މަސްވެރިކަމުގެ ސިނާޢަތުގައި ހުރި ގޮންޖެހުންތަކާއި، އެ ސިނާޢަތު ކުރިއެރުވުމަށް ކުރެވިދާނެ ކަންކަމާއި ގުޅޭގޮތުން މަޝްވަރާކުރުމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ކެޔޮޅުންނާއެކު ބޭއްވުނު ބައްދަލުވުމެއްގައި ކެޔޮޅުންގެ ކަންބޮޑުވުންތަކަށް އަވަސް ޙައްލެއް ހޯދައިދެއްވާނެކަމަށް ރައީސް ވިދާޅުވެއްޖެ.
669 ދުވަސް ކުރިން - 15:03
އެކްސްގައި ރައީސް ވިދާޅުވީ ހުރަވީ ދުވަހަކީ ޤައުމަށް އަމާނާތްތެރިވުމާއި ޤައުމަށް ޚިޔާނާތްތެރިވުމުގެ މިސާލު ފެންނަ ދުވަހެކެވެ. ދުވަހުގެ ބަޠަލް ދޮންބަންޑާރައިންގެ މަތިވެރި ޖިހާދާއި ރީތި އަޚްލާޤަކީ މިއަދު ލިބިގަންނަވި އެންމެ އަގުހުރި ފިލާވަޅެވެ.
669 ދުވަސް ކުރިން - 15:00
އީޕީއޭ އިން ބުނީ މި އެއްބަސްވުމުގެ މަގުސަދަކީ ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި އުޅޭ ދޫނިތަކާއި ރާއްޖެއަށް ހިޖުރަކުރާ ދޫނިތަކާއިބެހޭ ދިރާސާތައް ކުރުމުގައި އެ އެޖެންސީގެ ގާބިލުކަން އިތުރުކުރުން ކަމަށް.
669 ދުވަސް ކުރިން - 14:52
އެއީ، ފުލުހުންގެ ފަރާތުން ފޯރުކޮށްދެމުން އަންނަ ހިދުމަތް ކޮމިއުނިޓީ ފަލްސަފާއާ އެއްގޮތަށް ފޯރުކޮށް ދިނުމަށްޓަކައި ރައްޔިތުންނާއި ކައުންސިލުތަކާއި މަދަނީ ޖަމުއިއްޔާތަކާއި ދައުލަތުގެ މުއައްސަސާތަކުގެ ބައިވެރިވުމާ އެކު، ފޯރުކޮށްދިނުމުގެ މަގުސަދުގައި ކުރިއަށް ގެންދިޔަ ބައްދަލުވުމެއް.
669 ދުވަސް ކުރިން - 14:50
އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު ފަޒުލް ވިދާޅުވީ ބިންވެރިޔާ ސްކީމުގެ ދަށުން ހިލޭ ދިން ބިންތަކަށް އެ ކުންފުންޏަށް 5.4 ބިލިއަން ރުފިޔާ ލިބެން ޖެހޭ އިރު މިހާތަނަށް އޭގެ އެއްވެސް މުއާމަލާތެއް ނުހިންގާ ކަމަށް.
669 ދުވަސް ކުރިން - 14:11
އެކި ފަރާތްތަކަށް އެޗްޑީސީން ދޫކޮށްފައިވާ ބިމާއި އިމާރާތްތަކުން ޖުމްލަ 1.4 ބިލިއަން ރުފިޔާ ނުލިބި އެބަހުރި. އޭގެ ތެރެއިން 226 މިލިއަން ރުފިޔާ މިހާތަނަށް ވަނީ ހޯދައިފައި.
669 ދުވަސް ކުރިން - 13:20
1446 (2025) ވަނަ އަހަރު ހައްޖުގެ އަޅުކަން އަދާކުރުމުގެ ޖާގަ ކޯޕަރޭޝަންގެ ސިސްޓަމްގެ ތެރެއިން ޔަގީންކަން ދެވިފައިވާ ހުރިހާ ފަރާތްތަކަށް ހައްޖަށް ދިއުމުގެ ފުރުސަތު ލިބޭނެ ކަމަށް ޝަހީމް ވިދާޅުވި.
669 ދުވަސް ކުރިން - 13:17
މި އިޞްލާޙުގެ ދަށުން، ގައިޑްލައިންގެ 3.1 އަށް ބަދަލު ގެނެސް، 50 އިންސައްތަ 'ކޮންޓްރޯލްޑް އެސެސްމަންޓް' ގައި ހިމެނޭ ކޮންމެ ބަޔަކުން ފާސްވުމަށް ލާޒިމު ކޮށްފައިވޭ.
669 ދުވަސް ކުރިން - 13:13
މި މަސައްކަތް ކުރިއަށް ގެންދިއުމަށްޓަކައި ފަހުމުނާމާ އެއްގައި ސޮއިކުރެވި، ގައިޑްލައިން ތަކެއް ކަނޑައެޅި، އެ މަސައްކަތްތައް މިހާރު ދަނީ ކުރަމުން.
669 ދުވަސް ކުރިން - 12:51
މި ޕުރޮގުރާމަކީ ކާބަން މަދުކުރުމަށް އަލަށް ތަޢާރަފުކުރެވޭ ޓެކްނޮލޮޖީތަކަށް އެހީތެރިވުމަށް ޚާއްޞަ ކުރެވިފައިވާ ޕުރޮގުރާމެއްކަން މުޢާވިޔަތު ފާހަގަކުރެއްވި.
669 ދުވަސް ކުރިން - 12:50
މި ބަދަލު ގެނައުމުގެ ބޭނުމަކީ ސަރުކާރުން އެޗްޑީސީގެ ސައްތަ އިންސައްތަ ހިއްސާވާ ސަބްސިޑިއަރީ ކުންފުންޏަކަށް އެފްޑީސީ ބަދަލުކުރުމަށް ނިންމާފައިވާތީ ކަމަށް އެ ކުންފުނިން ހާމަކުރި.
669 ދުވަސް ކުރިން - 12:48
މި ބިލުގެ މައިގަނޑު މަޤްޞަދަކީ މިހާރު ޢަމަލުކުރަމުންދާ ދައުލަތުގެ ޚަރަދަށް ޒިންމާވުމުގެ ޤާނޫނުގެ ބަދަލުގައި، އެކަށީގެންވާ ގޮތެއްގައި ތަންފީޒުކުރެވޭނެ އައު ފިސްކަލް ނިޒާމެއް ތަޢާރަފުކުރުން.
669 ދުވަސް ކުރިން - 12:47