އިންޑިއާއިން ގެނައި އިންޖީނު މާދަމާ އައްޑޫއަށް ލިބޭނެ: ފެނަކަ

އާނާ ފަހީމް | 38 ދުވަސް ކުރިން - 25 މާރިޗް 2025 15:43
ފެނަކަ ކޯޕަރޭޝަން/ ފޮޓޯ: ޚުލާސަ
ފެނަކަ ކޯޕަރޭޝަން/ ފޮޓޯ: ޚުލާސަ
ޚުލާސާ

އައްޑޫސިޓީގެ ކަރަންޓް މައްސަލަ ހައްލުކުރުމަށް އިންޑިއާއިން ގެނެވުނު 1،800 ކ.ވ އިންޖީނެއް މާދަމާ އައްޑޫއަށް ލިބޭނެކަމަށް ފެނަކަ ކޯޕަރޭޝަނުން ބުނެފި.

އައްޑޫސިޓީއަށް ދިމާވެފައިވާ ކަރަންޓް ކެނޑުމުގެ މައްސަލަ ހައްލުކުރުމަށް އިންޑިއާއިން ގެނެވުނު 1،800 ކ.ވ އިންޖީން މާދަމާ އައްޑޫއަށް ލިބޭނެކަމަށް ފެނަކަ ކޯޕަރޭޝަނުން މިއަދު ހާމަކޮށްފިއެވެ.

https://www.khulaasaa.com/post/7591

ފެނަކައިން މައުލޫމާތު ދިންގޮތުގައި، އައްޑޫ ސެންޓްރަލް ޕަވަރ ސްޓޭޝަންގެ ޖެނެރޭޝަން ކެޕޭސިޓީ އިތުރުކުރުމަށް ކުރެވެމުންދާ މަސައްކަތުގެ ތެރެއިން މި އިންޖީނު މިހާރު ވަނީ މާލެއިން އައްޑޫއަށް ގެންދިއުމަށް އުޅަނދަކަށް ލޯޑުކޮށް، ފުރުވާލެވިފައެވެ. މި އުޅަނދު އައްޑޫއަށް ބަނދަރުކުރުމަށް ތާވަލުކުރެވިފައިވަނީ މާދަމާ ރޭ 21:30 ހާއިރު ކަމަށްވެސް ފެނަކައިން ހާމަކުރިއެވެ.

މި އިންޖީނަކީ މިމަހު އައްޑޫއަށް ފޮނުވޭ ދެވަނަ އިންޖީނެވެ. މީގެ ކުރިން، 1،000 ކ.ވގެ އިންޖީނެއް މިމަހުގެ 11 ވަނަ ދުވަހު އައްޑޫއަށް ވަނީ ފޮނުވާފައެވެ. ނަމަވެސް، އެ އިންޖީނު ފޮނުވުމަށްފަހުވެސް އައްޑޫގެ ކަރަންޓް މައްސަލަ އެއްކޮށް ހައްލުވެފައި ނުވާތީ، ފެނަކައިން އަންނަނީ ކަރަންޓް ކެނޑުމަށް ދިމާވާ މައްސަލަ ހައްލުކުރުމަށް އިތުރު މަސައްކަތްތަކެއް ކުރަމުންނެވެ.

ފެނަކައިން ފާހަގަކުރިގޮތުގައި، އައްޑޫގެ ކަރަންޓުގެ މައްސަލައަކީ ޒަމާންތަކަކަށް ދިގުލައިގެން ގޮސްފައިވާ އިހުމާލުތަކެއްގެ ނަތީޖާއެކެވެ. އެހެންކަމުން، މި މައްސަލަ ފުރިހަމައަށް ހައްލުކުރުމަށް އިތުރު މަސައްކަތްތަކެއް ކުރަންޖެހޭ ކަމަށް ފެނަކައިން ބުނެފައިވެއެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%