ހިޔާނާތުގެ މައްސަލައަކާ ގުޅިގެން ޕްރިޒަންސްގެ އެސިސްޓަންޓް ކޮމިޝަނަރ އާސިފް ސަސްޕެންޑް ކޮށްފި

އަައިޝަތު ޒީނާ | 387 ދުވަސް ކުރިން - 8 ނޮވެންބަރު 2024 16:33
އެސިސްޓަންޓް ކޮމިޝަނަރ އޮފް ޕްރިޒަންސް މުޙައްމަދު އާސިފް (މެދުގައި).
އެސިސްޓަންޓް ކޮމިޝަނަރ އޮފް ޕްރިޒަންސް މުޙައްމަދު އާސިފް (މެދުގައި).
ޚުލާސާ

އޭނާއަށް ތުހުމަތު ކުރެވެނީ ޕްރިޒަންސް ކްލަބުގެ އެކައުންޓުން ދެ ލައްކައަށްވުރެ ގިނަ ރުފިޔާ ނަގާފައިވާ ކަމަށް.

ހިޔާނާތުގެ މައްސަލައަކާ ގުޅިގެން އެސިސްޓަންޓް ކޮމިޝަނަރ އޮފް ޕްރިޒަންސް މުޙައްމަދު އާސިފް ސަސްޕެންޑް ކޮށްފިއެވެ.

އާސިފް ސަސްޕެންޑް ކޮށްފައިވަނީ ކަރެކްޝަނަލް ސަރވިސް އިން ބަލަމުންދާ ހިޔާނާތުގެ މައްސަލައެއްގެ ތުހުމަތުގައެވެ.

އޭނާއަށް ތުހުމަތު ކުރެވެނީ ޕްރިޒަންސް ކްލަބުގެ ފައިސާތަކެއް އަމިއްލަ އެކައުންޓްތަކަކަށް ޖަމާކުރި މައްސަލައެކެވެ.

މި މައްސަލަ ފެންމަތިވެފައިވަނީ މިދިޔަ ޖުލައި މަހުގެ ތެރޭގައެވެ. ތުހުމަތުކުރެވޭ ގޮތުގައި އާސިފް ވަނީ ޕްރިޒަންސް ކްލަބުގެ އެކައުންޓުން ދެ ލައްކައަށްވުރެ ގިނަ ރުފިޔާ ނަގާފައެވެ.

ކަރެކްޝަންސް އިން އެ އިދާރާގެ މުވައްޒަފުންނަށް އަންގާފައިވަނީ އިއްޔެ އިން ފެށިގެން އާސިފް ސަސްޕެންޑް ކޮށްފައިވާ ކަމަށެވެ. އަދި ކަރެކްޝަންސްގެ އެޗްއާރުގެ ޙުއްދަ ނެތި، އެ އިދާރާގެ އެއްވެސް އިމާރާތަކަށް ނުވަދުމަށް އާސިފަށް ވެސް ވަނީ އަންގާފައެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%