ރާއްޖެ ޓީވީގެ ޕްރޮގްރާމެއްގައި އޯޓިސްޓިކް ކުދިންނަށް ހަޖޫ ޖެހުމާ ގުޅިގެން، ސިޔާސީ ބަހުސްތަކުގައި އިންސާނީ ކަރާމާތަށް އިޙްތިރާމްކުރުމަށް އިސްލާމިކް މިނިސްޓަރު ޑރ.ޝަހީމް ގޮވާލައްވައިފި.
550 ދުވަސް ކުރިން - 15:52
އައްޑޫސިޓީގެ ކަރަންޓް މައްސަލަ ހައްލުކުރުމަށް އިންޑިއާއިން ގެނެވުނު 1،800 ކ.ވ އިންޖީނެއް މާދަމާ އައްޑޫއަށް ލިބޭނެކަމަށް ފެނަކަ ކޯޕަރޭޝަނުން ބުނެފި.
550 ދުވަސް ކުރިން - 15:43
ރާއްޖޭގެ ހުރިހާ އަތޮޅެއްގައި މި ޚިދުމަތް ފޯރުކޮށްދިނުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ބައެއްގެ ތެރެއިން ނ. ވެލިދޫގައި އަންނަ މަހު ޑައިލިސިސްގެ ޚިދުމަތް ފެށޭނެކަމަށް ނާޒިމް ވިދާޅުވެއްޖެ.
550 ދުވަސް ކުރިން - 15:40
މި ޙަރަކާތްތަކުގައި އިހުގެ ދިވެހި ޘަޤާފަތާއި ކުޅިވަރުތަކުގެ އިތުރުން ޒަމާނީ ކުޅިވަރުތަކާއި ޝޯވތައް އޮންނާނެ.
550 ދުވަސް ކުރިން - 15:20
މިއަހަރުގެ ފުރަތަމަ 10 ހަފުތާގައި ސަރުކާރަށް ލިބުނު އާމްދަނީ 5.4% އިތުރުވެ، ޚަރަދު 16 ޕަސަންޓު ދަށްވެއްޖެ. މި މުއްދަތުގައި ދައުލަތަށް 7.8 ބިލިއަން ރުފިޔާ ޚަރަދުކޮށްފައިވޭ
550 ދުވަސް ކުރިން - 15:17
މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުން އާއިލާތަކަށް ޚާއްޞަކޮށްގެން ބާއްވާ "3 ޖެނެރޭޝަން ވޯކް" މިއަހަރު އެޕްރީލް 12 ވަނަ ދުވަހު ހުޅުމާލޭ ސެންޓްރަލް ޕާކުގައި ބޭއްވުމަށް ނިންމައިފި.
550 ދުވަސް ކުރިން - 15:13
ކުރީގެ ކާނަލް އަހްމަދު ފަޔާޒް އަލީ، ޓީވީ ޕްރެޒެންޓަރު ހުސައިން ރަމީޒް އަދި ކުރީގެ ނޮޅިވަރަމްދާއިރާގެ މެންބަރު ނަޝީދު އޯޓިޒަމް ކުދިންނަށް ޖޯކުޖެހުމުން ރައްޔިތުން ނުރުހުންފާޅުކުރޭ.
550 ދުވަސް ކުރިން - 15:10
މިދިޔަ ޑިސެމްބަރު މަހު ފުލުހެއްގެ ގައިގައި ދަތް އަޅައިގެން ހައްޔަރުކުރެވުނު އަންހެނަކު، ފޭރުމުގެ ތުހުމަތުގައި އަނެއްކާވެސް ހައްޔަރުކޮށް 10 ދުވަހަށް ބަންދުކޮށްފި.
550 ދުވަސް ކުރިން - 14:44
ގެދޮރުވެރިޔާ ސްކީމްގެ ފްލެޓް ލިސްޓަށް 2،843 ޝަކުވާ ހުށަހަޅައިފި. މީގެ ތެރޭގައި ތިން ކޮޓަރީގެ އެޕާޓްމަންޓަށް 2،079 އަދި ދެ ކޮޓަރީގެ އެޕާޓްމަންޓަށް 764 ޝަކުވާ ހިމެނޭ.
550 ދުވަސް ކުރިން - 14:41
ނުރަސްމީ ހަބަރުތަކުން ބުނާ ގޮތުގައި އެދެމީހުން ވަނީ ވަރަށް ބޮޑަށް ފިހިފަ. މިހާރު ފަރުވާދެމުންދަނީ އައިޖީއެމް ހޮސްޕިޓަލްގަ.
550 ދުވަސް ކުރިން - 14:15
އައްޑޫއަށް ފޮނުވާ އާ ޖެންސެޓް ރޭ ދަަންވަރު ވަނީ ދޯންޏަށް ލޯޑު ކޮށްފަ. މިއީ މިދިޔަ ތިން މަސް ތެރޭގައި ފޮނުވާ ތިންވަނަ ޖަނެރޭޓަރު.
550 ދުވަސް ކުރިން - 07:38
ހެލްތު މިނިސްޓްރީން ބުނީ ބަންގްލަދޭޝްގައި މެޑިސިން ކިޔަވާ ދިވެހި ދަރިވަރުންނަށް އިންޓާންޝިޕް ހެދުމަށް ހުރި ދަތިތަކަށް ބޮޑު ހައްލެއް ލިބިފައިވާ ކަަމަށް.
551 ދުވަސް ކުރިން - 23:31