ފުރަތަމަ ފަހަރަށް ޖަލުތަކުގައި ތަރާވީސް ކުރަނީ

މަރްޔަމް މާޙީ | 2 ގަޑިއިރު ކުރިން - 19 ފެބްރުއަރީ 2026 01:02
ގައިދީންނަށް ދީނީ ސެޝަންތައް ކުރިއަށްގެންގޮސް ތަރާވީސް ކުރާނެ ހާފިޒުން ހަމަޖައްސައިފި--- ފޮޓޯ: ކަރެކްޝަންސް
ގައިދީންނަށް ދީނީ ސެޝަންތައް ކުރިއަށްގެންގޮސް ތަރާވީސް ކުރާނެ ހާފިޒުން ހަމަޖައްސައިފި--- ފޮޓޯ: ކަރެކްޝަންސް
ޚުލާސާ

މި އަހަރު މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ ޖަލުތަކުގެ މިސްކިތްތަކުގައި ފުރަތަމަ ފަހަރަށް ރަސްމީކޮށް ތަރާވީސް ނަމާދު ކުރާނެ

މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ ޖަލުތަކުގައި މި އަހަރު, ފުރަތަމަ ފަހަރަށް ތަރާވީސް ނަމާދު ކުރާ ގޮތަށް ހަމަޖެހިފައިވާކަމަށް އެ ސާވިސް އިން ހާމަކޮށްފިއެވެ.

އެގޮތުން މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ ޖަލުތަކުގެ މިސްކިތްތަކުގައި ފުރަތަމަ ފަހަރަށް ރަސްމީކޮށް ތަރާވީސް ނަމާދުކުރުމަށް ހާފިޒުން ހަމަޖެހިފައިވާ ކަމަށެވެ.

އަދި ގައިދީންނާއި ބަންދުމީހުންނަށް ދީނީ ސެޝަންތައް ކުރިއަށްގެންދިއުމަށް ވެސް ހާފިޒުން ހަމަޖައްސައިފައިވާ ކަމަށް ކަރެކްޝަންސް އިން ބުންޏެވެ.

މީގެ އިތުރުން ރޯދަ މަސް ފެށުމުގެ ކުރިން ވެސް މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ވަނީ އިސްލާމިކް މިނިސްޓްރީއާ ގުޅިގެން، މާފުށީ ޖަލާއި އައްސޭރި ޖަލުގެ އޮފިސަރުންނަށް ދީނީ ސެޝަންތަކެއް ހިންގައިފައެވެ. އަދި ހުޅުމާލެ ޖަލުގައި ތިބި ގައިދީންނަށް ރޯދަ މަހާ ގުޅުވައިގެން އެ ފަރާތްތަކުގެ އާއިލާތަކާ އެކު އުފާވެރި މާހައުލެއްގައި ވަގުތު ހޭދަކުރުމަށް ހާއްސަ ހަފްލާއެއް ވެސް ކަރެކްޝަނަލް ސާވިސް އިން ވަނީ ބާއްވައިފައެވެ.

Ad
Ad
TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%