އަކްރަމް ކަމާލުއްދީންގެ ޓީވީ ޗެނަލްގައި އޯޓިސްޓިކް ކުދިންނަށް ފުރައްސާރަ ކޮށްފިއެވެ.
މިކަން ކޮށްފައި ވަނީ އެ ޓީވީގެ "ކާލާބައިސާ" ޕްރޮގްރާމުގައި ރައީސް ޑރ. މުޢިއްޒުގެ އަމަލުތައް އޯޓިސްޓިކް ކުއްޖެއްގެ އަމަލުތަކާ އެއްފަދަކަމަށް ބުނެއެވެ.
ޚާއްޞަ އެހީއަށް ބޭނުންވާ ކުދިންނަށް ފުރައްސާރަކުރީ ރިޔާސީ ލޯންޗުކޮޅު "ފިނިފެންމާ"ގައި އެއްޗެއް ގޮއްވާލި މައްސަލައާ ގުޅިގެން ހުކުމްކޮށް ޖަލަށްލި ސިފައިންގެ މާލޭ އޭރިއާގެ ކުރީގެ ކޮމާންޑަރު ކެޕްޓަން އަހުމަދު ފަޔާޒު އަލީ ރިޒާ (ޕާޕާ) އާއި ޓީވީ ޕްރެޒެންޓަރު ހުސައިން ރަމީޒް އަދި ކުރީގެ ނޮޅިވަރަމްދާއިރާގެ މެންބަރު މުޙައްމަދު ނަޝީދު (މޮސްޓާ) އެވެ.
ޕްރެޒެންޓަރު ރަމީޒް އާއި ޕާޕާ ފުރައްސާރައަށް ހިއްވަރު ދިނުމުގެ ގޮތުން މޮސްޓާ ވަނީ ޑައުން ސިންޑްރޯމްގެ ކުދިންނަށްވެސް ރައްދުވާގޮތަށް ވާހަކަދައްކާފައެވެ.
މި ފުރައްސާރައިގެ ސަބަބުން ގިނަ ބަޔަކު ވަނީ ސޯޝަލް މީޑިއާގައި ކަންބޮޑުވުން ފާޅުކޮށްފައެވެ. އެކަކު ބުނިގޮތުގައި މޮސްޓާ އަކީ މަސްތުވާތަކެތި ވިއްކައި އެކަމުގެ ވިޔަފާރީގައި އުޅޭ މީހެއް ކަމަށް އޭނާ މަޖިލީހަށް ވަނުމުގެ ކުރިން ވެސް ރާއްޖޭގެ ޕޮލިސް އިންޓެލިޖެންސަށް އެނގޭ ކަމަށެވެ. ނަމަވެސް ހެއްކާެކު އޭނާ ހައްޔަރު ނުކުރެވުނީއެވެ.
އެމީހުންގެ ޢަމަލުތަކަށް ފާށުކިޔައި ބައެއް މީހުން ބުނެފައިވަނީ މިއީ އުފެދުމުގައި ހުންނަ ބަލިތަކަށް މަލާމާތްކޮށް، ސިޔާސީ ގޮތުން ބޭނުންކުރި ކަމެއް ކަމަށެވެ. އަދި މިފަދަ ކުދިންގެ ކަރާމާތަށް އުނިކަން ލިބޭ ގޮތަށް ވާހަކަދެއްކުމަކީ ހިތާމަހުރި ކަމެއް ކަމަށްވެސް ބުނެފައިވެއެވެ.
މި މައްސަލައާ ގުޅިގެން މިހާތަނަށް އެއްވެސް ރަސްމީ އިދާރާއަކުން ފިޔަވަޅު އަޅާފައިނުވާތީ، ބައެއް މީހުން ވަނީ މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނުގެ ސަމާލުކަމަށް މި މައްސަލަ ގެނެސްފައެވެ.