ސިފައިންގެ ތަމްރީނު މަރުކަޒު ހަރުދަނާކުރުމަށްޓަކައި ގިރިފުށިން 13 ހެކްޓަރުގެ ބިން ހިއްކުމަށް ސަރުކާރުން ނިންމައިފިއެވެ.
ނަސްރުގެ ދުވަހުގެ ޚާއްޞަ ޖަލްސާގައި ދެއްކެވި ވާހަކަފުޅުގައި މިކަން އިޢުލާންކުރައްވަމުން ރައީސް ވިދާޅުވީ، މި މަޝްރޫޢަކީ ސަރުކާރުގެ އައު ސިޔާސަތުގެ ދަށުން ކުރިއަށްގެންދާ މަޝްރޫޢެކެވެ. މި މަޝްރޫޢުގެ ދަށުން ބިން ހިއްކުމުގެ އިތުރުން، ޝޯ ޕްރޮޓެކްޝަން އަދި ވަށާފާރު ރޭނުމުގެ މަސައްކަތްތައްވެސް ކުރިއަށްދާނެ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި މި މަސައްކަތްތައް އަންނަ އަހަރު ފެށޭނެ ކަމަށްވެސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، މި މަޝްރޫޢުގެ ބޭނުމަކީ ސިފައިންގެ އަސްކަރީ ޤާބިލުކަން އިތުރުކޮށް، ތަމްރީނު ޕްރޮގްރާމްތައް ހިންގުމަށް ބޭނުންވާ ވަސީލަތްތައް ފުޅާކުރުން ކަމަށެވެ. މީގެ އިތުރުން، ގިރިފުށީގައި އައު ބަނދަރެއް ހެދުމުގެ މަސައްކަތްވެސް ފެށޭނެ ކަމަށް ވެސް ވިދާޅުވިއެވެ.
މި މަޝްރޫޢަކީ ޤައުމުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ސަރުކާރުން ކުރިއަށްގެންދާ ފުޅާ މާ ފުޅާ މަސައްކަތުގެ ބައެއް ކަމަށް ރައީސް ފާހަގަކުރެއްވިއެވެ. އަދި ކުރިއަށް އޮތް ތަނުގައި ސިފައިންނަށް ބޭނުންވާ ހަތިޔާރާއި އެހެނިހެން އާލާތްތައް ހޯދުމަށް ބަޖެޓުގައި ވަކި އަދަދެއް ކަނޑައަޅާފައިވާ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.އެވެ









