އެސްއެމްއީ ޑިވެލޮޕްމެންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ) އިން އަންހެން ވިޔަފާރިވެރިންނަށް ޚާއްސަކޮށްގެން ތަޢާރަފުކޮށްފައިވާ "ފަށާ މަދަދު" ލޯނު ސްކީމުގެ ދަށުން 60 ފަރާތަކަށް ޖުމްލަ 14 މިލިއަން ރުފިޔާ ދޫކުރުމަށް ނިންމައިފިއެވެ.
އެސްޑީއެފްސީން މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ބުނީ މި ލޯނު ސްކީމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ހަފްތާ 14ގެ މަގުޗާޓުގެ ދަށުން ތަޢާރަފުކޮށްފައިވާ ލޯނު ސްކީމެކެވެ.
"ފަށާ މަދަދު" ސްކީމުގެ ދަށުން އެހީ ދިނުމަށް ހަމަޖެހިފައިވަނީ އާމްދަނީ ކަށަވަރު ނުވުމުގެ ސަބަބުން ޢާންމު ބޭންކިންގ ނިޒާމުން މާލީ އެހީ ނުލިބޭ އަންހެން ވިޔަފާރިވެރިންނަށެވެ. މި ސްކީމުގެ ދަށުން 6% އިންޓްރެސްޓް ރޭޓުގައި އަލަށް ވިޔަފާރި ފަށާ ފަރާތްތަކަށް 500,000 ރުފިޔާއާ ހަމައަށް މާލީ އެހީތެރިކަން ފޯރުކޮށްދެވޭނެއެވެ.
އެސްޑީއެފްސީގެ މެނޭޖިންގ ޑިރެކްޓަރ އާއިޝަތު ފިފްޝީން ވިދާޅުވި ގޮތުގައި މި ލޯނު ލިބޭ ފަރާތްތަކުގެ ތެރޭގައި 16 އަތޮޅަކަށް ނިސްބަތްވާ ފަރާތްތައް ހިމެނެއެވެ. އަދި މި ސްކީމާއިއެކު އަންހެނުންނަށް ޚާއްސަކޮށްގެން އެސްޑީއެފްސީން ދޫކުރާ ލޯނުތަކުގެ ޢަދަދު ކުރީގެ އަހަރުތަކަށް ވުރެ އިތުރުވެގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
މި ލޯނު ސްކީމުގެ ދަށުން ލޯނު ނަގާ ފަރާތްތަކަށް 12 މަސްދުވަހުގެ ގްރޭސް ޕީރިއަޑެއް ލިބޭނެއެވެ. އަދި 7 އަހަރު ދުވަހަށް ބަހާލައިގެން އަނބުރާ ފައިސާ ދެއްކޭނެ ކަމަށް އެސްޑީއެފްސީން ބުނެއެވެ.
އަންހެނުންނަށް ޚާއްސަ 100 މިލިއަން ރުފިޔާގެ ލޯނު އަދި ލީސިންގ ސްކީމް ތަޢާރަފުކުރުމަކީ ރައީސުލްޖުމްހޫރިއްޔާގެ ހަފްތާ 14ގެ ވަޢުދުތަކުގެ ތެރޭގައި ހިމެނޭ ކަމެއްކަން ފާހަގަކޮށްލހަގަކޮށްލެވެއެވެ.



