯހިޔާވެހިކަން ހަމަޖައްސައިދީފި

24 ދުވަސް ކުރިން - 10:23

ހެންވޭރު ފަހިވައި ގޭގައި ރޯވި އަލިފާންގަނޑު އެމްއެންޑީއެފުން ނިއްވާލައިފި

ފަހިވައި ގޭގައި ރޯވި އަލިފާންގަނޑު އެމްއެންޑީއެފުން ނިއްވާލައިފި

25 ދުވަސް ކުރިން - 21:41