Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

އެޗްއާރުސީއެމްގެ ރައީސަކަށް ޑރ. ރަމީލާ އައްޔަންކުރުމަށް ކޮމިޓީން ފާސްކޮށްފި

އެޗްއާރުސީއެމްގެ ރައީސަކަށް ޑރ. ރަމީލާ އައްޔަންކުރުމަށް ކޮމިޓީން ފާސްކޮށްފި

އައިޝަތު ރުވާ ރިފްޢަތު
238 ދުވަސް ކުރިން - 5 ޖެނުއަރީ 2026 23:35
ރައީސުލްޖުމްހޫރިއްޔާ އެޗްއާރުސީއެމްގެ މެންބަރު ކަމަށް ޑރ. އައިޝަތު ރަމީލާ އައްޔަންކުރެއްވުން---ފޮޓޯ: ރައީސް އޮފީސް
ރައީސުލްޖުމްހޫރިއްޔާ އެޗްއާރުސީއެމްގެ މެންބަރު ކަމަށް ޑރ. އައިޝަތު ރަމީލާ އައްޔަންކުރެއްވުން---ފޮޓޯ: ރައީސް އޮފީސް
ޚުލާސާ

ރަމީލާގެ ނަން ފާސްކުރުމާ ގުޅިގެން އެ ނިންމުމުގެ ރިޕޯޓު ހުށަހެޅުމަށް ދައުރުން ބޭރުން މަޖިލީހުގެ ޖަލްސާއެއް ބޭއްވުމަށް މިހާރު ވަނީ އެޖެންޑާކޮށްފައި.

ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް) ގެ ރައީސްގެ މަގާމަށް، ކުރީގެ މިނިސްޓަރު ޑރ. އައިޝަތު ރަމީލާ އައްޔަންކުރެއްވުމަށް ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑަރ ކޮމިޓީން ފާސްކޮށްފި އެވެ.

މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ 29 ވަނަ ދުވަހު ބޭއްވި މަޖިލީހުގެ ޖަލްސާގައި އެޗްއާރުސީއެމްގެ މެންބަރުކަމަށް އައްޔަންކުރަން ފާސްކުރި ޑރ. ރަމީލާ، އެ މަގާމަށް އައްޔަންކުރެއްވީ މިދިޔަ ޑިސެންބަރު މަހުގެ 3 ވަނަ ދުވަހު އެވެ. އެ ކޮމިޝަނުގެ ރައީސްގެ މަގާމު ހުސްވީ، ކުރިން އެ މަގާމުގައި ހުންނެވި މަރިޔަމް މުނާގެ މެންބަރުކަމުގެ ދައުރު ހަމަވުމާ ގުޅިގެންނެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، އެޗްއާރުސީއެމްގެ ރައީސްގެ މަގާމަށް ޑރ. ރަމީލާ އައްޔަންކުރެއްވުމަށް ހުށަހެޅުއްވި މައްސަލަ ދިރާސާކުރި ހިއުމަން ރައިޓްސް އެންޑް ޖެންޑަރ ކޮމިޓީން އެކަމަނާގެ ނަން ފާސްކުރީ ކޮމިޓީގައި ބައިވެރިވި މެންބަރުންގެ އިއްތިފާގުންނެވެ. ކޮމިޓީން އެކަމަނާގެ ނަން ފާސްކުރުމާ ގުޅިގެން އެ ނިންމުމުގެ ރިޕޯޓު ހުށަހެޅުމަށް ދައުރުން ބޭރުން މަޖިލީހުގެ ޖަލްސާއެއް ބޭއްވުމަށް މިހާރު ވަނީ އެޖެންޑާކޮށްފަ އެވެ.

Advertisement

Advertisement 1

ޑރ. ރަމީލާއަކީ މި ސަރުކާރުގެ ފުރަތަމަ ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވުޒާރާގެ މިނިސްޓަރެވެ. ނަމަވެސް ސިއްހީ ސަބަބުތަކާ ހުރެ 1 ޑިސެންބަރު 2024 ގައި އެކަމަނާ ވަނީ އެ މަގާމުން އިސްތިއުފާ ދެއްވާފައެވެ.

އެޗްއާރުސީއެމްގެ ގާނޫނު ބުނާގޮތުން ކޮމިޝަނުގެ މެންބަރުންގެ ތެރެއިން މެންބަރަކު އެ ކޮމިޝަނުގެ ރައީސްގެ މަގާމަށް އައްޔަންކުރައްވާނީ ރައްޔިތުންގެ މަޖިލީހުގެ ރުހުމާއެކު ރައީސުލްޖުމްހޫރިއްޔާ އެވެ.

މިހާރު އެޗްއާރުސީއެމްގައި ތިއްބަވަނީ ޖުމްލަ 5 މެންބަރުންނެވެ. އެއީ ޑރ. އައިޝަތު ރަމީލާގެ އިތުރުން، ކޮމިޝަންގެ ނައިބު ރައީސް މުހައްމަދު ޝަފީގް މަހުމޫދާއި، މެންބަރު ސަމާއު އަހުމަދު ނަޖީބާއި، އިސްމާއިލް ހަބީބު އަދި އަހްމަދު މަގުސޫމެވެ.

އެޗްއާރްސީއެމްއައިޝަތު ރަމީލާ (ކުރީގެ މިނިސްޓަރ)
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

އެޗްއާރްސީއެމްގެ މެމްބަރުކަމަށް ޝަމްއޫން ހަމީދާއި ސަމާއު އަހުމަދު ނަޖީބުގެ ނަން މަޖިލީހަށް ހުށައަޅައިފި

އެޗްއާރްސީއެމްގެ މެމްބަރުކަމަށް ޝަމްއޫން ހަމީދާއި ސަމާއު އަހުމަދު ނަޖީބުގެ ނަން ހުށައަޅައިފި

15 ދުވަސް ކުރިން - 13:36

ފުލުހުންގެ ބަންދުގައި ހުރި މީހަކު ކަސްޓޯޑިއަލް ގޮޅިތެރޭގައި ނިޔާވެއްޖެ

ފުލުހުންގެ ބަންދުގައި ހުރިމީހަކު ކަސްޓޯޑިއަލް ގޮޅިތެރޭގައި ނިޔާވެއްޖެ

128 ދުވަސް ކުރިން - 16:36

ހިޔާލު ފާޅުކުރުމުގައި އާންމު މަސްލަހަތު އިސްކޮށް ސުލްހަވެރިކަމާއެކު ކުރުމަށް އެޗްއާރުސީއެމްއިން އިލްތިމާސްކޮށްފި

ސުލްހަވެރިކަމާއެކު ހިޔާލުފާޅުކުރުމަށް އެޗްއާރުސީއެމްއިން އިލްތިމާސްކޮށްފި

133 ދުވަސް ކުރިން - 23:42

އެޗްއާރުސީއެމުން ކުރާ ތަހުގީގަށް އެއްބާރުލުން ދޭނަން:ފުލުހުން

އެޗްއާރުސީއެމުން ކުރާ ތަހުގީގަށް އެއްބާރުލުން ދޭނަން:ފުލުހުން

174 ދުވަސް ކުރިން - 12:42

ފަހު ދިހައެއްގައި ވެސް އެޗްއާރުސީއެމްއަށް މައްސަލަ ބަލައިގަންނާނެ

ފަހު ދިހައެއްގައި ވެސް އެޗްއާރުސީއެމްއަށް މައްސަލަ ބަލައިގަންނާނެ

179 ދުވަސް ކުރިން - 15:19

ވެމްކޯގެ މަސައްކަތު މާހައުލުގެ ރައްކާތެރިކަން ދެނެގަތުމަށް އެޗްއާރްސީއެމްއިން ތަހުގީގެއް ފަށަނީ

ވެމްކޯއާ ގުޅޭގޮތުން އެޗްއާރްސީއެމްއިން ތަހުގީގެއް ފަށަނީ

187 ދުވަސް ކުރިން - 15:58