Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

"ޖީ ސްކީލާން" އަށް ދިން އެވޯޑާމެދު މީޑިއާ ކައުންސިލުން ގޮތެއް ނިންމަނީ

"ޖީ ސްކީލާން" އަށް ދިން އެވޯޑާމެދު މީޑިއާ ކައުންސިލުން ގޮތެއް ނިންމަނީ

އަައިޝަތު ޒީނާ
630 ދުވަސް ކުރިން - 3 ނޮވެންބަރު 2024 16:51
"ޖީ ސްކީލާން" އަށް ލިބުނު އެވޯޑް އަދަދު ނޫހުގެ ބޭފުޅުންނަށް އެރުވުން. ފޮޓޯ/ އަދަދު
"ޖީ ސްކީލާން" އަށް ލިބުނު އެވޯޑް އަދަދު ނޫހުގެ ބޭފުޅުންނަށް އެރުވުން. ފޮޓޯ/ އަދަދު
ޚުލާސާ

މި އެވޯޑަކީ އަދަދު ނޫހަށް ހައްޤު އެވޯޑެއް ނޫން ކަމަށް ބުނެ، އެ އެވޯޑު އަތުލުމަށް ވަރަށް ގިނަ ފަރާތްތަކުން އަންނަނީ ގޮވާލަމުން.

11 ވަނަ ނޫސްވެރިކަމުގެ އެވޯޑުގައި ތަހުޤީޤީ ނޫސްވެރިކަމުގެ ދާއިރާއިން އޯޑިއޯ، ވީޑިއޯ ކެޓަގަރީން 'އަދަދު' ނޫހުން ތައްޔާރުކުރި "ޖީ ސްކީލާން" ޑޮކިއުމެންޓްރީއަށް ދިން އެވޯޑާމެދު މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އިން ގޮތެއް ނިންމުމަށް ފާސްކޮށްފިއެވެ.

"ސްކީލާން" ޑޮކިއުމެންޓްރީއަކީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ދޮންމަންމާފުޅު ސްކީލާން އެ މަނިކުފާނަށް ބޮޑެތި ތުހުމަތުތަކެއް ކުރައްވާފައިވާ ޑޮކިއުމެންޓްރީއެކެވެ. މިދިޔަ އަހަރުގެ ރިޔާސީ އިންތިޚާބުގެ ކެމްޕެއިން ތެރޭގައި ނެރުނު މި ޑޮކިއުމެންޓްރީގައި ކުރާ ތުހުމަތުތައް ރައީސް މުޢިއްޒުގެ ފަރާތްޕުޅުން އޭރުވެސް ވަނީ ދޮގު ކުރައްވާފައެވެ.

މި އެވޯޑަކީ އަދަދު ނޫހަށް ހައްޤު އެވޯޑެއް ނޫން ކަމަށް ބުނެ، އެ އެވޯޑު އަތުލުމަށް ވަރަށް ގިނަ ފަރާތްތަކުން އަންނަނީ ގޮވާލަމުންނެވެ. މިކަމާ ގުޅޭ ގޮތުން އެމްއެމްސީން އިއްޔެ ވަނީ ކުއްލި ބައްދަލުވުމެއް ބާއްވައި، ނޫސްވެރިކަމުގެ އިނާމާ ގުޅުން ހުރި ހުރިހާ ފަރާތްތަކުގެ މަޢުލޫމާތު ހޯދައި، އެކަމާ ގުޅިގެން އުފެދިފައިވާ ކަންބޮޑުވުންތަކާއި މައްސަލަތަކާ ގުޅޭ ރިޕޯޓެއް ނެރެން ފާސްކޮށްފައެވެ.

Advertisement

Advertisement 1

އަދަދު ނޫހަށް އެ އެވޯޑު ދިނުމުގައި އިންސާފުކޮށްދެއްވި 6 ފަނޑިޔާރުންގެ ޕެނަލްއިންވެސް ވަނީ ބަޔާނެއް ނެރެފައެވެ. އެ ބަޔާނުގައި ބުނެފައިވަނީ އެ ކެޓަގަރީއަށް އެވޯޑު ދިނީ އުސޫލާއި މަޤްސަދުތަކާ ޚިލާފަށް ކަމަށެވެ.

އަދަދު ނޫހުގެ އެ އުފެއްދުން ބަލައިގަނެ، ނޮމިނޭޓްކޮށް، ފަނޑިޔާރުންގެ މޭޒަށް ހުށަހަޅާފައިވަނީ އެމްއެމްސީން ބަލަން ވާ ވަރަށް ނުބަލާކަން ފާހަގަކޮށް، ފަނޑިޔާރުން ބުނީ އެ އުފެއްދުން ކައުންސިލުން ބަލައިގަތް ނިޔަތާމެދު ސުވާލު އުފެދޭ ކަމަށެވެ. އަދި އެކަމާ ގުޅިގެން އުފެއްދި ސުވާލުތަކަށް އެމްއެމްސީން ޒިންމާދާރު ކަމާއެކު ޖަވާބުދާރީވެފައި ނުވާ ކަމަށާއި، އެ ކެޓަގަރީން އިންސާފުކުރަން ދީފައިވާ 'ރުބްރިކް' ގައި ތަހުޤީޤީ ނޫސްވެރިކަމުގެ ނަޒަރިއްޔާތަކުން މާކްސް ދެވޭނެ އެއްވެސް ގޮތެއް ނެތްކަމަށް ފަނޑިޔާރުން ވަނީ ފާހަގަކޮށްފައެވެ.

މީގެ އިތުރުން މީގެ ކުރިން ފަނޑިޔާރުންގެ ނިންމުންތައް ހަވާލުކުރަނީ ސިޓީ އުރައެއްގައި ބަންދުކޮށް، ސީލްކޮށް އެކަމަށް ކަނޑައަޅާފައިވާ އޮޑިޓް ފާމަށް ނަމަވެސް މި ފަހަރު އެކަން އެގޮތަށް ކޮށްފައިނުވާ ކަންވެސް ފަނޑިޔާރުން ވަނީ ފާހަގަކޮށްފައެވެ.

މޯލްޑިވްސް މީޑިއާ ކައުންސިލް
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ހަމަސްތެރޭ ހުރިހާ މީޑިއާއެއް ދަފްތަރުގައި ޖެހެން އަންގައިފި

ހުރިހާ މީޑިއާއެއް ދަފްތަރުގައި ޖެހެން އަންގައިފި

88 ދުވަސް ކުރިން - 10:22

އަތޮޅު ކައުންސިލް އުވާލުމުގެ ބިލް ތަސްދީގު ކުރައްވައިފި

އަތޮޅު ކައުންސިލް އުވާލުމުގެ ބިލް ތަސްދީގު ކުރައްވައިފި

236 ދުވަސް ކުރިން - 10:36

މީޑިއާ ކޮމިޝަނަށް މަޖިލީހުން ކަނޑައަޅާ މެމްބަރު ކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

މީޑިއާ ކޮމިޝަނުގެ މެމްބަރުކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

299 ދުވަސް ކުރިން - 17:03

މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަންގެ ވަގުތީ މެމްބަރުން އައްޔަނުކޮށްފި

މީޑިއާ އެންޑް ބްރޯޑްކާސްޓިންކޮމިޝަންގެ ވަގުތީ މެމްބަރުން އައްޔަނުކޮށްފި

308 ދުވަސް ކުރިން - 14:51

މީޑިއާ ބިލާއެކު ނޫސްވެރިކަން އާ ހަރުފަތަކަށް!

މީޑީއާ ބިލާއެކު ނޫސްވެރިކަން އާ ހަރުފަތަކަށް!

312 ދުވަސް ކުރިން - 15:47

އުސޫލާ އެއްގޮތަަށް މީޑިއާ ފެންޑާ ބޭނުން ނުކުރާތީ އެތަން އުވާލައިފި

އުސޫލާއެއްގޮތަށް މީޑިއާ ފެންޑާ ބޭނުންނުކުރާތީ އެތަން އުވާލަނީ

315 ދުވަސް ކުރިން - 21:35