Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ޗައިނާގެ ލޮލުގެ ޑޮކްޓަރުންގެ ޓީމުން 3 ދުވަހުގެ ތެރޭގައި 60 އެއްހާ ސާޖަރީ ހަދައިފި

ޗައިނާގެ ލޮލުގެ ޑޮކްޓަރުންގެ ޓީމުން 3 ދުވަހުގެ ތެރޭގައި 60 އެއްހާ ސާޖަރީ ހަދައިފި

އާނާ ފަހީމް
670 ދުވަސް ކުރިން - 8 ނޮވެންބަރު 2024 19:33
ޗައިނާއިން ރަޢްޖޭގައި ކުރިއަށްގެންދާ ލޮލުގެ ކޭމްޕަށް ޞިއްޙީ ވަޒީރު ޒިޔާރަތްކުރުން
ޗައިނާއިން ރަޢްޖޭގައި ކުރިއަށްގެންދާ ލޮލުގެ ކޭމްޕަށް ޞިއްޙީ ވަޒީރު ޒިޔާރަތްކުރުން
ޚުލާސާ

ޗައިނާ ސަރުކާރުގެ އިސްނެގުމުގެ މަތިން ރާއްޖެއަށް ޒިޔާރަތްކުރި ލޮލުގެ ޑޮކްޓަރުންގެ ޓީމުން ވޭތުވެދިޔަ 3 ދުވަހުގެ ތެރޭގައި 60 އެއްހާ ސާޖަރީ ހަދައިފިއެވެ. މި ކޭމްޕް ކުރިއަށްދަނީ ހުޅުމާލެ ހޮސްޕިޓަލުގަ.

ޗައިނާ ސަރުކާރުގެ އިސްނެގުމުގެ މަތިން ރާއްޖެއަށް ޒިޔާރަތްކުރި ލޮލުގެ ޑޮކްޓަރުންގެ ޓީމުން ވޭތުވެދިޔަ 3 ދުވަހުގެ ތެރޭގައި 60 އެއްހާ ސާޖަރީ ހަދައިފިއެވެ. މި ކޭމްޕް ކުރިއަށްދަނީ ހުޅުމާލެ ހޮސްޕިޓަލުގައެވެ.

ހުޅުމާލެ ހޮސްޕިޓަލުގައި މި ކޭމްޕް ކުރިއަށްދާ ގޮތް ބެއްލެވުމަށާއި ފަރުވާ ހޯދާ މީހުންނާ ބައްދަލުކުރެއްވުމަށް ސިއްޙަތާބެހޭ ވަޒީރު ޢަބްދުﷲ ނާޒިމް ވަނީ ހޮސްޕިޓަލަށް ޒިޔާރަތްކުރައްވާފައެވެ. މި ޒިޔާރަތުގައި ޗައިނާގެ އެމްބެސެޑަރ ވާން ލިޖިންގެ އިތުރުން ދަރުމަވަންތަ ހޮސްޕިޓަލްގެ ސީއީއޯ އިބްރާހީމް ޢަބްދުއްރައްޒާޤު ޙަލީމްވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

ޗައިނާގެ އެމްބެސެޑަރ ވާން ލިޖިން ވިދާޅުވީ ވޭތުވެދިޔަ ތިން ދުވަހުގެ ތެރޭ ޗައިނާގެ ޓީމުން 60 އެއްހާ ސާޖަރީ ހަދައި، ދިވެހިންނަށް ފަރުވާ ދީފައިވާ ކަމަށެވެ. އަދި ރާއްޖެއާއި ޗައިނާގެ ގުޅުމުގެ ސަބަބުން ދިވެހި ރައްޔިތުންނަށް ފައިދާތަކެއްވާތީ އުފާކުރައްވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

Advertisement

Advertisement 1

މި އައި ކޭމްޕުގައި ލޮލުގެ އެކި ބަލިތަކަށް ފަރުވާ ދިނުމުގެ އިތުރުން ލެންސު ނުސާފުވެފައިވާ މީހުންނަށް ޚާއްޞަ ސާޖަރީތަކެއް ހެދުމުގެ ޚިދުމަތްވެސް އަންނަނީ ދެމުންނެވެ. 2016 އިން ފެށިގެން ސިލްސިލާ ގޮތެއްގައި ކުރިއަށްގެންދާ މި އައި ކޭމްޕުގެ މިފަހަރުގެ ޙަރަކާތް ފެށީ މި މަހުގެ 5 ވަނަ ދުވަހުއެވެ. ވޭތުވެދިޔަ އަހަރުތަކުގައި މި ކޭމްޕުތައް މެދުވެރިކޮށް 5،000 އަށްވުރެ ގިނަ މީހުންނަށް ފަރުވާދީ 600 އަށްވުރެ ގިނަ މީހުންގެ ލޮލުގެ ސާޖަރީ ހަދާފައިވެއެވެ.

ޗައިނާގެ ޑޮކްޓަރުންގެ ޚާއްސަ ޓީމެއް ރާއްޖޭގައި ހަރަކާތްތެރިވަމުން އަންނައިރު، 2020 ވަނަ އަހަރު ވަނީ ހުޅުމާލެ ހޮސްޕިޓަލުގައި ޗައިނާ ސަރުކާރުގެ އެހީގައި ކްލިނިކްއެއް ޤާއިމްކޮށްފައިކަން ފާހަގަ ކުރެވެއެވެ.

ހެލްތު މިނިސްޓްރީޗައިނާ
Advertisement
Advertisement

ގުޅޭ ޚަބަރުތައް

އޭޝިއާ-ޕެސިފިކް މީޑިއާ ސަމިޓްގެ ހަވާސާ ހަރަކާތްތައް ޗައިނާގައި ފަށައިފި

އޭޝިއާ-ޕެސިފިކް މީޑިއާ ސަމިޓްގެ ހަވާސާ ހަރަކާތްތައް ޗައިނާގައި ފަށައިފި

5 ދުވަސް ކުރިން - 10:15

ކާރިސާތަކުން ސަލާމަތްވާން ނޭޕާލުން ކޮންމެ 10 މިނެޓަކުން ޗައިނާގެ އެހީއަށް އެދެނީ!

ކާރިސާތަކުން ސަލާމަތްވާން ނޭޕާލުން ކޮންމެ 10 މިނެޓަކުން ޗައިނާގެ އެހީއަށް އެދެނީ!

9 ދުވަސް ކުރިން - 08:59

ނޭޕާލުގައި ފެންބޮޑުވެ 400 އަށްވުރެ ގިނަ މީހުން މަރުވެފައިވަނިކޮށް އިތުރު ކޯރެއް ބަންޑުންވުމުގެ ބިރު ބޮޑުވެއްޖެ

ނޭޕާލުގައި އިތުރު ކޯރެއް ބަންޑުންވެ، އަނެއްކާވެސް ފެންބޮޑުވެދާނެކަމުގެ ބިރު ބޮޑުވެއްޖެ

12 ދުވަސް ކުރިން - 12:31

އެމް.އެން.ޔޫ. އިން ހިލޭ ޗައިނާ ބަސް ދަސްކޮށްދެނީ

އެމް.އެން.ޔޫ. އިން ހިލޭ ޗައިނާ ބަސް ދަސްކޮށްދެނީ

41 ދުވަސް ކުރިން - 09:44

މާލޭގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމުގެ ބިޔަ މަޝްރޫއު 2027 ގެ ކުރީކޮޅު ފެށޭނެ: ރައީސް

"މާލޭގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމުގެ މަޝްރޫއު 2027ގައި ފެށޭނެ"

54 ދުވަސް ކުރިން - 16:01

ތޫފާން ބާވީ ޗައިނާއަށް އަރައި، 1.7 މިލިއަނަށްވުރެ ގިނަ މީހުން ރައްކާތެރި ހިސާބުތަކަށް ބަދަލުކޮށްފި

ޗައިނާއަށް ތޫފާނެއް އަރައި، މިލިއަނަށްވުރެ ގިނަ މީހުން ރައްކާތެރި ހިސާބުތަކަށް ބަދަލުކޮށްފި

59 ދުވަސް ކުރިން - 23:28

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%