އެމް.ކިޔު.އޭގެ ޕްރޮގްރާމް އެކްރެޑިޓޭޝަން ގައިޑްލައިން އިޞްލާޙު ކޮށްފި

އައިޝަތު ރުވާ ރިފްޢަތު | 435 ދުވަސް ކުރިން - 4 ޑިސެންބަރު 2024 13:13
ޚުލާސާ

މި އިޞްލާޙުގެ ދަށުން، ގައިޑްލައިންގެ 3.1 އަށް ބަދަލު ގެނެސް، 50 އިންސައްތަ 'ކޮންޓްރޯލްޑް އެސެސްމަންޓް' ގައި ހިމެނޭ ކޮންމެ ބަޔަކުން ފާސްވުމަށް ލާޒިމު ކޮށްފައިވޭ.

މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ (އެމް.ކިޔު.އޭ) އިން 16 މޭ 2022 ގައި ޝާއިޢުކޮށްފައިވާ "ގައިޑްލައިންސް ފޮރ ޕްރޮގްރާމް އެކްރެޑިޓޭޝަން" އަށް ދެވަނަ އިޞްލާޙު ގެނެސްފިއެވެ. މި އިޞްލާޙު ގެނެވުނު ކަމަށް އެމް.ކިޔު.އޭ އިން އިއްޔެ ކުރި އިޢުލާނެއްގައި ބަޔާންކޮށްފައިވެއެވެ.

މި އިޞްލާޙުގެ ދަށުން، ގައިޑްލައިންގެ 3.1 އަށް ބަދަލު ގެނެސް، 50 އިންސައްތަ 'ކޮންޓްރޯލްޑް އެސެސްމަންޓް' ގައި ހިމެނޭ ކޮންމެ ބަޔަކުން ފާސްވުމަށް ލާޒިމުކޮށްފައިވެއެވެ. އަދި މިފަދަ އެސެސްމެންޓްތައް ކުރިއަށް ގެންދަންވާނީ 'ގައިޑްލައިންސް ފޮރ ޕްރޮގްރާމް އެކްރެޑިޓޭޝަން' ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިންނެވެ.

މި ބަދަލާއި ގުޅިގެން، މަތީ ތަޢުލީމު ދޭ މަރުކަޒުތަކަށް ކުރިން އެޕްރޫވަލް ދީފައިވާ ޕްރޮގްރާމްތަކާއި އެކްރެޑިޓޭޝަން ދީފައިވާ ޕްރޮގްރާމްތައް ކުރިއަށް ގެންދިއުމުގައި، މި އިޞްލާޙާއި އެއްގޮތަށް ޢަމަލުކުރުމަށް އެމް.ކިޔު.އޭ އިން ވަނީ އަންގާފައެވެ.

Ad
Ad
TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%