Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ޝާހިދަކީ ކުޑަކުއްޖެއް ކަމަށް ފައްޔާޒް ސިފަ ކޮށްފި

ޝާހިދަކީ ކުޑަކުއްޖެއް ކަމަށް ފައްޔާޒް ސިފަ ކޮށްފި

ހުސައިން އިސްމާއިލް
606 ދުވަސް ކުރިން - 23 ނޮވެންބަރު 2024 18:34
ޝާހިދަކީ ކުޑަކުއްޖެއް ކަމަށް ފައްޔާޒް ސިފަ ކޮށްފި
ޚުލާސާ

އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އާއި އެޕާޓީގެ ރައީސް ޝާހިދުގެ މެދުގައި ފިތުނައިގެ ހުޅު ރޯވެ ޕާޓީ ބައިބައިވެ، އެކި ފެކްޝަންތައް އުފެދި، ޝާހިދަކީ ކުޑަކުއްޖެއް ކަމަށް ފައްޔާޒް ވިދާޅުވެއްޖެ.

މޯލްޑިވްސް ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ޗެއާޕާސަން ފައްޔާޒް އިސްމާޢީލް އާއި ޕާޓީގެ ރައީސް ޢަބްދުﷲ ޝާހިދުގެ މެދުގައި ހިނގި ހަޑިހުތުރު ބަހުސަކާއި ގުޅިގެން އެމްޑީޕީ ފަޅައިގެން ގޮސް ބައިބައިވެއްޖެ ކަމަށް އެ ޕާޓީގެ އިސް މެމްބަރަކު ބުނެފިއެވެ.

މިއަދު މެންދުރުފަހު މަސްވެރިންގެ ކަންބޮޑުވުންތައް އަޑުއެހުމަށް ކަމަށް ބުނެ ކުރިން އިކޮނޮމިކް މިނިސްޓަރުކަން ވެސް ކުރެއްވި ފައްޔާޒު އިސްމާޢީލް މަސްމާރުކޭޓު ސަރަޙައްދަށް ގޮސް މަސްވެރިންނާއި ބައްދަލުކުރުމަށްފަހު ސޯޝަލް މީޑިއާގައި ލާފައިވާ ފޮޓޯގައި "ޕާޓީގެ އިސްވެރިން..." ލިޔެފައިވާއިރު އެ ފޮޓޯގައި ޝާހިދު ނުހިމެނުމާއި ގުޅިގެން ދެ ފަރާތުގެ މެދުގައި ހަޑިހުތުރު ބަހުސެއް ހިނގައިފިއެވެ.

"ޕާޓީގެ އިސް މެމްބަރުންގެތެރޭ ޕާޓީ ރައީސް ނުހިމެނެނީތޯ މިހާރު ޕާޓީގެ މި ޙަރަކާތްތައް ޕާޓީގެ ރައީސްއަށް ނާންގާ ހިންގަނީ" މިއަދު 3:16 ގައި ޝާހިދު އެމްޑީޕީ ވަޓްސްއެޕް ގްރޫޕުގައި ލިޔުނެވެ.

Advertisement

Advertisement 1

މިއަށް ޖަވާބުދެއްވަމުން ފައްޔާޒު ވަނީ ޝާހިދަކީ ކުޑަކުއްޖެއް ކަމަށް ދޭހަވާ ގޮތަށް ވަޓްސްއެޕް ގްރޫޕުގައި ނުސީދާކޮށް މެސެޖެއް ލިޔެފައެވެ. 3:51 ގައި ފައްޔާޒު ފޮނުވި މެސެޖުގައި ވަނީ "ޕާޓީގެ ޓުވިޓާ ހޭންޑްލް އެކައުންޓް އުވާލަންވީހެން ހީވަނީ. ކުޑަކުދިން މާގިނައީ" އެވެ.

މި ހަޑިހުތުރު ބަހުސް ހިނގަމުންދަނިކޮށް، ފައްޔާޒު ވަނީ 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބަށް އެމްޑީޕީގެ ޓިކެޓުގައި ވާދަކުރެއްވުމަށް އެޕާޓީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާނެކަން އިޢުލާނުކުރައްވައިފައެވެ. 3:53 ގައި ފައްޔާޒު ލިޔުނީ "ހުރިހާ ބޭފުޅުންގެ ސަމާލުކަމަށް. 2028 ގެ ރިޔާސީ ޕްރައިމަރީގައި އަޅުގަނޑު ވާދަކުރަން ނިންމައިފިން. ސަޕޯޓް ކޮށްދެއްވުން އެދެން" މިފަދައިންނެވެ.

އެމްޑީޕީގެ ތެރޭގައި ދެތިންހަތަރު ފެކްޝަނެއް މިހާރު ވެސް އެބައޮތެވެ. ޕާޓީ ބައިބައިވެގެން ދާކަމުގެ ނިޝާންތައް ފެންނަން ފަށައިފިއެވެ. އެއް ފެކްޝަނަކީ ފައްޔާޒުގެ ފެކްޝަން ކަމަށާއި އަނެއް ފެކްޝަނަކީ ޝާހިދުގެ ފެކްޝަން ކަމަށްވާއިރު މިހާރުގެ މޭޔަރު ވެސް ވަކި ފެކްޝަނެއް ހައްދަވައިގެން އުޅުއްވާ ކަމަށާއި އަދިވެސް އިތުރު ބޭފުޅެއް ޕާޓީއަށް އަތްގަދަ ކުރުމަށް މަސައްކަތް ކުރައްވާ ކަމަށް އެޕާޓީގެ ވަރަށް އެތެރެއިން މަޢުލޫމާތު ދެއެވެ.

ފާހަގަކޮށްލަން ޖެހޭ ކަމަކީ ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވެސް މިހާރު އެމްޑީޕީގައި އެހާ އެކްޓިވް އެއް ނޫނެވެ. ޕާޓީ ތެރޭގައި ބައިބައިވުން އުފެދި ވެރިކަމަށް ވަޑައިގަތުމަށް ދެތިން ހަތަރު ބޭފުޅަކު މަސައްކަތްކުރައްވާތީވެ އެމަނިކުފާނު ހުންނަވަނީ ވަކި ކޮޅެއް އިޚްތިޔާރު ނުކުރައްވައި ތަންކޮޅެއް ފެޔަށް ޖެހިވަޑައިގެންނެވެ.

އެމްޑީޕީ ބައިބައިވެ ފަޅައިގެންދާނެކަން މާކުރިން ވެސް އެ ޕާޓީގެ ގުރާސްރޫޓުން ވެސް ދިޔައީ ބުނަމުންނެވެ. އަނެއްކޮޅުން ފައްޔާޒުގެ ފެކްޝަނުގެ ބައެއް މީހުން ކުރީގެ ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދު އަށް ވަރަށް ނުބައި ތުހުމަތެއް ވެސް ދަނީ ކުރަމުންނެވެ. ޝާހިދަކީ ކަތުރުފަންޏެއް ކަމަށާއި، ޑީއާރުޕީން އެމްޑީޕީއާއި ޝާހިދު ގުޅުނީ ޕާޓީ ބައިބައި ކޮށްލުމުގެ ނުބައި އެޖެންޑާއެއް ހިފައިގެން ކަމަށް ވެސް އެމީހުން ބުނެއެވެ.

"ޝާހިދު ފަދަ ޔޫއެންގެ އިސް މަޤާމު ފުރުއްވި އިތުރު ދިވެއްސަކު ނުހުންނާނެ. އެކަމަކު އޭނާއަކީ ކުޑަކުއްޖެކޭ ކިޔައި ފަޔާ ޝާހިދަށް މަލާމާތު ކުރީމަ އެއީ އަސްލު ވަރަށް ހަޑިހުތުރުވީ. އޭގެއިން އެބަ އެނގޭ އެ ދެމީހުންގެ ދޭތެރޭގައި އޮތް ފިތުނަ. އެމްޑީޕީ ބައިބައިވެއްޖެ ވަރަށް ބޮޑަށް” އެމްޑީޕީގެ އިސް ބޭފުޅަކު ވިދާޅުވިއެވެ. އޭނާ ވިދާޅުވި ގޮތުގައި ސްކްރީންޝޮޓްތައް ލީކު ކޮށްލީ ވެސް ވެރިކަމަށް ވަޑައިގަތުމަށް ޝައުޤު ހުންނެވި ބޭފުޅެކެވެ.

އެމްޑީޕީ
Advertisement
Advertisement

0 ރިއެކްޝަންސް / 1 ކޮމެންޓް

0%
0%
0%
0%
0%

އަފީފާ

605 ދުވަސް ކުރިން - 21:03

ރުންކުރު މީ ހުންނަކަން ވެރިކަމެއް ނުކުރެވޭނެ. ތި ތިބެނީ މީހަކު އެއްޗެކޭ ބުނާ އިރަށް ރައްދު ދޭން ތައްޔާރަށް. ކޯޗެއްތަ ކިޔަވައިގެން ތިއުޅެނި؟

ގުޅޭ ޚަބަރުތައް

ބިދޭސީންގެ މައްސަލައިގެ ޒިންމާ ނަގަންޖެހޭ ބަޔަކީ އެމްޑީޕީ: ޝާޒް

ބިދޭސީންގެ މައްސަލައިގެ ޒިންމާ ނަގަންޖެހޭ ބަޔަކީ އެމްޑީޕީ: ޝާޒް

7 ގަޑިއިރު ކުރިން - 13:19

އެމްޑީޕީން މާލީ ބަޔާން ހުށަނޭޅުމުން ޖޫރިމަނާ ކޮށްފި

އެމްޑީޕީން މާލީ ބަޔާން ހުށަނޭޅުމުން ޖޫރިމަނާ ކޮށްފި

7 ގަޑިއިރު ކުރިން - 12:49

ފައްޔާޒް އިސްމާއީލާ ގުޅޭ ކޮރަޕްޝަނާއި، މަސްލަހަތު ފުށުއެރުމާއި، އިތުރު މައްސަލަތަކުގެ ފުރިހަމަ ދިރާސާއެއް

ފައްޔާޒާ ގުޅޭ ކޮރަޕްޝަނާއި، މަސްލަހަތު ފުށުއެރުމާއި، އިތުރު މައްސަލަތަކުގެ ފުރިހަމަ ދިރާސާއެއް

4 ދުވަސް ކުރިން - 05:40

ބުރާސްފަތި ދުވަހު ގައުމުގައި “ހަމަނުޖެހުން” ހިންގަން ނުކުތުމަށް ނަޝީދު އެދިއްޖެ

ބުރާސްފަތި ދުވަހު ގައުމުގައި “ހަމަނުޖެހުން” ހިންގަން ނުކުތުމަށް ނަޝީދު އެދިއްޖެ

36 ދުވަސް ކުރިން - 10:24

އެމްޑީޕީގެ ދެ ވެރިކަމުގައި ވެސް ގެންގުޅުނީ ދީނާ ދުރު ސިޔާސަތުތަކެއް: ރައީސް

އެމްޑީޕީގެ ދެ ވެރިކަމުގައި ވެސް ގެންގުޅުނީ ދީނާ ދުރު ސިޔާސަތުތަކެއް: ރައީސް

37 ދުވަސް ކުރިން - 00:49

ޗާގޯސް މިދިޔަ ސަރުކާރުން ދޫކޮށްލީ ވަކީލުންނަށް މިލިއަނުން ރައްޔިތުންގެ ފައިސާ ހަރަދުކޮށްގެން: ރައީސް

"ޗާގޯސް މިދިޔަ ސަރުކާރުން ދޫކޮށްލީ ވަކީލުންނަށް މިލިއަނުން ރައްޔިތުންގެ ފައިސާ ހަރަދުކޮށްގެން"

37 ދުވަސް ކުރިން - 00:13