ކޮންގްރެސް ޕާޓީގެ އެތެރޭގެ އިންތިޚާބު ކާމިޔާބު ކުރެއްވި ބޭފުޅުންނަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މަރުޙަބާ ވިދާޅުވެއްޖެއެވެ.
ރައީސް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ހޮވުނު ބޭފުޅުންނަށް މަރުޙަބާ ދަންނަވާ ކަމަށާއި ވާދަކުރެެެއްވި ކެނޑިޑޭޓުންނަށާއި އިންތިޚާބުގެ އިންތިޒާމުތަކުގައި އުޅުއްވި ބޭފުޅުންނަށާއި އަދި ވޯޓުލެއްވި ހުރިހާ ބޭފުޅުނަން ލޯތްބާއެކު ޝުކުރު ދަންނަވާ ކަމަށެވެ.
ސަރުކާރު ހިންގާ ޕީއެންސީއަކީ މިހާރު ރާއްޖޭގައި އޮތް އެންމެ ބިޔަ ޕާޓީއެވެ. ނަމަވެސް އިލެކްޝަންސް އޮފީހުގެ ވެބްސައިޓުން މި މަޢުލޫމާތު އަދި އަޕްޑޭޓެއް ނުވެއެވެ.








