ދިފާޢީ ބާރުގެ ސްޕެޝަލް ބޯޓް ސްކޮޑްރަން ރައީސް އިފްތިތާޙު ކޮށްދެއްވައިފި

އައިޝަތު ރުވާ ރިފްޢަތު | 392 ދުވަސް ކުރިން - 3 ނޮވެންބަރު 2024 20:41
ދިފާޢީ ބާރުގެ ސްޕެޝަލް ބޯޓް ސްކޮޑްރަން އިފްތިތާހުކުރުން/ ފޮޓޯ: ރައީސް އޮފީސް
ދިފާޢީ ބާރުގެ ސްޕެޝަލް ބޯޓް ސްކޮޑްރަން އިފްތިތާހުކުރުން/ ފޮޓޯ: ރައީސް އޮފީސް
ޚުލާސާ

ސްޕެޝަލް ބޯޓް ސްކޮޑްރަން އުފެއްދުމުގެ މަޤްޞަދަކީ ދިވެހިރާއްޖޭގެ ކަނޑުގެ ސަރަޙައްދު ރައްކާތެރިކޮށް، ކަނޑުއަޑީގެ އޮޕަރޭޝަންތައް ހަރުދަނާކޮށް، ޤައުމީ ސަލާމަތާއި ރައްކާތެރިކަން އިތުރަށް ކަށަވަރުކުރުން.

ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރުގެ ސްޕެޝަލް ބޯޓު ސްކޮޑްރަން މިއަދު އިފްތިތާހުކޮށްފިއެވެ. ކަނޑުއަޑީގެ އޮޕަރޭޝަންތަކަށް ޚާއްސަ މި ސްކޮޑްރަން އިފްތިތާހުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއެވެ.

ދިފާޢީ ބާރުގެ ކޯސްޓްގާޑުގައި އޮންނަ މި ޚާއްސަ ސްކޮޑްރަން އިފްތިތާހުކުރެވުނީ ނަޞްރުގެ ދުވަހުގެ މުނާސަބަތުގައި ޖުމްހޫރީ މައިދާނުގައި ސިފައިން ކުރިއަށް ގެންދިޔަ އަސްކަރީ ޙަރަކާތްތަކަށް ފަހުގައެވެ. މި ރަސްމިއްޔާތުގައި ސްޕެޝަލް ބޯޓް ސްކޮޑްރަންގެ އަޒުމް ލައިދެއްވީ ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއާ ޖެނެރަލް އަޙްމަދު ގިޔާޘްއެވެ.

ނަޞްރުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ބޭއްވުނު މި ޟަރަކާތްތަކުގެ ތެރޭގައި ޤައުމީ ދިފާޢީ ބާރުންވަނީ އަސްކަރީ ހަތިޔާރުތަކާއި އުޅަނދުތައް ޢާއްމުންނަށް ދައްކާލާފައެވެ. މިކަމުގެ ސަބަބުން ޢާއްމު ރައްޔިތުންނަށް ދިވެހި ސިފައިންގެ ޤާބިލުކަމާއި ތައްޔާރީ ހާލަތު ވަޒަންކުރުމުގެ ފުރުސަތު ލިބިގެންދިޔައެވެ.

ސްޕެޝަލް ބޯޓް ސްކޮޑްރަން އުފެއްދުމުގެ މަޤްޞަދަކީ ދިވެހިރާއްޖޭގެ ކަނޑުގެ ސަރަޙައްދު ރައްކާތެރިކޮށް، ކަނޑުއަޑީގެ އޮޕަރޭޝަންތައް ހަރުދަނާކޮށް، ޤައުމީ ސަލާމަތާއި ރައްކާތެރިކަން އިތުރަށް ކަށަވަރުކުރުމެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%