Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Ad
Ad

"އޮޅުހިޔާ" އަށް ގެންދާ ފުރަތަމަ ބެޗްގެ ބުޅާތައް މިހަފްތާތެރޭ ނަގަން ފަށާނެ: ވަޒީރު ރަމީލާ

"އޮޅުހިޔާ" އަށް ގެންދާ ފުރަތަމަ ބެޗްގެ ބުޅާތައް މިހަފްތާތެރޭ ނަގަން ފަށާނެ: ވަޒީރު ރަމީލާ

އައިޝަތު ރުވާ ރިފްޢަތު
620 ދުވަސް ކުރިން - 4 ނޮވެންބަރު 2024 00:16
"އޮޅުހިޔާ" ޕެޓް ކެއާ ފެސިލިޓީ ހުޅުވުމުގެ ރަސްމިއްޔާތު ތެރެއިން/ ފޮޓޯ: ރައީސް އޮފީސް
"އޮޅުހިޔާ" ޕެޓް ކެއާ ފެސިލިޓީ ހުޅުވުމުގެ ރަސްމިއްޔާތު ތެރެއިން/ ފޮޓޯ: ރައީސް އޮފީސް
ޚުލާސާ

ފެސިލިޓީގައި އެއްފަހަރާ 4000 ބުޅާ ގެންގުޅެވޭނެ ކަމަށާއި، މި ފެސިލިޓީން ފަރުވާ ދޭނީ އެތަނަށް ގެންދާ ބުޅަލަށް އެކަނި ނޫންކަމަށާއި، ޕެޓްގެ ގޮތުގައި ޢާންމުން ގެންގުޅޭ ބުޅާތަކަށް ވެސް ފަރުވާދޭނެ ކަމަށް ވަޒީރު ވިދާޅުވި.

"އޮޅުހިޔާ" އަށް ގެންދާ ފުރަތަމަ ބެޗްގެ ބުޅާތައް މިހަފްތާތެރޭ ނަގަން ފަށާނެ ކަމަށް ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވުޒާރާގެ ވަޒީރު ޑރ. އައިޝަތު ރަމީލާ ވިދާޅުވެއްޖެއެވެ.

ދައުލަތުގެ މީޑިޔާއެއްގެ ޕްރޮގްރާމެއްގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ވިދާޅުވީ މާލެ ސަރަޙައްދުގެ މަގުތަކުގައި 4000 އަށްވުރެ ގިނަ ބުޅާ އުޅޭ ކަމަށާއި، މި ބުޅާތައް އެއްފަހަރާ ނެގުމަކީ ފަސޭހަ އަދި އެންމެ ރައްކާތެރި ކަމަކަށް ނުވާނެ ކަމަށެވެ. އެހެންކަމުން، ފެސިލިޓީއަށް ބުޅާތައް ގެންދިޔުމަށް ޚާއްޞަ ޕްލޭނެއް ހަދާފައިވާ ކަމަށާއި، މި ޕްލޭންގެ ދަށުން ބުޅާތައް ނަގަމުންދާނީ ބެޗްތަކަށް ކަމަށް ވަޒީރު ވިދާޅުވިއެވެ.

"އޮޅުހިޔާ" އަށް ގެންދެވޭ ބުޅާތަކުގެ ޞިއްޙީ މައްސަލަތައް ދެނެގަނެ، ފަރުވާ ދެވޭނެ ކަމަށާއި، އަދި ފެސިލިޓީއަށް ގެންދެވޭ ހިސާބުން ބުޅާތައް ރަޖިސްޓްރީ ކުރެވޭނެ ކަމަށް ވަޒީރު ވިދާޅުވިއެވެ. މީގެ އިތުރުން، ވެރިފަރާތެއް ނެތް ބުޅަލުގެ އާބާދީ ދަށްކުރުމަށް މަސައްކަތްތަކެއް ކުރެވޭނެ ކަމަށްވެސް ވަޒީރު ފާހަގަކުރެއްވިއެވެ.

Advertisement

Advertisement 1

މިހާރު ޤާއިމުކުރެވިފައިވާ ފެސިލިޓީގައި އެއްފަހަރާ 4000 ބުޅަލަށް ގެންގުޅެވޭނެ ކަމަށާއި، މި ފެސިލިޓީން ފަރުވާ ދޭނީ އެތަނަށް ގެންދާ ބުޅަލަށް އެކަނި ނޫންކަމަށާއި، ޕެޓްގެ ގޮތުގައި ޢާންމުން ގެންގުޅޭ ބުޅާތަކަށް ވެސް ފަރުވާ ދޭނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.

ވަޒީރު އިތުރަށް ވިދާޅުވީ، ފެސިލިޓީއަށް ބުޅާތައް ގެންދެވި މަސައްކަތް ރަނގަޅަށް ހިނގަން ފެށުމުން، ޢާންމުންގެ ތެރެއިން ބުޅާ އެޑޮޕްޓް ކުރަން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލާނެ ކަމަށެވެ. އަދި ވިޔަފާރި އުޞޫލުން ވިއްކުމަށް ރާއްޖޭން ބޭރުން ގެންނަ ބުޅާ ވަކި މުއްދަތެއް ވަންދެން ގެނައުން މަޑުޖައްސާލާނެ ކަމަށް ވެސް ވިދާޅުވިއެވެ.

"އޮޅުހިޔާ" ޕެޓް ކެއާ ފެސިލިޓީ ހުޅުވައިދެއްވީ އިއްޔެއެވެ. މި ފެސިލިޓީގައި އިންޖެކްޝަން ޖެހުމާއި، ލޭ ނެގުމާއި، ކުޑަކަމުދާ ތަކެތި ޓެސްޓްކުރުމާއި އެ ނޫން ވެސް ބަލި ދެނެގަތުމަށް ކުރާ ޓެސްޓުތައް ހެދުމުގެ އިތުރުން، އެނެސްތީސިއާ ބެލެހެއްޓުމާއި އޮޕަރޭޝަނަށްފަހު ރިކަވަރީގައި ތިބޭ ބުޅާތަކަށް ބޭނުންވާ ފަރުވާ ދިނުމުގެ ޚިދުމަތްވެސް ފޯރުކޯށްދޭނެއެވެ.

ވަޒީރު ފާހަގަކުރެއްވި ގޮތުގައި "އޮޅުހިޔާ" ޕެޓް ކެއާ ފެސިލިޓީ ޤާއިމްކުރެވިފައިވަނީ ހަމައެކަނި ބުޅާތަކަށް ރައްކާތެރި މާހައުލެއް ހޯދައިދިނުމުގެ ބޭނުމުގައި އެކަނި ނޫނެވެ. ބުޅަލުގެ ސަބަބުން އިންސާނުންނަށް ޖެހޭ ބަލިތަކުން ސަލާމަތްކުރުމާއި ޢާންމުންނަށް ދިމާވާ ދަތިތައް ހައްލުކުރުމަކީވެސް މި ފެސިލިޓީ ޤާއިމްކުރުމުގެ މުހިންމު ބޭނުމެއް ކަމުގައި ވަޒީރު ފާހަގަކުރެއްވިއެވެ.

މީގެއިތުރުން، ވަޒީރު ފާހަގަކުރެއްވި ގޮތުގައި ރާއްޖޭގައި މިވަގުތު ހުރީ ވެޓްގެ ގޮތުގައި ތަމްރީނުވެފައިވާ އެންމެ ދިވެއްސެއް ނަމަވެސް، މި ދާއިރާއިން އިތުރު ދިވެހިން ކިޔަވަމުންދާކަން އުފަލާއެކު ފާހަގަކުރެއްވިއެވެ. އަދި މުސްތަޤްބަލުގައި މި ފެސިލިޓީގައި މަސައްކަތްކުރާނީ މުޅިންވެސް ދިވެހިން ކަމަށް އުންމީދުކުރައްވާ ކަމަށް ވަޒީރު ވިދާޅުވިއެވެ.

"އޮޅުހިޔާ" ޕެޓް ކެއާ ފެސިލިޓީގެ މަސައްކަތް ފެށުމާއެކު، މާލޭގެ މަގުމަތީގައި އުޅޭ ބުޅާތަކުގެ މައްސަލައަށް ދާއިމީ ހައްލެއް ލިބި، ޢާންމު ރައްޔިތުންނަށް ދިމާވާ ގިނަ ދަތިތަކެއް ނިމުމަކަށް އަންނާނެ ކަމަށް ސަރުކާރުން އުންމީދުކުރެއެވެ.

އައިޝަތު ރަމީލާ (ކުރީގެ މިނިސްޓަރ)
Ad
Ad

0 ރިއެކްޝަންސް / 1 ކޮމެންޓް

0%
0%
0%
0%
0%

ޙުސެއިން

619 ދުވަސް ކުރިން - 12:11

ބުޅާ އެކަނިތަ ދިރޭ އެއްޗަކަށް ހުންނަނީ..

ގުޅޭ ޚަބަރުތައް

އެޗްއާރުސީއެމްގެ ރައީސަކަށް ޑރ. ރަމީލާ އައްޔަންކުރުމަށް ކޮމިޓީން ފާސްކޮށްފި

އެޗްއާރުސީއެމްގެ ރައީސަކަށް ރަމީލާ އައްޔަންކުރުމަށް ކޮމިޓީން ފާސްކޮށްފި

192 ދުވަސް ކުރިން - 23:35

އެޗްއާރްސީއެމްގެ ރައީސް ކަމަށް ކުރީގެ މިނިސްޓަރު ރަމީލާ އައްޔަނުކުރުމަށް ފޮނުވައިފި

އެޗްއާރްސީއެމްގެ ރައީސްކަމަށް ޑރ. ރަމީލާ އައްޔަނުކުރުމަށް ފޮނުވައިފި

193 ދުވަސް ކުރިން - 10:37

އެޗްއާރުސީއެމަށް އައްޔަން ކުރަން ޑރ. ރަމީލާގެ ނަން މަޖިލީހަށް ފޮނުވައިފި

އެޗްއާރުސީއެމަށް އައްޔަން ކުރަން ރަމީލާގެ ނަން މަޖިލީހަށް

287 ދުވަސް ކުރިން - 19:02

ޞިއްޙީ ޙާލަތު ދަށްވުމާއި ގުޅިގެން ޑރ. ޢާއިޝަތު ރަމީލާ އިސްތިޢުފާ ދެއްވައިފި

ޑރ. ޢާއިޝަތު ރަމީލާ އިސްތިޢުފާ ދެއްވައިފި

593 ދުވަސް ކުރިން - 11:33

ސިޓީ ކައުންސިލުން ބުޅާތައް ފެސިލިޓީއަށް ގެންދިއުމުގެ ޢަމަލީ މަސައްކަތް ކޮށްފައި ނުވާތީ، ބައްދަލުވުމެއް ބާއްވައިފި

ބުޅާތައް ފެސިލިޓީއަށް ނުގެންދާތީ ސިޓީ ކައުންސިލާއި ބައްދަކުރައްވައިފި

599 ދުވަސް ކުރިން - 12:25

ފުވައްމުލަކުގައި ޤާއިމް ކުރާ ޤައުމީ ލެބޯޓަރީގެ ޙިދުމަތް 2025 ގައި ފޯރުކޮށްދެވޭނެ: ވުޒާރާ

ޤައުމީ ލެބޯޓަރީ: 2025 ގައި ޚިދުމަތް ފެށޭނެ

607 ދުވަސް ކުރިން - 15:15