ގއ. ކަނޑުހުޅުދޫގައި ނުރައްކާތެރި މާރާމާރީއެއް ހިންގައިފިއެވެ.
މި މާރާމާރީގައި ދެމީހަކަށް އަނިޔާވިއިރު، އެކެއްގެ ބޮލުގެ ނާށިގަނޑު އޮތީ ފެންނާށެވެ. އަދި އަނެކަކުގެ ކޮނޑަށް ސީރިއަސް އަނިޔާތަކެއް ލިބިފައިވާއިރު، އޭނާގެ ކޮނޑު ކަށިގަނޑު ވެސް އޮތީ ފެންނަން ކަމަށް މަޢުލޫމާތު ލިބެއެވެ.
ފުލުހުން މިމައްސަލަ ތަޙުޤީޤު ކުރަމުންދާއިރު، އަނިޔާ ލިބުނު މީހުން ވަނީ އެ އަތޮޅު ވިލިގިލީ ހޮސްޕިޓަލަށް ގެންގޮސްފައެވެ.
މި ނޫހަށް ޚަބަރު ލިބުނު ގޮތުގައި މި މާރާމާރީގައި ތޫނު ހަތިޔާރު (ވަޅި) ބޭނުންކޮށްފައި ވެއެވެ.









