Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ހާފިޒުންގެ ސަނަދު އެމްކިއުއޭ އިން ގަބޫލުކުރާ މިންގަނޑަށް ބަދަލުކޮށްފި

ހާފިޒުންގެ ސަނަދު އެމްކިއުއޭ އިން ގަބޫލުކުރާ މިންގަނޑަށް ބަދަލުކޮށްފި

އަހްމަދު އީޒާން
543 ދުވަސް ކުރިން - 9 މާޗް 2025 16:23
ރައީސް ޑރ. މުހައްމަދު މުއިއްޒު، ގުރުއާން ހިތުދަސްކުރެއްވި ބޭފުޅަކަށް ރައީސްގެ ހާއްސަ އިނާމު ހަވާލުކުރައްވަނީ / ފޮޓޯ: ރައީސް އޮފީސް
ރައީސް ޑރ. މުހައްމަދު މުއިއްޒު، ގުރުއާން ހިތުދަސްކުރެއްވި ބޭފުޅަކަށް ރައީސްގެ ހާއްސަ އިނާމު ހަވާލުކުރައްވަނީ / ފޮޓޯ: ރައީސް އޮފީސް
ޚުލާސާ

އެމްކިއުއޭ އިން ބުނީ ރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް ހަތަރެއް (އެޑްވާންސްޑް ސެޓްފިކެޓް)އެއްގެ ގޮތުގައި ހާފިޒުކަމުގެ ސަނަދު ބަލައިގަތުމަށް މިހާރު ނިންމާފައިވާ ކަމަށް.

ހާފިޒުންނަށް ދޭ ސަނަދު މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ (އެމްކިޔުއޭ) އިން ގަބޫލުކުރާ މިންގަނޑަށް މިއަދު ބަދަލުކޮށްފި އެވެ.

އެމްކިއުއޭ އިން ކުރި އިއުލާނެއްގައި ބުނީ ރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް ހަތަރެއް (އެޑްވާންސްޑް ސެޓްފިކެޓް)އެއްގެ ގޮތުގައި ހާފިޒުކަމުގެ ސަނަދު ބަލައިގަތުމަށް މިހާރު ނިންމާފައިވާ ކަމަށެވެ.

ހާފިޒުކަމުގެ ސަނަދު ލެވަލް ހަތަރެއްގެ ސަނަދެއް ގޮތުގައި ބަލައިގަންނާނީ ލޯވާ ސެކަންޑަރީ ސެޓްފިކެޓް ފުރިހަމަކޮށްފައިވުމާ އެކު، މޯލްޑިވްސް ނޭޝަނަލް ކޮލިފިކޭޝަންސް ފްރޭމްވޯކް (އެމްއެންކިއުއެފް) ލެވެލް ތިނެއްގެ ކޮލިފިކޭޝަނެއް ހާސިލުކޮށްފައި ވާނަމަ ކަމަށް އެ އިއުލާނުގައި ބުންޏެވެ.

Advertisement

Advertisement 1

އުމުރުން 18 އަހަރުވެ، އެއް އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުމާއި އެކު، އެމްއެންކިއުއެފް ލެވެލް ތިނެއްގެ ކޮލިފިކޭޝަނެއް ހާސިލުކޮށްފައިވާން ޖެހޭ ކަމަށް ވެސް ބުންޏެވެ.

އެ އިއުލާނުގައި ބުނީ ހާފިޒުކަމުގެ ސަނަދު ގިންތި ކުރުމަށް ހުށަހަޅާނީ، ސަނަދު ވެލިޑޭޓް ކުރުމަށް ހުށަހަޅާ ފޯމުގެ ޒަރީއާ އިން އެ ފޯމުގައި ބަޔާންކޮށްފައިވާ ލިޔެކިޔުންތަކާއި އެކުގައި ކަމަށެވެ.

ރާއްޖޭގައި ހާފިޒުންނަށް ސަނަދު ހަވާލުކުރުމުގެ ޒިންމާ މަތިވެފައި އޮންނަނީ އިސްލާމިކް މިނިސްޓްރީގެ ދަށުން ހިންގާ ކީރިތި ގުރުއާނާއި ބެހޭ ގައުމީ މަރުކަޒަށެވެ.

ކީރިތި ގުރުއާނާއި ބެހޭ ގައުމީ މަރުކަޒުގައި ރަޖިސްޓަރީކޮށްގެން ހިންގާ ގުރުއާން ހިތުދަސްކޮށްދޭ ކުލާހެއްގެ ދަރިވަރަކު ހާފިޒުކަމުގެ އިމްތިހާނު ހެދުމަށް އެދި އެ މަރުކަޒުން ކަނޑައަޅާފައިވާ ކޮމިޓީއަށް ހުށަހެޅުމުން، އެ ދަރިވަރަކު އިމްތިހާނު ކޮށްދެ އެވެ. އަދި އިމްތިހާނަށް ފަހު ހާފިޒުކަމުގެ ސަނަދު ދެ އެވެ.

ރާއްޖޭގައި ގުރުއާން ހިތުދަސްކުރާ މީހުންގެ އަދަދު އަހަރެއް އަހަރަކަށް އަންނަނީ ވަރަށް ބޮޑަށް އިތުރުވަމުންނެވެ.

މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިއުއޭ)
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

އެމްކިއުއޭއިން އިން ދިވެހި ހަވާލާ ދިމުނުގެ އުސްލޫބެއް ނެރެފި

ދިވެހި ހަވާލާ ދިމުނުގެ އުސްލޫބެއް ނެރެފި

203 ދުވަސް ކުރިން - 18:07

އެމްކިއުއޭގެ ހުއްދަ ނެތި ރާއްޖެއިން ބޭރުގައި ކޯސްތައް ހިންގާތީ ކަންބޮޑުވުން ފާޅުކޮށްފި

ހުއްދަނެތި ބޭރުގައި ކޯސްތައް ހިންގާތީ ކަންބޮޑުވުން ފާޅުކޮށްފި

338 ދުވަސް ކުރިން - 20:04

ޕްރޮގްރާމު އޮޑިޓު ނުހަދައި ދަރިވަރުންނަށް ސަނަދު ދިން 2 މަރުކަޒަކަށް އެމްކިއުއޭއިން ނޯޓިސް ފޮނުވައިފި

އޮޑިޓުނުހަދާ ސަނަދު ދޫކުރި މަރުކަޒުތަކަށް ނޯޓިސް ފޮނުވައިފި

391 ދުވަސް ކުރިން - 13:01

ރީ-ރަޖިސްޓްރީ ނުކުރާތީ 101 މަރުކަޒެއްގެ ސަނަދުތައް ގަބޫލުނުކުރަން އެމްކިއުއޭއިން ނިންމައިފި

ގިނަ މަރުކަޒުތަކެއްގެ ސަނަދުތައް ގަބޫލުނުކުރަން ނިންމައިފި

604 ދުވަސް ކުރިން - 15:29

އެމް.ކިޔު.އޭގެ ޕްރޮގްރާމް އެކްރެޑިޓޭޝަން ގައިޑްލައިން އިޞްލާޙު ކޮށްފި

އެމް.ކިޔު.އޭގެ ޕްރޮގްރާމް އެކްރެޑިޓޭޝަން ގައިޑްލައިން އިޞްލާޙު ކޮށްފި

638 ދުވަސް ކުރިން - 13:13

މިއަހަރުގެ މިހާތަނަށް އެމްކިޔުއޭއަށް ހުށަހެޅި 1621 ސަނަދުގެ ތެރެއިން 1333 ސަނަދު ވެލިޑޭޓް ކޮށްފި

އެމްކިޔުއޭއިން މިހާތަނަށް 1333 ސަނަދެއް "ވެލިޑޭޓް" ކޮށްފި

700 ދުވަސް ކުރިން - 13:08