ގއ. ކަނޑުހުޅުދޫގައި މިރޭ ހިންގި ނުރައްކާތެރި މާރާމާރީއެއްގައި ދެމީހަކަށް ސީރިއަސް އަނިޔާތަކެއް. އެކެއްގެ ބޮލުގެ ނާށިގަނޑު އޮތީ ފެންނަން
681 ދުވަސް ކުރިން - 01:00
އެމްޑީޕީގެ ޙާލަތާއިމެދު ނުވިސްނަވާ ކަމަށާއި، ޕީއެންސީން މަސައްކަތް ކުރަނީ ރައްޔިތުން ޙަވާލުކުރި މަސްއޫލިއްޔަތު ޒިންމާދާރުކަމާއިއެކު އަދާކުރުމަށް ކަމަށާއި އަދި މި މަސައްކަތުގެ ނަތީޖާއަކީ ޕީއެންސީއަށް މެންބަރުން އިތުރުވަމުން ދިއުން ކަމަށް ޢަބްދުއްރަޙީމް ވިދާޅުވި.
681 ދުވަސް ކުރިން - 00:38
ޕީއެންސީން ބޭނުންވަނީ މިނިވަން، މުސްތަޤިއްލު، އަމާން، ޞުލްޙަވެރި، އެކުވެރި، ފުދުންތެރި އަދި އިންސާފުވެރި ދިވެހިރާއްޖެއެއް ބިނާކުރުން ކަމަށް ޢަބްދުއްރަޙީމް ވިދާޅުވި.
681 ދުވަސް ކުރިން - 00:21
ޒާތީ ވުމުން ގެއްލިގެންދަނީ އެބައެއްގެ އަގު ކަމަށާއި، ސިޔާސީ ގޮތުން ބިނާކުރަނިވި ފާޑު ކިޔުއްވައި ޒިންމާދާރުކަމާއެކު މަސައްކަތްކޮށް، ޒާތީ ނުވުމަށް ވާދަވެރިންނަށް ޕީއެންސީގެ ޗެއާޕާސަން ޢަބްދުއްރަޙީމް އިލްތިމާސް ކުރެއްވި.
681 ދުވަސް ކުރިން - 00:09
ފުއާދުގެ ދައުރު މިއަދު ހަމަވުމާ ގުޅިގެން، އީސީގެ މެމްބަރުކަމަށް އިސްލާމިކް މިނިސްޓްރީގެ ކުރީގެ ޕާމަނަންޓް ސެކްރެޓަރީ އަބްދުލް ހަސީބް އިސްމާއިލް އައްޔަން ކުރުމަށް މަޖިލީހަށް ވަނީ ފޮނުވާފަ.
681 ދުވަސް ކުރިން - 21:22
ރައީސް، ޕީއެންސީގެ އެތެރޭގެ އިންތިޚާބުގައި ހޮވުނު ބޭފުޅުންނަށް މަރުޙަބާ ވިދާޅުވެއްޖެ. މިކަން ހާމަކޮށްފައިވަނީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި.
681 ދުވަސް ކުރިން - 21:19
މިސަރުކާރުން އާރުޑީސީ ރިފޯމް ކުރުމަށް ކުރި މަސައްކަތުން މަހެއްގެ މައްޗަށް 18 މިލިއަނާއި 20 މިލިއަނާއި ދެމެދުގެ އަދަދަކަށް ޚަރަދު ކުޑަކުރެވިފައިވާ ކަމަށް އާރްޑީސީގެ އެމްޑީ ޢަލީ ޒުހައިރު ވިދާޅުވެއްޖެ.
681 ދުވަސް ކުރިން - 21:09
ފަތުވާ ދިނުމުގެ ނިޒާމު ހަރުދަނާކުރުމާބެހޭ ފުރަތަމަ މަހާސިންތާ އިފްތިތާހު ކުރުމުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރާއްޖޭގެ ފަތުވާގެ ނިޒާމު ހަރުދަނާކުރުމަކީ ސަރުކާރުގެ މުހިންމު ސިޔާސަތެއްކަމަށް ވަޒީރު ޑރ. މުޙައްމަދު ޝަހީމް ވިދާޅުވެއްޖެ.
681 ދުވަސް ކުރިން - 20:58
އިންތިޚާބަށް ލިބުނު ތަރުހީބުން ފެނިގެންދިޔައީ ރައްޔިތުން ސަރުކާރު ބަލައިގަނެފައިވާ މިންވަރުކަމަށް އެ ޕާޓީގެ އިސް ބޭފުޅަކު ވިދާޅުވެއްޖެ. މިއީ ރާއްޖޭގެ ސިޔާސީ ޕާޓީއަކުން މިހާތަނަށް ބޭއްވި އެންމެ ބޮޑު އެއް އިންތިޚާބުކަމަށް ޕީއެންސީން ބުނެފި.
681 ދުވަސް ކުރިން - 20:52
ހުޅުމާލެ ދޭއްގައި ރޭ ފުލުހަކަށް ވަޅިން ޙަމަލާދޭން އުޅުނު މީހާގެ ވަނަވަރު ހާމަކޮށްފި. އެމައްސަލަ އިތުރަށް ތަހުޤީޤު ކުރަމުން އަންނަ ކަމަށް ފުލުހުން ބުނި.
681 ދުވަސް ކުރިން - 19:08
އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އާއި އެޕާޓީގެ ރައީސް ޝާހިދުގެ މެދުގައި ފިތުނައިގެ ހުޅު ރޯވެ ޕާޓީ ބައިބައިވެ، އެކި ފެކްޝަންތައް އުފެދި، ޝާހިދަކީ ކުޑަކުއްޖެއް ކަމަށް ފައްޔާޒް ވިދާޅުވެއްޖެ.
681 ދުވަސް ކުރިން - 18:34
އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާޢީލް 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބަށް އެމްޑީޕީގެ ޓިކެޓުގައި ވާދަކުރެއްވުމަށް އެޕާޓީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާނެކަން އިޢުލާނުކުރައްވައިފި. އެހެން ބޭފުޅުންވެސް ވާދަކުރައްވާނެކަމަށް ބެލެވޭ.
681 ދުވަސް ކުރިން - 17:06