Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

މެޑިސިން ކިޔަވާ ދަރިވަރުންނަށް ބަންގްލަދޭޝްގެ އިތުރު ފަސް ކޮލެޖަކުން އިންޓާންޝިޕް ހެދޭނެ ގޮތް ހަމަޖައްސައިފި

މެޑިސިން ކިޔަވާ ދަރިވަރުންނަށް ބަންގްލަދޭޝްގެ އިތުރު ފަސް ކޮލެޖަކުން އިންޓާންޝިޕް ހެދޭނެ ގޮތް ހަމަޖައްސައިފި

އަހްމަދު އީޒާން
523 ދުވަސް ކުރިން - 24 މާޗް 2025 23:31
ހެލްތު މިނިސްޓްރީން މެޑިސިން ކިޔަވާ ދަރިވަރުންނާ އެކު ބޭއްވި ބައްދަލުވުމެއް. / ފޮޓޯ: ހެލްތު މިނިސްޓްރީ
ހެލްތު މިނިސްޓްރީން މެޑިސިން ކިޔަވާ ދަރިވަރުންނާ އެކު ބޭއްވި ބައްދަލުވުމެއް. / ފޮޓޯ: ހެލްތު މިނިސްޓްރީ
ޚުލާސާ

ހެލްތު މިނިސްޓްރީން ބުނީ ބަންގްލަދޭޝްގައި މެޑިސިން ކިޔަވާ ދިވެހި ދަރިވަރުންނަށް އިންޓާންޝިޕް ހެދުމަށް ހުރި ދަތިތަކަށް ބޮޑު ހައްލެއް ލިބިފައިވާ ކަަމަށް.

މެޑިސިން ކިޔަވާ ދިވެހި ދަރިވަރުންނަށް ބަންގްލަދޭޝްގެ އިތުރު ފަސް ކޮލެޖަކުން އިންޓާންޝިޕް ހެދޭނެ ގޮތް ދިވެހި ސަރުކާރު މެދުވެރިވެ ހަމަޖައްސައިދީފިއެވެ.

ހެލްތު މިނިސްޓްރީން ބުނީ ބަންގްލަދޭޝްގައި މެޑިސިން ކިޔަވާ ދިވެހި ދަރިވަރުންނަށް އިންޓާންޝިޕް ހެދުމަށް ހުރި ދަތިތަކަށް ބޮޑު ހައްލެއް ލިބިފައިވާ ކަަމަށެވެ.

މީގެ ކުރިން ދިވެހި ދަރިވަރުންނަށް ބަންގްލަދޭޝް އިން އެމްބީބީއެސް އިންޓާޝިޕް ފުރުޞަތު ލިބެނީ ހަމައެކަނި ޗިޓަގޮންގް މެޑިކަލް ކޮލެޖް ހޮސްޕިޓަލުން ނުވަތަ ޝޭރް-އޭ-ބަންގްލާ މެޑިކަލް ކޮލެޖް ހޮސްޕިޓަލުން ކަމަށް މިނިސްޓްރީން ބުންޏެވެ.

Advertisement

Advertisement 1

ހެލްތު މިނިސްޓްރީ އާއި ފޮރިން މިނިސްޓްރީ ގުޅިގެން ކުރި މަސައްކަތުން ބަންގްލަދޭޝްގައި އެމްބީބީއެސް އިންޓާންޝިޕް ފުރުޞަތުތައް ހޯދުމަށް ކުރެވުނު މަސައްކަތުގެ ނަތީޖާއެއްގެ ގޮތުން، އިތުރު ފަސް ކޮލެޖެއްގައި ދިވެހި ދަރިވަރުންނަށް އިންޓާންޝިޕް ފުރިހަމަކުރުމުގެ ފުރުޞަތު މިހާރު ލިބޭނެ އިންތިޒާމު ހަމަޖެހިފައިވާ ކަމަށް ހެލްތު މިނިސްޓްރީން ބުންޏެވެ.

އެއީ، ސިލެޓު އެމްއޭޖީ އޮސްމާނީ މެޑިކަލް ކޮލެޖު، މައިމެންސިންހު މެޑިކަލް ކޮލެޖު، ރަޖްޝާނީ މެޑިކަލް ކޮލެޖު، ޝަހީދު ޒިއައުރު ރަހުމާން މެޑިކަލް ކޮލެޖު، ބޮގުރާ އަދި ކޮކްސަސް ބާޒާރު މެޑިކަލް ކޮލެޖެވެ.

މިނިސްޓްރީން ބުނި ގޮތުގައި، މި ފަސް ކޮލެޖަކީ ވެސް ބަންގްލަދޭޝް މެޑިކަލް އެންޑް ޑެންޓަލް ކައުންސިލް އަދި މޯލްޑިވްސް މެޑިކަލް އެންޑް ޑެންޓަލް ކައުންސިލުން ގަބޫލުކުރާ ކޮލެޖްތަކެވެ.

ބަންގްލަދޭޝް އިން އިންޓާޝިޕް ޕްލޭސްމަންޓް ހޯދަން ބޭނުންވާ ދަރިވަރުން މިނިސްޓްރީގެ training@health.gov.mv އީމެއިލް ރިކުއެސްޓް ފޮނުވުމަށް ވަނީ އެދިފައެވެ.

މިނިސްޓްރީން ބުނީ އިންޓާޝިޕް ފުރުޞަތު ރާއްޖެއިން ވެސް އިތުރަށް ފުޅާކުރުމުގެ މަސައްކަތް ކުރެވޭ ކަމަށާއި މި އަހަރު އިތުރު ސަރުކާރު ހޮސްޕިޓަލްތަކުގައި އިންޓާޝިޕް ފެށުމަށް މިނިސްޓްރީން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

މިނިސްޓްރީ އޮފް ހެލްތު، ފެމިލީ އެންޑް ވެލްފެއާ
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ޒަކާތު ފަންޑުގެ އެހީގައި ބޯންމެރޯ ހެދުމަށް ހަ ކުއްޖަކު އިންޑިއާއަށް ފުރަނީ

ޒަކާތު ފަންޑުގެ އެހީގައި ބޯންމެރޯ ހެދުމަށް ހަ ކުއްޖަކު އިންޑިއާއަށް ފުރަނީ

49 ދުވަސް ކުރިން - 22:51

ހިމަބިހި ކޮންޓްރޯލް ކުރުމަށް ޔުނިސެފުން ރާއްޖެއަށް 28,000 ޑޯޒްގެ ވެކްސިން ހަދިޔާކޮށްފި

ހިމަބިހި ކޮންޓްރޯލް ކުރުމަށް ޔުނިސެފުން ރާއްޖެއަށް 28,000 ޑޯޒްގެ ވެކްސިން ހަދިޔާކޮށްފި

52 ދުވަސް ކުރިން - 20:10

ގައުމީ ފެމިލީ މީޑިއޭޝަން ތަމްރީން ޕްރޮގްރާމް ރަސްމީކޮށް ފަށައިފި

ގައުމީ ފެމިލީ މީޑިއޭޝަން ތަމްރީން ޕްރޮގްރާމް ރަސްމީކޮށް ފަށައިފި

70 ދުވަސް ކުރިން - 15:58

އެންސްޕާގެ ވެލްފެއާގެ ބައެއް ޚިދުމަތްތައް އާސަންދައިގެ ދަށަށް ބަދަލުކޮށްފި

އެންސްޕާގެ ވެލްފެއާގެ ބައެއް ޚިދުމަތްތައް އާސަންދައިގެ ދަށަށް ބަދަލުކޮށްފި

90 ދުވަސް ކުރިން - 20:58

"އުފަކާރަ" ތަމްރީން ޕްރޮގްރާމް މާލެ ސިޓީގައި ނިންމުމުގެ ރަސްމިއްޔާތު ފަސްޓް ލޭޑީ ޝަރަފުވެރިކޮށްދެއްވައިފި

"އުފަކާރަ"ތަމްރީން ޕްރޮގްރާމް ނިންމުމުގެ ރަސްމިއްޔާތު މެޑަމް ޝަރަފުވެރިކޮށްދެއްވައިފި

126 ދުވަސް ކުރިން - 00:52

ނާޒުކު ވަގުތުތަކުގައި ހަގީގަތާ ހިލާފު ވާހަކަ ނުފެތުރުމަށް ސަރުކާރުން އިލްތިމާސްކޮށްފި

ނާޒުކު ހާލަތްތަކުގައި ހަގީގަތާހިލާފު ވާހަކަ ނުފަތުރުމަށް އިލްތިމާސްކޮށްފި

127 ދުވަސް ކުރިން - 20:47