Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ދައުލަތުގެ ފިސްކަލް ޒިންމާގެ ބިލު ރައީސް ތަޞްދީޤުކުރައްވައިފި

ދައުލަތުގެ ފިސްކަލް ޒިންމާގެ ބިލު ރައީސް ތަޞްދީޤުކުރައްވައިފި

އައިޝަތު ރުވާ ރިފްޢަތު
661 ދުވަސް ކުރިން - 4 ޑިސެންބަރު 2024 12:47
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު/ ފޮޓޯ: ރައީސް އޮފީސް
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު/ ފޮޓޯ: ރައީސް އޮފީސް
ޚުލާސާ

މި ބިލުގެ މައިގަނޑު މަޤްޞަދަކީ މިހާރު ޢަމަލުކުރަމުންދާ ދައުލަތުގެ ޚަރަދަށް ޒިންމާވުމުގެ ޤާނޫނުގެ ބަދަލުގައި، އެކަށީގެންވާ ގޮތެއްގައި ތަންފީޒުކުރެވޭނެ އައު ފިސްކަލް ނިޒާމެއް ތަޢާރަފުކުރުން.

ދައުލަތުގެ ފިސްކަލް ޒިންމާގެ ބިލު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، މިއަދު ތަޞްދީޤުކުރައްވައިފިއެވެ. މި ބިލަކީ 2024 ނޮވެންބަރު 27 ވަނަ ދުވަހު ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ތިންވަނަ ދައުރުގެ 55 ވަނަ ޖަލްސާއިން ފާސްކުރެއްވި ބިލެކެވެ.

އެގޮތުން، މި ބިލުގެ މައިގަނޑު މަޤްޞަދަކީ މިހާރު ޢަމަލުކުރަމުންދާ ދައުލަތުގެ ޚަރަދަށް ޒިންމާވުމުގެ ޤާނޫނުގެ ބަދަލުގައި، އެކަށީގެންވާ ގޮތެއްގައި ތަންފީޒުކުރެވޭނެ އައު ފިސްކަލް ނިޒާމެއް ތަޢާރަފުކުރުމެވެ. މީގެ ސަބަބުން ދައުލަތުގެ ފިސްކަލް ކަންކަން ހިންގާނީ ފިސްކަލް ޑިސިޕްލިން ހާސިލުކުރެވޭނެ ފަދައިން، ދެމެހެއްޓެނިވި، ދެފުށް ފެންނަ، އަދި ޒިންމާދާރު ގޮތެއްގައިކަން ކަށަވަރުކުރެވޭނެއެވެ.

މި ބިލުގެ މުހިންމު ނުކުތާތަކުގެ ތެރޭގައި ހިމެނެނީ:

Advertisement

Advertisement 1
  1. ދައުލަތުގެ ކޭޝްފްލޯ މެނޭޖުކުރުމަށް، ވޭތުވެދިޔަ 3 އަހަރުގެ އެވްރެޖް އާމްދަނީގެ 2.5% އަށްވުރެ އިތުރުނުވާ ގޮތަށް ދައުލަތުގެ މަރުކަޒީ ބޭންކުން އެޑްވާންސަށް ދަރަނި ނެގުމުގެ ހުއްދަ ދިނުން.
  2. ފިސްކަލް ޒިންމާގެ ޗާޓަރު، ފިސްކަލް ސްޓްރެޓަޖީ ބަޔާން، ބަޖެޓު ނަތީޖާ ބަޔާން، އަދި ފިސްކަލް ހިރާސް ބަޔާން އެކުލަވާލައި ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް މިނިސްޓަރ އޮފް ފިނޭންސްއަށް ލާޒިމުކުރުން.
  3. ސަރުކާރުން މި ޤާނޫނަށް ޢަމަލުކުރާ މިންވަރު ވަޒަންކުރުމަށް އޮޑިޓަރ ޖެނެރަލް އަހަރީ ރިޕޯޓެއް އެކުލަވާލައި ހުށަހެޅުމަށް ލާޒިމުކުރުން.
  4. ރައްޔިތުންގެ މަޖިލީހުން "ފިސްކަލް އިމްޕެކްޓް އެނަލިސިސް" އެއް ހަދައި ސަރުކާރަށް ލަފާދިނުމުގެ މަސްއޫލިއްޔަތު އުފުލުން.

މި ޤާނޫނަށް ޢަމަލުކުރަން ފަށާނީ ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރާ ތާރީޚުން ފެށިގެން 6 މަސްދުވަސް ފަހުންނެވެ. އަދި މި ޤާނޫނަށް ޢަމަލުކުރަން ފެށުމާއެކު، މިހާރު ޢަމަލުކުރަމުންދާ ދައުލަތުގެ ޚަރަދަށް ޒިންމާވުމުގެ ޤާނޫނު އުވިގެންދާނެއެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުރައީސް އޮފީސް
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ރަސްމާލެއިން ޕްރޮޕަޓީ ވިއްކޭނީ ވެސް އަދި ވިސާ ދޭނެ ފަރާތްތައް ނިންމާނީ ވެސް ސަރުކާރުން: މިނިސްޓަރު މުއްތަލިބު

"ޕްރޮޕަޓީ ވިއްކޭނީވެސް އަދި ވިސާ ދޭނެ ފަރާތްތައް ނިންމާނީ ދިވެހި ސަރުކާރުން"

10 ގަޑިއިރު ކުރިން - 19:56

40 މިލިއަނުގެ ފަޅުތަކަށްވުރެ 500 މިލިއަން ޑޮލަރުގެ ރަސްމާލެ މާ ބޮޑުތަންވެސް ކުރީގައި!

40 މިލިއަނުގެ ފަޅުތަކަށްވުރެ 500 މިލިއަން ޑޮލަރުގެ ރަސްމާލެ މާ ކުރީގައި!

22 ގަޑިއިރު ކުރިން - 07:30

20 އަހަރުގެ ގައުމީ ތަރައްގީގެ މާސްޓާޕްލޭން ގާނޫނީގޮތުން ހިމާޔަތްކުރުމަށް ހާއްސަ ގާނޫނެއް އެކުލަވާލަނީ

20 އަހަރުގެ މާސްޓާޕްލޭން ގާނޫނީގޮތުން ހިމާޔަތްކުރުމުގެ މަސައްކަތް ފަށައިފި

1 ދުވަސް ކުރިން - 00:45

ރަސްމާލެއިން ބޭރުގެ އިންވެސްޓަރުންނަށް ބިން މިލްކެއް ނުކުރެވޭނެ، ހުރިހާ ކަމެއްވެސް ދާނީ ގާނޫނުގެ ތެރެއިން: ރައީސް

ރަސްމާލެއިން ބޭރުގެ ފަރާތްތަކަށް ބިން މިލްކެއް ނުކުރެވޭނެ: ރައީސް

1 ދުވަސް ކުރިން - 23:04

ދިވެހިރާއްޖެއާއި ޗައިނާގެ ގުޅުމުގެ ތެރެއިން އުޖާލާ މުސްތަގްބަލަކަށް މަގު ތަނަވަސްވަނީ: ރައީސް

ދިވެހިރާއްޖެއާއި ޗައިނާގެ ގުޅުމުގެ ތެރެއިން އުޖާލާ މުސްތަގްބަލަކަށް މަގު ތަނަވަސްވަނީ: ރައީސް

1 ދުވަސް ކުރިން - 15:25

މެލޭޝިޔާގެ ބޮޑުވަޒީރުގެ ބޭބޭފުޅު އަވަހާރަވުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ތައުޒިޔާ ވިދާޅުވެއްޖެ

މެލޭޝިޔާގެ ބޮޑުވަޒީރުގެ ބޭބޭފުޅު އަވަހާރަވުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ތައުޒިޔާ ވިދާޅުވެއްޖެ

1 ދުވަސް ކުރިން - 14:46