ށ. މާއުނގޫދޫގެ ކުޑަކުއްޖަކު ކުއްލިޔަކަށް ވެއްޓި ވަރަށް ބޮޑަށް ޙާލު ދެރަވެގެން ސަރުކާރުން މިއަދު މާލެ ގެނެސްފިއެވެ.
އެ ސަރަޙައްދުގައި ހުރި އަޅުގަނޑުމެންގެ ރިޕޯޓަރު ވިދާޅުވީ އެކުއްޖާ އެންމެ ފަހުން ކައިފައިވަނީ ޕޮޕްކޯން ކަމަށާއި، ބޮޑަށް ބެލެވޭ ގޮތުގައި ޕޮޕްކޯންކޮޅެއް ފުއްޕާމޭ ހޮޅީގައި ތާށިވީކަމަށް ލަފާކުރެވޭ ކަމަށާއި ނަމަވެސް ޙަޤީޤަތް އަދި ސާފު ނުވާކަމަށެވެ.

މިއަދު އެއަރ އެމްބިއުލާންސްގައި ޙާލު ދެރަވި ކުއްޖާ މާލެ ގެނައުމަށްޓަކައި ކުޅުދުއްފުށިން ނައްޓާލަނީ / ފޮޓޯ: ޚުލާސާ
ވެންޓިލޭޓަރުގައި ކުއްޖާ މާލެ ގެނައުމަށްޓަކައި ސަރުކާރުން ވަނީ ވަރަށް އަވަހަށް އެއަރ އެމްބިއުލާންސް ފޮނުވާފައި ކަމަށާއި، އާސަންދަ ކުންފުނިން މިކަމުގައި ވެދެއްވާ އެހީތެރިކަމަށް އެކުއްޖާގެ ޢާއިލާއިން ޝުކުރު އަދާކުރާކަމަށްވެސް އެ ސަރަޙައްދުގައި ހުރި ޚުލާސާގެ ކަރަސްޕޮންޑެންޓް މަޢުލޫމާތު ދެއްވައެވެ.
މިހާދިސާ ހިނގީ ކުޅުދުއްފުށީގައެވެ. އެއަރ އެމްބިއުލާންސުން ކުއްޖާ މާލެ ގެނައީ މީގެ އިރުކޮޅެއް ކުރިންނެވެ.









