ދިވެހިރާއްޖޭގެ ތަޢުލީމަށް ޚިދުމަތްކުރުމުގެ އެންމެ މަތިވެރި ޝަރަފު، ޑރ. މުޙައްމަދު ޒާހިރު ޙުސައިނަށް އެރުވުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމަވައިފި. މި ޝަރަފު އެރުވުމުގެ ރަސްމިއްޔާތު އޮންނާނީ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ބޭއްވޭ ޖަލްސާގަ.
697 ދުވަސް ކުރިން - 12:37
ކޮންމެ ރަށެއްގައި ޕެޓް ކެއަރ ފެސިލިޓީއެއް ޤާއިމުކުރުމަކީ ކުރެވޭނެކަމަކަށްނުވާތީ ރަށްރަށުގެ މަގުމަތީގައި އުޅޭ ބުޅާތަކުގެ ހާލަތު ދެނެގަތުމަށް މޮބައިލް ޓީމްތަކެއް އެކުލަވާލަން ނިންމައި މަސައްކަތް އަވަސް މުސްތަޤޮމަލުގައި ފެސޭނެކަމަށް ވަޒީރު ރަމީލާ ވިދާޅުވެއްޖެ.
697 ދުވަސް ކުރިން - 12:33
އަންހެން ވިޔަފާރިވެރިންނަށް ޚާއްސަކޮށް އެސްޑީއެފްސީން ތަޢާރަފުކޮށްފައިވާ "ފަށާ މަދަދު" ލޯނު ސްކީމުގެ ދަށުން 60 ފަރާތަކަށް ޖުމްލަ 14 މިލިއަން ރުފިޔާ ދޫކުރުމަށް ނިންމައިފި. މިއީ ރައީސުލްޖުމްހޫރިއްޔާގެ މަގުޗާޓުގެ ދަށުން ތަޢާރަފުކޮށްފައިވާ ލޯނު ސްކީމެއް.
697 ދުވަސް ކުރިން - 12:30
އިހަވަންދިއްޕޮޅުގައި ތަރައްޤީކުރާ ބަނދަރާއި ގުޅުންހުރި ޚިދުމަތްތައް ޤާއިމުކުރުމަށް ސިންގަޕޫރުގެ އިންވެސްޓްމަންޓް ފަންޑަކާއެކު ފްރޭމްވޯކް އެއްބަސްވުމެއްގައި ސޮއިކޮށްފި. މި އެއްބަސްވުމުގެ ދަށުން 100 މިލިއަން ޑޮލަރުގެ އިންވެސްޓްމަންޓެއް ގެނައުމަށް ވަނީ އެއްބަސްވެފަ.
697 ދުވަސް ކުރިން - 11:45
ށ. މާއުނގޫދޫގެ ދެއަހަރުގެ ކުޑަކުއްޖަކު ކުއްލިއަކަށް ޙާލުދެރަވުމާ ގުޅިގެން، ސަރުކާރުގެ އެއަރ އެމްބިއުލާންސްގައި މިއަދު މާލެ ގެނެސްފި.
697 ދުވަސް ކުރިން - 11:35
ގދ. ފިޔޯރީގައި 3000 ޓަނުގެ މަސް ރައްކާކުރެވޭ ސްޓޯރޭޖަކާއި ދުވާލަކު 100 ޓަނުގެ މަސް ޕްރޮސެސްކުރެވޭ ފެސިލިޓީއެއް ޤާއިމްކުރާނެ. މިއީ ކެޕޭސިޓީ އިތުރުކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ބައެއް.
698 ދުވަސް ކުރިން - 09:44
މެޓް އިން ބުނީ މެދުރާއްޖެތެރެއާއި އުތުރުގެ ބައެއް އަތޮޅުތަކަށް މިރޭ ވިއްސާރަކުރުމާއެކު ގުގުރުން އެކަށީގެންވާ ނަމަވެސް ދެކުނުގެ މޫސުން އާންމުގޮތެއްގައި ރަނގަޅުވާނެ ކަމަށް.
698 ދުވަސް ކުރިން - 20:40
މި މައްސަލައާ ގުޅިގެން ކްރިމިނިލް ކޯޓުން އިއްޔެ އަމުރުކޮށްފައިވަނީ 21 އަހަރުގެ ދެ ޒުވާނުންނާއި 22 އަހަރުގެ ޒުވާނަކާއި 23 އަހަރުގެ ޒުވާނެއް ބަންދުކުރުމަށް. އެމީހުން ބަންދުގައި ބޭތިއްބުމަށް ހަމަޖެހިފައިވަނީ ދޫނިދޫ ޖަލުގައި.
698 ދުވަސް ކުރިން - 20:23
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދެއް ފުއްދުމުގެ ގޮތުން ކުރެވޭ މަސައްކަތްތަކުގެ ތެރެއިން ދަފްތަރުގައި މިހާތަނަށް 80 އިންސައްތަ އުޅަނދު ރަޖިސްޓްރީކޮށްފައިވާ ކަމަށް ވަޒީރު ޝިޔާމު ވިދާޅުވެއްޖެ.
698 ދުވަސް ކުރިން - 19:53
ހުޅުމާލޭ ހިޔާ ފްލެޓްގެ ނުވަވަނަ ޓަވަރުގެ 20 ވަނަ ފަންގިފިލާގައި ހުރި އެޕާޓްމަންޓެއްގައި ޒުވާނެއް ރަހީނުކޮށްގެން ގެންގުޅުނު މައްސަލައިގައި 12 މީހުން ހައްޔަރުކޮށް، ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަޙުޤީޤުކުރަމުންދާ ކަމަށް ފުލުހުން މަޢުލޫމާތު ދީފި.
698 ދުވަސް ކުރިން - 19:48
ނޮވެމްބަރ ހަވަނަ ދުވަހު ކުރިއަށް ގެންދިޔަ ރެއިޑު އޮޕަރޭޝަންގައި މާލޭގައި ބިދޭސީން ދިރިއުޅެމުންދިޔަ ދެތަނެއް ބަލައި ފާސްކޮށް، ޞައްޚަ ވިސާއެއް ނެތި އުޅެމުންދިޔަ 13 ބިދޭސީއަކު ހައްޔަރު ކޮށްފި.
698 ދުވަސް ކުރިން - 19:38
ޗައިނާ ސަރުކާރުގެ އިސްނެގުމުގެ މަތިން ރާއްޖެއަށް ޒިޔާރަތްކުރި ލޮލުގެ ޑޮކްޓަރުންގެ ޓީމުން ވޭތުވެދިޔަ 3 ދުވަހުގެ ތެރޭގައި 60 އެއްހާ ސާޖަރީ ހަދައިފިއެވެ. މި ކޭމްޕް ކުރިއަށްދަނީ ހުޅުމާލެ ހޮސްޕިޓަލުގަ.
698 ދުވަސް ކުރިން - 19:33