ނޮވެމްބަރ ހަވަނަ ދުވަހު ކުރިއަށް ގެންދިޔަ ރެއިޑު އޮޕަރޭޝަންގައި މާލޭގައި ބިދޭސީން ދިރިއުޅެމުންދިޔަ ދެތަނެއް ބަލައި ފާސްކޮށް، ޞައްޚަ ވިސާއެއް ނެތި އުޅެމުންދިޔަ 13 ބިދޭސީއަކު ހައްޔަރު ކޮށްފި.
698 ދުވަސް ކުރިން - 19:38
ޗައިނާ ސަރުކާރުގެ އިސްނެގުމުގެ މަތިން ރާއްޖެއަށް ޒިޔާރަތްކުރި ލޮލުގެ ޑޮކްޓަރުންގެ ޓީމުން ވޭތުވެދިޔަ 3 ދުވަހުގެ ތެރޭގައި 60 އެއްހާ ސާޖަރީ ހަދައިފިއެވެ. މި ކޭމްޕް ކުރިއަށްދަނީ ހުޅުމާލެ ހޮސްޕިޓަލުގަ.
698 ދުވަސް ކުރިން - 19:33
އެ ކުއްޖާ މަރުވެފައިވަނީ އދ. ދިގުރަށުގައި ޗުއްޓީ ހޭދަކުރަމުން ދަނިކޮށް، ސްނޯކްލިންގ އަށް ދިޔުމަށް މޫދަށް ފުންމާލި ވަގުތު ދޯނީގެ ބުރަފަތީގައި ޖެހިގެން ޒަޚަމްވެގެން.
698 ދުވަސް ކުރިން - 16:49
އޭނާއަށް ތުހުމަތު ކުރެވެނީ ޕްރިޒަންސް ކްލަބުގެ އެކައުންޓުން ދެ ލައްކައަށްވުރެ ގިނަ ރުފިޔާ ނަގާފައިވާ ކަމަށް.
698 ދުވަސް ކުރިން - 16:33
މި އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ ބިކާރާ ކުމާރު، އިންޑިއާ (24އ)، އަކިލޭޝް ކުމާރު، އިންޑިއާ (27އ) އަދި އުމާކަންތު ޗޯދަރީ، ނޭޕާލް (35އ). އެ މީހުން ބަލައިފާސްކުރިއިރު 48 ފުޅި ބަނގުރާ ފެނިފައިވޭ.
698 ދުވަސް ކުރިން - 16:15
މި މައްސަލަ ފެންމަތިވެފައިވަނީ ގްރޭޑް 9 ގައި ކިޔަވަމުންދާ ކުއްޖެއްގެ ދަބަސް ވަގަށް ނަގައިގެން އެ ކުއްޖާގެ ބައްޕަ، އަބްދުލް ހަމީދު ސޯޝަލް މީޑިއާގައި އާންމުންގެ އެހީއަށް އެދުމާ ގުޅިގެން.
698 ދުވަސް ކުރިން - 16:06
ޖޭއެސްސީން ބުނީ މަދަނީ މައްސަލަތައް ތޮއްޖެހިފައިވާ ކަމަށާއި، އޭގެ ސަބަބުން މައްސަލަތައް ލަސްވެ އަދި މައްސަލަތަކުގެ ޙުކުމް ތަންފީޒުނުވެ، މުޅި ނިޒާމަށް މިއިން ދުވަހަކު ކުރިމަތި ނުވާވަރުގެ ދަތިތައް ކުރިމަތިވެފައިވާ ކަމަށް.
698 ދުވަސް ކުރިން - 15:52
ޙުކުމުގައި ބައްޕަގެ ބޭންކް އެކައުންޓް ފްރީޒްކުރުމަށާއި، ރާއްޖެއިން ބޭރަށް ނުދެވޭ ގޮތަށް ޕާސްޕޯޓު ހިފެހެއްޓުމަށް އަމުރުކޮށްފައިވާ އިރު އަދި އޭނާގެ އެކައުންޓުގައި ހުރި 950 ރުފިޔާ ދަރިފުޅުގެ މަންމައާ ހަވާލުކުރުމަށް ވެސް އަންގާފައިވޭ.
698 ދުވަސް ކުރިން - 15:43
މި މަސައްކަތު ބައްދަލުވުމަކީ ރާއްޖޭގެ ތިމާވެށި ސާފުކޮށް ބެލެހެއްޓުމަށް ކުރެވޭ މުހިންމު މަސައްކަތެއް ކަމަށް ވުޒާރާއިން ފާހަގަކުރި.
698 ދުވަސް ކުރިން - 15:31
ކައިވެނިކޮށްގެން އުޅުނުއިރުވެސް ފިރިހެން މީހާ އެއްވެސް ޚަރަދެއް ކޮށްފައި ނުވާކަމަށާއި، ފިރިހެން މީހާއަކީ މަސްތުވާތަކެއްޗަށް ދެވިހިފާފައިވާ މީހެއްކަމަށް މައްސަލަ ހުށަހެޅި އަންހެން މީހާ ބުނެފައިވޭ.
698 ދުވަސް ކުރިން - 15:24
މި ބައްދަލުވުމުގައި ނިޒާމް ފާހަގަކުރެއްވި ގޮތުގައި، ދިވެހިރާއްޖެ ފަދަ ކުދި ޖަޒީރާ ޤައުމުތަކުގައި ފިނިކުރުމުގެ ޓެކްނޮލޮޖީތައް ބޭނުންކުރުމުގައި ދިމާވާ ގޮންޖެހުންތަކަށް ޚާއްޞަ ސަމާލުކަމެއް ދޭންޖެހޭ ކަމަށް ވިދާޅުވި.
698 ދުވަސް ކުރިން - 15:10
މިނިސްޓަރ ވިދާޅުވީ މި އަހަރުގެ މާޗްމަހުން ފެށިގެން މިނިސްޓްރީއިން ކުރެވުނު މަސައްކަތުން، މުދައްރިސަކަށް ވުމުގެ ޝައުގުވެރިކަން ހުރި 130 އަށް ވުރެ ގިނަ ދަރިވަރުން ފާހަގަކުރެވިފައިވާ ކަމަށް.
698 ދުވަސް ކުރިން - 14:56