Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Ad
Ad

އަންނަ އަހަރު ވެގެންދާނީ އިސްލާމިކް ޔުނިވަރސިޓީއަށް ފާގަތި އަހަރަކަށް: ޝަމީމް

އަންނަ އަހަރު ވެގެންދާނީ އިސްލާމިކް ޔުނިވަރސިޓީއަށް ފާގަތި އަހަރަކަށް: ޝަމީމް

އަައިޝަތު ޒީނާ
620 ދުވަސް ކުރިން - 3 ނޮވެންބަރު 2024 15:31
އިސްލާމިކް މިނިސްޓަރ ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު. / ފޮޓޯ: މިނިސްޓްރީ
އިސްލާމިކް މިނިސްޓަރ ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު. / ފޮޓޯ: މިނިސްޓްރީ
ޚުލާސާ

ރައީސް މުޢިއްޒުގެ މެނިފެސްޓޯގައި އައިޔޫއެމްއާއި ގުޅޭ ވަރަށް ރަނގަޅު ތަޞައްވުރެއް އެކުލަވާލެވިފައިވާކަމަށާއި، 2025 ވަނަ އަހަރު މިކަމުގައި ޢަމަލީ ސިފަތައް ޖެހޭތަން ފެންނާނެކަމުގެ އުފާވެރި ޚަބަރު ދެއްވާކަމަށް މިނިސްޓަރ ވިދާޅުވި.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އަމާޒަކީ ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވާސިޓީއަކީ ރާއްޖޭގެ ދަރިވަރުންގެ އިތުރުން ރާއްޖޭން ބޭރުންވެސް ދަރިވަރުންވެސް ތަޢުލީމް ޙާޞިލްކުރުމަށް އަންނާނެ ޔުނިވާސިޓީއަކަށް ހެއްދެވުންކަމަށް އިސްލާމިކް މިނިސްޓަރ ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ވިދާޅުވެއްޖެއެވެ.

އިސްލާމީ ޔުނިވާސިޓީގެ ކުއްލިއްޔާ އޮފް ޤުރްއާން އެންޑް ސުންނާގެ ފަރާތުން އިންތިޒާމުކޮށްގެން ބާއްވާ "މަޙްފަލުލް ޤުރްއާނިލް ކަރީމް 1446″ ގެ ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ފައްކަވަމުން ޝަމީމް ވިދާޅުވީ، 2025 ވަނަ އަހަރަކީ އިސްލާމީ ޔުނިވާސިޓީއަށް ފާގަތި އަހަރަކަށްވެގެންދާނެކަމަށާއި، ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ މެނިފެސްޓޯގައި އިސްލާމީ ޔުނިވާސިޓީއާއި ގުޅޭ ވަރަށް ރަނގަޅު ތަޞައްވުރެއް އެކުލަވާލެވިފައިވާކަމަށެވެ. އަދި މި ތަޞައްވަރު ޙަޤީޤަތަކަށް ހެއްދެވުމަށްޓަކައި ރައީސް މަސައްކަތްޕުޅު ކުރައްވަމުން ގެންދަވާކަމަށާއި، 2025 ވަނަ އަހަރު މިކަމުގައި ޢަމަލީ ސިފަތައް ޖެހޭތަން ފެންނާނެކަމުގެ އުފާވެރި ޚަބަރު ދެއްވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ އިތުރަށް ވިދާޅުވީ، އިސްލާމީ ޔުނިވާސިޓީން ކީރިތި ޤުރުއާނުގެ ޢިލްމު ފެތުރެއްވުމަށްޓަކައި ކުރައްވާ މަސައްކަތްތަކުގެ އަގު ވަޒަންކުރައްވާ ކަމަށާއި، އެކަމަށްޓަކައި އިސްލާމީ ޔުނިވާސިޓީގެ އެންމެހާ ވެރިންނަށް ޝުކުރު ދަންނަވާކަމަށެވެ.

Advertisement

Advertisement 1

މީގެ އިތުރުން އިސްލާމީ ޢިލްމު ފެތުރެއްވުމަށް އިސްލާމީ ޔުނިވާސިޓީން ކުރައްވަމުން ގެންދަވާ މަސައްކަތްތަކަށް އިސްލާމިކް މިނިސްޓްރީގެ ފަރާތުން ދޭން ޖެހޭ ފުރިހަމަ އެއްބާރުލެއްވުމާއި އެހީތެރިކަން އަބަދުވެސް ދެއްވާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުއިސްލާމިކް މިނިސްޓްރީދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ (އައިޔޫއެމް)
Ad
Ad

ގުޅޭ ޚަބަރުތައް

އައްޑޫ ހަންކެޑެ ތަރައްގީކުރަން ސަރުކާރުގެ އައު ކުންފުންޏެއް އުފައްދަވައިފި

އައްޑޫ ހަންކެޑެ ތަރައްގީކުރަން ސަރުކާރުގެ އައު ކުންފުންޏެއް އުފައްދައިފި

6 ގަޑިއިރު ކުރިން - 19:57

ގިރިފުށީ ބިން ހިއްކުމުގެ މަޝްރޫއުގެ މަސައްކަތް ރައީސް ބައްލަވާލައްވައިފި

ގިރިފުށީ ބިން ހިއްކުމުގެ މަޝްރޫއުގެ މަސައްކަތް ރައީސް ބައްލަވާލައްވައިފި

6 ގަޑިއިރު ކުރިން - 19:39

ބޭންކް އޮފް މޯލްޑިވްސްގެ އިތުރު 7 ބުރާންޗެއް ރައީސުލްޖުމްހޫރިއްޔާ އިފްތިތާހްކޮށްދެއްވައިފި

ބޭންކް އޮފް މޯލްޑިވްސްގެ އިތުރު 7 ބުރާންޗެއް ރައީސުލްޖުމްހޫރިއްޔާ އިފްތިތާހްކޮށްދެއްވައިފި

1 ދުވަސް ކުރިން - 11:20

ގަތަރަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރައީސް މާލެ ވަޑައިގެންފި

ގަތަރަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރައީސް މާލެ ވަޑައިގެންފި

2 ދުވަސް ކުރިން - 10:54

ގަތަރުގެ ކުރީގެ އަމީރު އަވަހާރަވުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ތައުޒިޔާ ވިދާޅުވެއްޖެ

ގަތަރުގެ ކުރީގެ އަމީރު އަވަހާރަވުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ތައުޒިޔާ ވިދާޅުވެއްޖެ

3 ދުވަސް ކުރިން - 22:50

"ރައްޔިތުންގެ އަޑު" ސިލްސިލާގައި ބައިވެރިވުމަށް ނަން ނޯޓުކުރުމުގެ ފުރުސަތު ހުޅުއްވާލައްވައިފި

"ރައްޔިތުންގެ އަޑު" ސިލްސިލާގައި ބައިވެރިވުމަށް ނަން ނޯޓުކުރުމުގެ ފުރުސަތު ހުޅުއްވާލައްވައިފި

3 ދުވަސް ކުރިން - 17:13

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%