Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

އުސޫލާ އެއްގޮތަަށް މީޑިއާ ފެންޑާ ބޭނުން ނުކުރާތީ އެތަން އުވާލައިފި

އުސޫލާ އެއްގޮތަަށް މީޑިއާ ފެންޑާ ބޭނުން ނުކުރާތީ އެތަން އުވާލައިފި

އައިޝަތު ޝިފްނާ ހުސައިން
351 ދުވަސް ކުރިން - 14 ސެޕްޓެންބަރު 2025 21:35
ރައީސް އޮފީހުގެ ދެކުނު ގޭޓު ކުރިމަތީގައި އޮންނަ ހުސް ބިމުގައި ހަދާފައިވާ މީޑިއާ ފެންޑާ.--ފޮޓޯ: ރައީސް އޮފީސް
ރައީސް އޮފީހުގެ ދެކުނު ގޭޓު ކުރިމަތީގައި އޮންނަ ހުސް ބިމުގައި ހަދާފައިވާ މީޑިއާ ފެންޑާ.--ފޮޓޯ: ރައީސް އޮފީސް
ޚުލާސާ

ރައީސް އޮފީހުގެ ސައިޓުން ނެރުނު ލިޔުމުގައި ބުނީ "ކަނޑައަޅާފައިވާ އުސޫލާ އެއްގޮތަށް މީޑިއާ ފެންޑާގެ ބޭނުން ހިފަމުން ނުދާތީ"، މިއަދުން ފެށިގެން އެތަން އުވާލާފައިވާ ކަމަށް.

ކަނޑައަޅުއްވާފައިވާ އުސޫލުން މީޑިއާ ފެންޑާ ބޭނުން ނުކުރާތީ، ރައީސް އޮފީހުން މިއަދު އެތަން އުވާލައިފި އެެވެ.

ރައީސް އޮފީހުން ބުނީ އެ ފެންޑާ އުވާލަން ނިންމީ އެތަން ބޭނުން ނުކުރާތީ ކަމަށެވެ. އެގޮތުން ސަރުކާރުން މިއަދު އެތަން އުވާލަން ނިންމިކަމަށް އިއުލާނު ކޮށްފައި އެވެ.

ރައީސް އޮފީހުގެ ދެކުނު ގޭޓު ކުރިމަތީގައި އޮންނަ ހުސް ބިމުގައި ކުޑަ ސިޑިބަރިއަކާ އެކު ހިޔާކޮށް ކަރަންޓް ލިބޭ ގޮތަށް މި ތަން ގާއިމްކޮށްފައިވަނީ، މިދިޔަ މެއި މަހު ފަހުކޮޅު އެވެ.

Advertisement

Advertisement 1

ރައީސް އޮފީހުގެ ސައިޓުން ނެރުނު ލިޔުމުގައި ބުނީ "ކަނޑައަޅާފައިވާ އުސޫލާ އެއްގޮތަށް މީޑިއާ ފެންޑާގެ ބޭނުން ހިފަމުން ނުދާތީ"، މިއަދުން ފެށިގެން އެތަން އުވާލާފައިވާ ކަމަށެވެ.

އިތުރަށް ރައީސް އޮފީހުން މީޑިއާ ފެންޑާ ހެދީ ރައީސް އޮފީހުގައި ހިނގާ ކަންކަމާއި އެ ސަރަހައްދުގައި ހިނގާ ކަންކަމުގެ ހަބަރާއި މައުލޫމާތު ހޯދައި، މީޑިއާ ކަވަރޭޖް ހަދަން ނޫސްވެރިން ތިބުމަށް ހާއްސަކޮށްގެން، ރައީސް އޮފީހުގެ ބައެއްގެ ގޮތުގައި އެތަން ހުޅުވީއްސުރެ މި ފާއިތުވި ތިން މަހެއްހާ ދުވަހު ވެސް، ކަނޑައަޅާފައިވާ އުސޫލާ އެއްގޮތަށް ބޭޭނުން ހިފަމުން ނުގެންދާކަން ފާހަގަކޮށްފައިވެ އެވެ.

އެ އުސޫލުގެ ދަށުން، މީޑިއާ ފެންޑާ ބޭނުންކުރަން ރާއްޖޭގެ މީޑިއާތަކުން ކަނޑައެޅި ނޫސްވެރިންނަށް އެތަން ބޭނުންކުރުމުގެ ރަސްމީ ހުއްދަ ދޫކޮށްފައިވީ ނަމަވެސް، އެ ހުއްދަ ހޯދާފައިނުވާ ބަޔަކު ނޫސްވެރިންގެ ނަމުގައި މީޑިއާ ފެންޑާއަށް ވަދެފައިވާ ކަމަށް އެ އިއުލާނުގައިވެ އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުމޯލްޑިވްސް މީޑިއާ ކައުންސިލްމީޑިއާ
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ޓެކްސް ނެގުމާބެހޭ އިދާރީ ގާނޫނަށް 4 ވަނަ އިސްލާހު ގެނައުމުގެ ބިލު ރައީސް ތަސްދީގުކުރައްވައިފި

ޓެކްސް ނެގުމާބެހޭ އިދާރީ ގާނޫނަށް 4ވަނަ އިސްލާހު ގެނައުމުގެ ބިލު ތަސްދީގުކުރައްވައިފި

2 ގަޑިއިރު ކުރިން - 18:54

ވަޒަންވެރިވެފައިނުވާ ކޮންޓްރެކްޓަރުންގެ ވިތްހޯލްޑިންގ ޓެކްސް %10 އަށް ބޮޑުކުރުމުގެ ބިލު ރައީސް ތަސްދީގުކުރައްވައިފި

ވަޒަންވެރިވެފައިނުވާ ކޮންޓްރެކްޓަރުންގެ ވިތްހޯލްޑިންގ ޓެކްސް %10 އަށް ބޮޑުކުުރުމުގެ ބިލު ތަސްދީގުކުރައްވައިފި

3 ގަޑިއިރު ކުރިން - 18:37

އޯފްޝޯ ޕްލެޓްފޯމްތަކުން ޖީއެސްޓީ ނެގޭ ގޮތަށް ޓެކްސް ގާނޫނަށް ގެނެވުނު އިސްލާހު ރައީސުލްޖުމްހޫރިއްޔާ ތަސްދީގުކުރައްވައިފި

އޯފްޝޯ ޕްލެޓްފޯމްތަކުން ޖީއެސްޓީ ނެގުމުގެ ބިލު ރައީސް ތަސްދީގުކުރައްވައިފި

3 ގަޑިއިރު ކުރިން - 18:26

މަސްވެރިކަމުގެ ޤާނޫނަށް ގެނެވުނު 2 ވަނަ އިޞްލާޙުގެ ބިލު ރައީސުލްޖުމްހޫރިއްޔާ ތަޞްދީޤުކުރެއްވުމާއެކު، އެއަށް ޢަމަލުކުރަން ފަށައިފި

މަސްވެރިކަމުގެ ޤާނޫނަށް ގެނެވުނު 2 ވަނަ އިޞްލާޙުގެ ބިލު ތަޞްދީޤުކުރައްވައިފި

4 ގަޑިއިރު ކުރިން - 17:01

ވަރުވާގެ ވާރު ބޮޑުކޮށް ފަޅުރަށްތަކުން ދައުލަތަށް ލިބޭ އާމްދަނީ އިތުރުކުރަނީ

ވަރުވާގެ ވާރު ބޮޑުކޮށް ފަޅުރަށްތަކުން ދައުލަތަށް ލިބޭ އާމްދަނީ އިތުރުކުރަނީ

5 ގަޑިއިރު ކުރިން - 16:46

މަގުމަތީގެ ނުރައްކާތަކަށް އާ ގާނޫނުން ކަނޑައެޅީ މަސްތުވާތަކެތީގެ ކުށްތަކާ އެއްވަރުގެ ބޮޑު ޖޫރިމާނާއެއް!

މަގުމަތީގެ ނުރައްކާތަކަށް މަސްތުވާތަކެތީގެ ކުށްތަކާ އެއްވަރުގެ ބޮޑު ޖޫރިމާނާއެއް!

5 ގަޑިއިރު ކުރިން - 16:42