Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ނޫސްވެރިން ބޭނުންވާ ގޮތަށް އިސްލާހުކޮށް މީޑިއާ ބިލު ދާދި ދެންމެއަކު މަޖިލީހުން ފާސްކޮށްފި

ނޫސްވެރިން ބޭނުންވާ ގޮތަށް އިސްލާހުކޮށް މީޑިއާ ބިލު ދާދި ދެންމެއަކު މަޖިލީހުން ފާސްކޮށްފި

އައިޝަތު ރުވާ ރިފްޢަތު
358 ދުވަސް ކުރިން - 16 ސެޕްޓެންބަރު 2025 19:26
ރައްޔިތުންގެ މަޖިލީސްގެ ޖަލްސާއެއް/ ފޮޓޯ: މަޖިލިސް
ރައްޔިތުންގެ މަޖިލީސްގެ ޖަލްސާއެއް/ ފޮޓޯ: މަޖިލިސް
ޚުލާސާ

ކޮމިޓީ ރިޕޯޓް ތަޅުމަށް ހުށަހެޅުއްވުމުން، މަޖިލީހުގެ 60 މެންބަރުންގެ ވޯޓުން ވަނީ ބިލު ފާސްކޮށްފައިވާއިރު، ބިލު ފާސްކުރަން ނުފެންނަކަމަށް ވޯޓު ދެއްވީ އެންމެ މެންބަރެއް

ނޫސްވެރިންގެ ކަންބޮޑުވުންތަކަށް ހައްލު ލިބޭގޮތަށް ސަރުކާރުން ހުށަހެޅުއްވި އިސްލާހުތައް ހިމަނައިގެން، މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ފާސްކުރި "މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ރެގިއުލޭޝަންގެ" ބިލު ދާދި ދެންމެއަކު ރައްޔިތުންގެ މަޖިލީހުގެ ތަޅުމުން ފާސްކޮށްފި އެވެ. މި ބިލު ފާސްކުރީ މަޖިލީހުގައި ބައިވެރިވި 61 މެންބަރުންގެ ތެރެއިން 60 މެންބަރުންގެ ވޯޓުންނެވެ.

މި ބިލަކީ ރާއްޖޭގެ ނޫސްވެރިކަމުގެ މިނިވަންކަން ކުރިއަރުވައި، ތަރައްގީ ކުރުމާއި، ދޮގު ހަބަރު ފެތުރުން ހުއްޓުވުމުގެ އިތުރުން، ޤާނޫނުއަސާސީން ލިބިދީފައިވާ ހައްގުތައް ޒިންމާދާރުކަމާއެކު ބޭނުންކުރާކަން ކަށަވަރު ކުރުމުގެ ގޮތުން މީޑިއާތަކާއި ނޫސްވެރިން އަމަލުކުރާނެ އުސޫލުތައް ކަނޑައެޅުމަށް ހުށަހެޅުއްވި ބިލެކެވެ. މި ބިލު މަޖިލީހަށް ހުށަހެޅުއްވީ ތުޅާދޫ ދާއިރާގެ އަމިއްލަ މެންބަރު ޢަބްދުލްޙަންނާން އަބޫބަކުރެވެ.

ބިލާ ގުޅިގެން ބައެއް ނޫސްވެރިންގެ ކަންބޮޑުވުންތައް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒުއާ ހިއްސާކުރެއްވުމުން ސަރުކާރުން އެކަންކަމަށް ރިއާޔަތްކޮށް އިސްލާހުތައް ހުށަހެޅުއްވި އެވެ. މި އިސްލާހުތައް ހިމަނައިގެން "މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ރެގިއުލޭޝަންގެ" ބިލު މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ފާސްކުރީ މިދިޔަ ހޯމަ ދުވަހު އެވެ. މަޖިލީހުގެ ގަވާއިދުގެ ދަށުން ކޮމިޓީން ބިލު ފާސްކުރުމަށްފަހު، ބިލުގައި ޤާނޫނުއަސާސީއާ ނުވަތަ އެއްވެސް ޤާނޫނަކާ ތަޢާރުޒުވާ ކަމެއް އޮތްތޯ ބެލުމަށް ކައުންސެލް ޖެނެރަލަށް ފޮނުއްވުނެވެ. ކައުންސެލް ޖެނެރަލް ވަނީ ޤާނޫނުއަސާސީއާއި އަދި ޤާނޫނުކާ ތަޢާރުޒުވާ ކަމެއް ބިލުގައި ނެތްކަމަށް ކައުންސިލަރު ޖެނެރަލް ފާތިމަތު ފިލްޒާ ވިދާޅުވެފައިވެ އެވެ.

Advertisement

Advertisement 1

ސަރުކާރުގެ ފަރާތުން މި ބިލަށް އިސްލާހު ހުށަހެޅުއްވީ ކެލާ ދާއިރާގެ މެމްބަރު އަބްދުﷲ ޝަރީފެވެ. އޭނާ ހުށަހެޅުއްވި މުހިންމު އިސްލާހުތަކުގެ ތެރޭގައި، ކޮމިޝަނުގެ މެންބަރުން ކަނޑައެޅުމާއި ވަކިކުރުމުގައްޔާއި، އަދި ކޮމިޝަނުގެ ރައީސް ޢައްޔަނުކުރުމުގައި ރައީސުލްޖުމްހޫރިއްޔާގެ އެއްވެސް ދައުރެއް ނުހިމެނޭގޮތަށް ބިލުގެ 17 ވަނަ މާއްދާއާއި، 19 ވަނަ މާއްދާއާއި، 20 ވަނަ މާއްދާއަށް އިސްލާހު ގެނައުން ހިމެނެއެވެ. އަދި ބިލުގެ 18 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ މެންބަރުންގެ ހުންނަންޖެހޭ ސިފަތަކުގެ ތެރޭގައި، ސިޔާސީ ޕާޓީއެއްގެ މަޤާމެއްގައި ހުރުން މަނާކުރުމުގެ ބަދަލުގައި، ސިޔާސީ ޕާޓީއެއްގެ މެންބަރެއް ކަމުގައި ނުވުން ހިމެނުމަށްވެސް ވަނީ އިސްލާހު ގެންނަވާފަ އެވެ.

މީގެ އިތުރުން، ބިލުގެ 41 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ މީހުންގެ އަމިއްލަ މައުލޫމާތު ހާމަކުރުމުގެ މިންގަނޑުތަކުގެ ތެރޭގައި، އެކި ފަރާތްތަކުގެ އަމިއްލަ މިނިވަން ކަމުގެ ދާއިރާގެ ތެރެއަށް ނުޙައްޤުން ވަދެގެން ނުވާނެކަމަށް އޮތް އޮތުން ބަދަލުކޮށް، އެފަދަ މައުލޫމާތެއް ނިސްބަތްވާ ފަރާތުގެ އަމިއްލަ މިނިވަންކަމުގެ ދާއިރާއަށް އިހްތިރާމްކުރުމަކީ މައުލޫމާތު ހާމަކުރުމުގެ މިންގަނޑު ކަމުގައި ހިމެނުމަށްވެސް ވަނީ އިސްލާހު ގެނެސްފަ އެވެ.

ބިލުގެ 67 ވަނަ މާއްދާގެ ދަށުން، ވަކިވަކި ނޫސްވެރިންނާއި މީޑިއާގައި މަސައްކަތްކުރާ ފަރާތްތަކާމެދު ފިޔަވަޅު އެޅޭގޮތަށް އޮތް މާއްދާ އުނިކޮށް، ކޮމިޝަނުން މައްސަލައެއް ބަލައި ނިމެންދެން އިދާރީ ފިޔަވަޅެއްގެ ގޮތުން، ވަގުތީގޮތުން މީޑިއާއެއްގެ ރަޖިސްޓްރީ ބާތިލް ކުރުމުގެ ބާރު ކޮމިޝަނަށް ލިބިދީފައިވާ މާއްދާ (66 ވަނަ މާއްދާގެ (ޅ) އުނިކުރުމަށްވެސް ކޮމިޓީ މަރުހަލާގައި ވަނީ އިސްލާހު ގެނެސްފަ އެވެ.

މިބިލަށް އެމްޑީޕީގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު ދެ އިސްލާހެއް ހުށަހެޅުއްވި އެވެ. ނަމަވެސް ވޯޓަށް އެހިވަގުތު މެމްބަރުގެ ނަން އިއްވައި ތަޅުމުން ނެރެފައިވުމުން އެއިސްލާހުތައް ހުށަހެޅޭގޮތް ނުވިއެވެ. ނަމަވެސް، ފުނަދޫ ދާއިރާގެ މެންބަރު މުހައްމަދު މަމްދޫހު ތަޅުމުގައި ހުށަހެޅުއްވި 4 އިސްލާހުވެސް ވަނީ ފާސްކޮށްފަ އެވެ.

"މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ރެގިއުލޭޝަންގެ" ބިލުގައި މީޑިއާ މާނަކޮށްފައި އޮންނަނީ ރަޖިސްޓްރީކޮށްގެން ހިންގާ މީޑިއާތަކަށް އެކަންޏެވެ. އެހެންކަމުން ރަޖިސްޓްރީކޮށްގެން ހިންގާ މީޑިއާތައް ފިޔަވައި އެހެން އެއްވެސް ބައެއް ރެގިއުލޭޓްނުކުރާނެ އެވެ.

ރައްޔިތުންގެ މަޖިލިސްމީޑިއާ ބިލް
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ކެމްބޯޑިއާގައި ބާއްވާ އައިއެސްސީގެ ދެވަނަ ކޮންފަރެންސްގައި މަޖިލީހުގެ ރައީސް ތަގުރީރު ކުރައްވައިފި

ކެމްބޯޑިއާގައި ބާއްވާ އައިއެސްސީ ކޮންފަރެންސްގައި މަޖިލީހުގެ ރައީސް ތަގުރީރު ކުރައްވައިފި

13 ދުވަސް ކުރިން - 14:25

މޫސުމީ މައްސަލައަކީ ސަރަހައްދުގެ ސަލާމަތަށް ނުރައްކަލެއް: މަޖިލިސް ރައީސް

މޫސުމީ މައްސަލައަކީ ސަރަހައްދުގެ ސަލާމަތަށް ނުރައްކަލެއް: މަޖިލިސް ރައީސް

13 ދުވަސް ކުރިން - 14:10

ގަވައިދާ ޚިލާފަށް މަގު ހުރަސްކުރާ މީހުން 100 ރުފިޔާއިން ޖޫރިމަނާކުރާ ގޮތަށް އެއްގަމު ދަތުރުފަތުރުގެ ބިލު މަޖިލީހުން ފާސްކޮށްފި

ޤަވާއިދާ ޚިލާފަށް މަގު ހުރަސްކުރާ މީހުން 100ރުފިޔާއިން ޖޫރިމަނާ ކުރާގޮތަށް ފާސްކޮށްފި

13 ދުވަސް ކުރިން - 09:33

އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމަށް ޢަބްދުލްޢަޒީޒު ޖަމާލް އަބޫބަކުރު އައްޔަން ކުރުމަށް ރުހުން ދީފި

އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމަށް ޢަބްދުލްޢަޒީޒު ޖަމާލް އައްޔަން ކުރުމަށް ރުހުން ދީފި

14 ދުވަސް ކުރިން - 16:50

އެލްޖީއޭގެ ބޯޑަށް އައްޔަންކުރުމަށް ރައީސް މުޢިއްޒު ފޮނުއްވި ދެ ބޭފުޅުންނަށް މަޖިލީހުން ރުހުން ދީފި

އެލްޖީއޭގެ ބޯޑަށް 2 ބޭފުޅަކު އައްޔަންކުރަން ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފި

14 ދުވަސް ކުރިން - 16:36

ބިންތައް އަތުލެވޭ ބިލު ކޮމިޓީން ފާސްކުރީ އިންވެސްޓްމަންޓްތަކަށް ބަދަލުދޭ ގޮތަށް

ބިންތައް އަތުލެވޭ ބިލު ކޮމިޓީން ފާސްކުރީ އިންވެސްޓްމަންޓްތަކަށް ބަދަލުދޭ ގޮތަށް

15 ދުވަސް ކުރިން - 07:43