ދިވެހިރާއްޖޭގެ ޒަކާތު ހައުސްގެ ބޭސްފަރުވާގެ ޙިދުމަތް ވަންގަވްއަށް ގެނެސްފައިވަނީ ރައްޔިތުންނަށް ވީހާވެސް ލުއި ފަސޭހަކަމާއި އަވަސްކަމާއެކު ޚިދުމަތެއް އެދިލެއްވޭނެ އިންތިޒާމް ހަމަޖެއްސެވުމަށް ކަމަށް އިސްލާމިކް މިނިސްޓްރީން ބުނި.
703 ދުވަސް ކުރިން - 13:34
ފުލުހުން 25 އަހަރުގެ އިޒާމް ހޯދަމުން ދަނީ އޭނާގެ މައްޗަށް ކްރިމިނަލް ކޯޓުގައި ހުށެހިޅިފައިވާ މައްސަލައެއްގެ އަޑުއެހުމަށް ހާޒިރުނުވެގެން.
703 ދުވަސް ކުރިން - 13:33
ސިފައިންގެ ތަމްރީނު މަރުކަޒު ހަރުދަނާކުރުމަށް ގިރިފުށިން 13 ހެކްޓަރު ހިއްކުމަށް ސަރުކާރުން ނިންމައިފި. މަޝްރޫޢުގެ ދަށުން ބިން ހިއްކުމާއި، ޝޯ ޕްރޮޓެކްޝަން އަދި ވަށާފާރު ރޭނުމުގެ މަސައްކަތް އަންނަ އަހަރު ފެށޭނެ.
703 ދުވަސް ކުރިން - 07:47
ފެސިލިޓީގައި އެއްފަހަރާ 4000 ބުޅާ ގެންގުޅެވޭނެ ކަމަށާއި، މި ފެސިލިޓީން ފަރުވާ ދޭނީ އެތަނަށް ގެންދާ ބުޅަލަށް އެކަނި ނޫންކަމަށާއި، ޕެޓްގެ ގޮތުގައި ޢާންމުން ގެންގުޅޭ ބުޅާތަކަށް ވެސް ފަރުވާދޭނެ ކަމަށް ވަޒީރު ވިދާޅުވި.
703 ދުވަސް ކުރިން - 00:16
މި އެލަވަންސް ދެއްވާނީ ކަނޑައެޅޭ ވަކި އުޞޫލެއްގެ މަތިން ސަރުކާރުގެ ގެޒެޓްގައި ޝާއިއުކުރެވި ދެމެހެއްޓެނިވި ގޮތެއްގައި ކަމަށާއި 50 ހައުސިން ޔުނިޓް ހިމެނޭ ޢިމާރާތެއް ދައުރުގެ ތެރޭގައި ޙަވާލުކުރެވޭނެ ކަމަށް ރައީސް ވިދާޅުވި.
703 ދުވަސް ކުރިން - 23:36
މި ޕްރޮގްރާމުގެ ސަބަބުން ކޮންމެ އަހަރަކު ސިފައިންގެއަށް 4000 މީހުންނާއި ފުލުހުންގެ ޚިދުމަތަށް 1000 މީހުން އަލަށް ގުޅޭނެ ކަމަށް ރައީސް މުޢިއްޒު ވިދާޅުވި.
703 ދުވަސް ކުރިން - 22:51
ވެރިކަމާ ޙަވާލުވެވަޑައިގެން މިދިޔަ އަހަރު ކުރެއްވި އެންމެ މުހިންމު މަސައްކަތަކީ ޤައުމުގެ މިނިވަންކަން ޙިމާޔަތްކުރުން ކަމަށާއި، އެކަމަށް ކޮންމެ ދުވަހަކު މަސައްކަތް ކުރައްވަމުންދާ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވި.
703 ދުވަސް ކުރިން - 22:50
ނަސްރުގެ ދުވަހުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މައުމޫނު ވަނީ ފަލަސްތީނުގެ އަދުގެ ހާލަތަށް އަލިއަޅުވާލައްވައި، ދިވެހިން ފަލަސްތީނުގެ މުސްލިމުންނާ އެކު ދެމިތިބުމަށް ގޮވާލައްވާފައި.
703 ދުވަސް ކުރިން - 22:48
ޤައުމުގެ މިނިވަންކަމާއި ޢިއްޒަތާއި ޝަރަފަށްޓަކައި ހަށިގަނޑާއި ފުރާނައިން ޤުރުބާންވުމަށް ކެރުމަކީ ދިވެހިންގެ ތެރޭގައި ވަރަށް ފުނަށް ބިންވަޅު ނެގިފައިވާ ހަޤީޤަތެއްކަން އެދުވަހު ހާމަވެގެން ދިޔަކަމަށް ރައީސް މައުމޫން ފާހަގަކުރެއްވި.
703 ދުވަސް ކުރިން - 22:44
ދިވެހި ދައުލަތުގެ މަތިވެރި އިއްޒަތެއްކަމަށްވާ، ނިޝާން ޢަސްކަރީގެ ވެރިކަމުގެ އިއްޒަތް މޭޖަރ ޖެނެރަލް ރިޓަޔަރޑް މޫސާ ޢަލީ ޖަލީލަށް އެރުވީ ނަޞްރުދުވަހުގެ ރަސްމީ ޖަލްސާގައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު.
704 ދުވަސް ކުރިން - 22:32
އެމަނިކުފާނުގެ ވެރިކަމުގައި އިންޑިއާއާއެކު އޮތް ގުޅުން އިތުރަށް ބަދަހިވެގެން ދިޔަ ކަމަށާއި، އެކަން އެހެންވީ އެމަނިކުފާނު ގެންގުޅުއްވި ސިޔާސަތުގެ ސަބަބުން ކަމަށް ވެސް ރައީސް މައުމޫން ފާހަގަކުރެއްވި.
704 ދުވަސް ކުރިން - 21:50
ބިދޭސީންގެ މަޢުލޫމާތު އެއްކުރުމަށް ކުރިއަށްގެންދާ "އޮޕަރޭޝަން ކުރަނގި" ފުވައްމުލައް ސިޓީގައި ފެށުމަށް ތައްޔާރުވެއްޖެ. މި އޮޕަރޭޝަން ކުރިއަށްދާނީ މި މަހުގެ 5 އިން 20 އަށް. ކައުންސިލުން ރައްޔިތުންގެ އެއްބާރުލުމަށް އެދިފައިވޭ.
704 ދުވަސް ކުރިން - 21:14