ރޭ ހުޅުމާލޭ ފޭސް ދޭއްގައި ފުލުހަކަށް ވަޅިން ޙަމަލާދޭން އުޅެނިކޮށް ހައްޔަރު ކުރި މީހާގެ ވަނަވަރު ފުލުހުން އާންމުކޮށްފިއެވެ.
ފުލުހުން ބުނެފައިވަނީ އެ މީހާއަކީ އ.ދ ދަނގެތީ، ލިލީގެ، ފާއިގް (33އ) ކަމަށެވެ.
ފުލުހުން މަޢުލޫމާތު ދީފައިވާ ގޮތުގައި ވަޅިން ޙަމަލާ ދޭން އުޅުނީ 6:30 ކަން ހާއިރުއެވެ. އޭނާ ފުލުސް އޮފިސަރަކަށް ޙަމަލާދޭން މަސައްކަތްކުރީ އޭނާ ހުއްޓުވަން ދިޔުމުން ކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.
ފުލުހުން ދަނީ މި މައްސަލަ ސީރިއަސް މައްސަލައެއް ގޮތުގައި ތަހުޤީގުކުރަމުންނެވެ.









