Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަންގެ ވަގުތީ މެމްބަރުން އައްޔަނުކޮށްފި

މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަންގެ ވަގުތީ މެމްބަރުން އައްޔަނުކޮށްފި

އައިޝަތު ޝިފްނާ ހުސައިން
308 ދުވަސް ކުރިން - 21 ސެޕްޓެންބަރު 2025 14:51
މީޑިއާ ބިލާމެދު ނޫސްވެރިންގެ މަޖިލީހުގެ ކޮމިޓީގައި ވާހަކަ ދައްކަނީ / ފޮޓޯ: ރައްޔިތުންގެ މަޖިލިސް
މީޑިއާ ބިލާމެދު ނޫސްވެރިންގެ މަޖިލީހުގެ ކޮމިޓީގައި ވާހަކަ ދައްކަނީ / ފޮޓޯ: ރައްޔިތުންގެ މަޖިލިސް
ޚުލާސާ

މީޑިއާ ރަޖިސްޓްރީކުރުމާއި ގުޅޭ ފަސްމެންބަރުންގެ ވަގުތީ ކޮމިޓީގެ ދައުރު ދެމިއޮންނާނީ މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަން އެކުލަވާލައި މެންބަރުން ހިންގުމާއި ޙަވާލުވަންދެން.

މޯލްޑިވްސް ބްރޯޑްކާސްޓިން ރެގިއުލޭޝަން ކޮމިޝަންގެ ވަގުތީ މެމްބަރުން މިއަދު އައްޔަނުކޮށްފިއެވެ.

މި ގާނޫނުގެ ދަށުން އުފައްދާ މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަން އެކުލަވާލައި މެންބަރުން ހިންގުމާއި ހަވާލުވަންދެން، ކޮމިޝަންގެ ކަންކަން ވަގުތީގޮތުން ހިންގާނީ ސިވިލް ސާވިސް ކޮމިޝަނުން އެކުލަވާލާ ފަސް މެންބަރުންގެ ވަގުތީ ކޮމިޓީއަކުން ކަމަށް ގާނޫނުގައި ބުނެފައިވެއެވެ.

ކޮމިޝަންގައި ހިމެނެނީ:

Advertisement

Advertisement 1

އަލީ ޒަކީ / ޑިރެކްޓަ ޖެނެރަލް، ސްޕޯޓްސް މިނިސްޓްރީ

އަހުމަދު މައުސޫމް / ޑިރެކްޓަ ޖެނެރަލް، ސިޓީސް މިނިސްޓްރީ

އާމިނަތު ނަސީރު / ޑިރެކްޓަ ޖެނެރަލް، އިސްލާމިކް މިނިސްޓްރީ

އާމިނަތު ޝާހިދާ / ޑިރެކްޓަ ޖެނެރަލް، އިކޮނޮމިކް މިނިސްޓްރީ

އިމާދު މުހައްމަދު / ޗީފް ކޯޕަރޭޓް އެގްޒެކެޓިވް، ގައުމީ އަރުޝީފު

މި ވަގުތީ ކޮމިޓީގެ ހަމައެކި މަސައްކަތަކީ، ކޮމިޝަންގެ އިދާރީ މަސައްކަތްތައް ހިންގުން އަދި މީޑިއާ ރަޖިސްޓްރީކުރުމަށް އަންނަ ހުށަހެޅުންތަކާ މެދު ގޮތް ނިންމުމެވެ.

ގާނޫނުގެ ދަށުން އެކުލަވާލާ މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ކޮމިޝަން އެކުލެވިގެންވަނީ 7 މެންބަރުންގެ މައްޗަށެވެ. އެއީ ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާ 3 މެންބަރުންނާއި މީޑިއާތަކުން އިންތިހާބުކުރާ 4 މެންބަރުންނެވެ.

ޤާނޫނުގައި ބުނާ ގޮތުން މި ކޮމިޝަންގެ ރައީސް އައްޔަނުކޮށް ވަކިކުރާނީ ރައްޔިތުންގެ މަޖިލީހުން ކަމަށް ވާއިރު، ކޮމިޝަންގެ ނައިބު ރައީސް އައްޔަނުކުރާނީ ކޮމިޝަނުގެ މެންބަރުންގެ ތެރެއިންނެވެ. މި ކަން ކުރާނީ ކޮމިޝަނުގެ މެންބަރުންގެ މެދުގައި ނަގާ ސިއްރު ވޯޓަކުންނެވެ.

މި ކޮމިޝަނަށް މެންބަރުން އައްޔަނު ކުރެވޭނީ ފަސް އަހަރުގެ މުއްދަތަށެވެ. އަދި ވިދިވިދިގެން ދެ ދައުރަށްވުރެ ގިނަ ދުވަހު މެންބަރުކަމުގައި ނުހުރެވޭނެ ކަމަށް ބަޔާންކޮށްފައިވެ އެވެ.

މޯލްޑިވްސް މީޑިއާ ކައުންސިލްމީޑިއާމީޑިއާ ބިލް
Advertisement
Advertisement

ގުޅޭ ޚަބަރުތައް

ހަމަސްތެރޭ ހުރިހާ މީޑިއާއެއް ދަފްތަރުގައި ޖެހެން އަންގައިފި

ހުރިހާ މީޑިއާއެއް ދަފްތަރުގައި ޖެހެން އަންގައިފި

88 ދުވަސް ކުރިން - 10:22

އަތޮޅު ކައުންސިލް އުވާލުމުގެ ބިލް ތަސްދީގު ކުރައްވައިފި

އަތޮޅު ކައުންސިލް އުވާލުމުގެ ބިލް ތަސްދީގު ކުރައްވައިފި

236 ދުވަސް ކުރިން - 10:36

މީޑިއާ ކޮމިޝަނަށް މަޖިލީހުން ކަނޑައަޅާ މެމްބަރު ކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

މީޑިއާ ކޮމިޝަނުގެ މެމްބަރުކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

299 ދުވަސް ކުރިން - 17:03

މީޑިއާ ކޮމިޝަނުގެ އިންތިހާބުގައި 353 މީޑިއާއަކަށް ވޯޓުލެވޭ

މީޑިއާ ކޮމިޝަނުގެ އިންތިހާބުގައި 353 މީޑިއާއަކަށް ވޯޓުލެވޭ

301 ދުވަސް ކުރިން - 14:05

މީޑިއާ ބިލާއެކު ނޫސްވެރިކަން އާ ހަރުފަތަކަށް!

މީޑީއާ ބިލާއެކު ނޫސްވެރިކަން އާ ހަރުފަތަކަށް!

312 ދުވަސް ކުރިން - 15:47

ނޫސްވެރިން ބޭނުންވާ ގޮތަށް އިސްލާހުކޮށް މީޑިއާ ބިލު ދާދި ދެންމެއަކު މަޖިލީހުން ފާސްކޮށްފި

މީޑިއާ ބިލު މަޖިލީހުން ފާސްކޮށްފި

313 ދުވަސް ކުރިން - 19:26

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%