Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Ad
Ad

އެޗްއާރްސީއެމްގެ ރައީސް ކަމަށް ކުރީގެ މިނިސްޓަރު ރަމީލާ އައްޔަނުކުރުމަށް ފޮނުވައިފި

އެޗްއާރްސީއެމްގެ ރައީސް ކަމަށް ކުރީގެ މިނިސްޓަރު ރަމީލާ އައްޔަނުކުރުމަށް ފޮނުވައިފި

މުޙައްމަދު ޖިނާން ހުސައިން ޖަބީން
193 ދުވަސް ކުރިން - 5 ޖެނުއަރީ 2026 10:37
ކުރީގެ އެގްރިކަލްޗާ މިނިސްޓަރު ޑރ. އާއިޝަތު ރަމީލާ--- ފޮޓޯ: އެގްރިކަލްޗާ މިނިސްޓްރީ
ކުރީގެ އެގްރިކަލްޗާ މިނިސްޓަރު ޑރ. އާއިޝަތު ރަމީލާ--- ފޮޓޯ: އެގްރިކަލްޗާ މިނިސްޓްރީ
ޚުލާސާ

މަޖިލީހުގެ ރިޔާސަތުން ވަނީ ޑރ. ރަމީލާގެ ނަން ދިރާސާކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީއަށް ފޮނުވައިފަ

ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް)ގެ ރައީސްކަމުގެ މަގާމަށް، ކުރީގެ މިނިސްޓަރު ޑރ. އައިޝަތު ރަމީލާ އައްޔަންކުރެއްވުމަށް ރައްޔިތުންގެ މަޖިލީހަށް މިއަދު ފޮނުއްވައިފި އެވެ.

ދައުރުން ބޭރުން މިއަދު ކުރިއަށްދާ ޖަލްސާގައި، މަޖިލީހުގެ ރިޔާސަތުން ވަނީ ޑރ. ރަމީލާގެ ނަން ދިރާސާކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީއަށް ފޮނުވައިފަ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އަށް ފޮނުއްވި ސިޓީފުޅެއްގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ، ގާނޫނު ނަމްބަރު 6/2006 (ހިއުމަން ރައިޓްސް ކޮމިޝަންގެ ގާނޫނު)ގެ އަށް ވަނަ މާއްދާގެ (ހ) ގައިވާ ގޮތުގެ މަތިން އެޗްއާރްސީއެމްގެ ރައީސް އައްޔަންކުރުމަށްޓަކައި، އެ މާއްދާގެ (ނ) ގައިވާ ގޮތުގެ މަތިން ޑރ. އައިޝަތު ރަމީލާގެ ނަންފުޅު މަޖިލީހަށް ހުށަހަޅުއްވާ ކަމަށެވެ. މިކަމުގައި މަޖިލީހުން ދެކޭ ގޮތެއް ބަލައިދިނުމަށް ރައީސް ފޮނުއްވި ސިޓީފުޅުގައި ވަނީ އެދިވަޑައިގެންފަ އެވެ.

Advertisement

Advertisement 1

ޑރ. ރަމީލާ އެޗްއާރުސީއެމައަށް އައްޔަންކުރެއްވީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގަ އެވެ.

މި ސަރުކާރުގެ ފުރަތަމަ އެގްރިކަލްޗާ މިނިސްޓަރުގެ މަގާމުގައި ހުންނެވުމަށް ފަހު، ސިއްހީ ހާލަތު ހުރިގޮތުން 2024 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި ޑރ. ރަމީލާ ވަނީ މިނިސްޓަރުކަމުން އިސްތިއުފާ ދެއްވައިފަ އެވެ.

އައިޝަތު ރަމީލާ (ކުރީގެ މިނިސްޓަރ)އެޗްއާރްސީއެމްރައްޔިތުންގެ މަޖިލިސް
Ad
Ad

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ގުނަވަން ޓްރާންސްޕްލާންޓް ކުރުމުގެ ބިލް އަލުން ދިރާސާކޮށް މަޖިލީހުން ފާސްކޮށްފި

ގުނަވަން ޓްރާންސްޕްލާންޓް ކުރުމުގެ ބިލް އަލުން ދިރާސާކޮށް މަޖިލީހުން ފާސްކޮށްފި

3 ދުވަސް ކުރިން - 13:08

އީޔޫ އާއި ބެލްޖިއަމްގެ ސަފީރުކަމަށް ދިޔާނާ

އީޔޫ އާއި ބެލްޖިއަމްގެ ސަފީރުކަމަށް ދިޔާނާ

10 ދުވަސް ކުރިން - 12:00

ކޮތަޅު ފީ އަށް ލުއި ދޭ އިސްލާހުގެ ފުރަތަމަ ކިޔުން އިއްވައިފި

ކޮތަޅުން ދެރުފިޔާ ނުނަގާ ގޮތަށް ފުރަތަމަ ކިޔުން އިއްވައިފި

10 ދުވަސް ކުރިން - 10:45

އިންޑޮނީޝިއާއަށް ކަނޑައަޅުއްވާ ނޮން-ރެސިޑެންޓް ސަފީރަކަށް، ޑރ. މަރްޔަމް ޝަބީނާ ހަމަޖައްސަވައިފި

އިންޑޮނީޝިއާއަށް ކަނޑައަޅުއްވާ ނޮން-ރެސިޑެންޓް ސަފީރަކަށް، ޑރ. މަރްޔަމް ޝަބީނާ ހަމަޖައްސަވައިފި

22 ދުވަސް ކުރިން - 11:10

ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން ފަށައިފި: މިހާތަނަށް 530 މީހުން ވޯޓުލައިފި

ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން ފަށައިފި: މިހާތަނަށް 530 މީހުން ވޯޓުލައިފި

41 ދުވަސް ކުރިން - 10:25

ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަންގެ ވޯޓުލުން މާދަމާ!

ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަންގެ ވޯޓުލުން މާދަމާ!

42 ދުވަސް ކުރިން - 12:12