Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

މީޑިއާ ބިލް ކޮމިޓީއިން ފާސްކޮށްފި

މީޑިއާ ބިލް ކޮމިޓީއިން ފާސްކޮށްފި

އައިޝަތު ޝިފްނާ ހުސައިން
314 ދުވަސް ކުރިން - 15 ސެޕްޓެންބަރު 2025 18:52
މިއަދު މަޖިލީހުގެ މިނިވަން މުވައްސަސާތަކުގެ ކޮމިޓީ-- ފޮޓޯ: މަޖިލިސް
މިއަދު މަޖިލީހުގެ މިނިވަން މުވައްސަސާތަކުގެ ކޮމިޓީ-- ފޮޓޯ: މަޖިލިސް
ޚުލާސާ

މީޑިއާ ރެގިއުލޭޓު ކުރުމަށް މޯލްޑިވްސް މީޑިއާ ރެގިއުލޭޓް އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަން ބިލުގެ ނަމުގައި ބިލު ހުށަހެޅީ ތުޅާދޫ ދާއިރާގެ މެމްބަރު އަބްދުލް ހަންނާން އަބޫބަކުރު.

މީޑިއާ ރެގިއުލޭޓް ކުރަން މަޖިލީހަށް ހުށަހެޅި ބިލް ބަދަލުތަކާއެކު ކޮމިޓީއިން ފާސްކޮށްފި އެވެ.

މީޑިއާ ރެގިއުލޭޓު ކުރުމަށް މޯލްޑިވްސް މީޑިއާ ރެގިއުލޭޓް އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަން ބިލުގެ ނަމުގައި ބިލު ހުށަހެޅީ ތުޅާދޫ ދާއިރާގެ މެމްބަރު އަބްދުލް ހަންނާން އަބޫބަކުރު އެވެ.

ކެލާ ދާއިރާގެ މެންބަރު އަބްދުﷲ ޝަރީފް ހުށަހެޅި ހުށަހެޅުމަށް ފުވައްމުލަކު ދެކުނު ދާއިރާގެ މެންބަރު ވަނީ ތާއީދުކުރައްވާފަ އެވެ. އެ އިސްލާހުތަކާއެކު ކޮންޓްރޯލް ބިލު ފާސްކުރަން ވޯޓަށް އެހުމުން، ކޮމިޓީގައި ބައިވެރިވި ޕީއެންސީއަށް ނިސްބަތްވާ މެންބަރުން ވަނީ ބިލަށް ވޯޓު ދީފަ އެވެ.

Advertisement

Advertisement 1

އެހެންކަމުން ބިލުގައި މިހާރު ހުރި މާއްދާތަކާއި އިސްލާހު ހުށަހެޅުނު މާއްދާތަކާއެކު ކޮމިޓީން ވަނީ ފާސްކޮށްފަ އެވެ. ވޯޓަަށް އެހި ވަގުތު އެތަނުގައި ހާޒިރުވެ ތިއްބެވި ނޫސްވެރިންނާއި އެމްޑީޕީ މެންބަރުން ހިތްހަމަނުޖެހުން ފާޅުކޮށް އިހުތިޖާޖުކުރަން ފެށުމުން ވޯޓުގެ ނަތީޖާ މިއަދު އިއުލާން ނުކުރެ އެވެ. ނަމަވެސް އެ ބިލަށް ވޯޓަށް އެހުމުން ހާޒިރުވެ ތިއްބެވި ގިނަ މެންބަރުން ވަނީ ބިލަށް ތާއީދުކޮށް ފެންނަކަމަށް ވޯޓު ދީފަ އެވެ.

ޝަރީފް ހުށަހެޅި ހުށަހެޅުންތައް:

ގާނޫނުގެ 18 ވަނަ މާއްދާގެ (ފ) އަށް ބަދަލުގެނެސް، ކޮމިއުނިކޭޝަން އާއި މީޑިއާގެ ހިދުމަތް ދިނުމުގެ ދާއިރާގައި ވިޔަފާރީގެ ހިއްސާއެއް އޮތް މީހަކަށް ކޮމިޝަނުގެ މެންބަރުކަން ނުދެވޭނެ ކަމަށް ހިމެނިފައިވެ އެވެ. މެންބަރުން އައްޔަންކުރުމުގެ އުސޫލުތައް ހަރުދަނާކުރުމަށް ޓަކައި، 19 ވަނަ މާއްދާގެ (ހ) ގެ ދަށުން، މަޖިލީހުން ކޮމިޝަނަށް މެންބަރުން ކަނޑައެޅުމުގައި އާންމުކޮށް އިއުލާންކުރުމަށްފަހު މަޖިލީހުގެ ގަވައިދުގައިވާ ގޮތުގެ މަތިން އަމަލުކުރުމަށް ހުށަހަޅާފައިވެ އެވެ. އަދި (ށ) ގެ ދަށުން، ގާނޫނަށް އަމަލުކުރަން ފަށާތާ 15 ދުވަހުގެ ތެރޭ ކޮމިޝަނަށް މެންބަރުން އައްޔަންކުރުމަށް ވެސް ވަނީ ހުށަހަޅާފަ އެވެ.

ގާނޫނުގެ 20 ވަނަ މާއްދާގެ (ހ) ގައި މަޖިލީހަށް ނަންތައް ހުށަހަޅާތާ 10 ދުވަސްތެރޭ ރުހުންދިނުމުގެ ކަންތައް ނިންމުމަށްފަހު މެންބަރުން އައްޔަންކުރުމަށް ވެސް ހުށަހަޅާފައިވެ އެވެ.

21 ވަނަ މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ "އިންތިހާބުތަކުގައި ބައިވެރިވެވޭނީ ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާތާ 3 އަހަރުވެފައިވާ ބްރޯޑްކާސްޓަރުންނާއި މީޑިއާތަކުގެ ނޫސްވެރިންނަށް" މި ބައިގެ ތިން އަހަރު ކަނޑާލުމަށްފަހު، ކޮންމެ މީޑިއާއަކަށް އެއް ވޯޓު ދެވޭގޮތަށް ބަދަލުކުރުމަށް ހުށަހަޅާފައިވެ އެވެ.

ކޮމިޝަނުގެ ރައީސްއާއި ނައިބު ރައީސް އައްޔަންކޮށް ވަކިކުރުމުގެ އުސޫލުތައް ވެސް 22 ވަނަ މާއްދާގެ (ހ)، (ށ) އަދި (ނ) ގެ ދަށުން ބަދަލުކުރުމަށް ހުށަހަޅާފައިވެ އެވެ. މިގޮތުން، ކޮމިޝަނުގެ ރައީސް އައްޔަނުކޮށް ވަކިކުރާނީ ރައްޔިތުންގެ މަޖިލީހުން ކަމަށާއި، ނައިބު ރައީސް އައްޔަންކުރާނީ ކޮމިޝަނުގެ މެންބަރުންގެ ތެރެއިން ސިއްރު ވޯޓެއް ނަގައިގެން ކަމަށް ހުށަހަޅާފައިވެ އެވެ. އަދި ނައިބު ރައީސް ވަކިކުރެވޭނީ މަދުވެގެން 4 މެންބަރުން ކޮމިޝަނުގެ ޖަލްސާއަކަށް ހުށަހަޅައިގެން ނެގޭ ވޯޓަކުން ކަމަށް ވެސް ބިލުގައި ހިމެނިފައިވެ އެވެ.

މީގެ އިތުރުން ކޮމިޝަނުގެ މެންބަރުންގެ ކިބައިގައި ހުންނަން ޖެހޭ ސިފައެއް އުނިވެއްޖެނަމަ، އެމީހަކު މެންބަރު ކަމުން ވަކިކޮށްދިނުމަށް އެދި 50 އިންސައްތަ މެންބަރުން ޕެޓިޝަނެއް ހުށަހަޅައިފިނަމަ، އެ ޕެޓިޝަން ހުށަހަޅާތާ 14 ދުވަސްތެރޭ ވޯޓެއް ނަގައި ގޮތެއް ނިންމުމަށް 28 ވަނަ މާއްދާގެ (ނ) ގައި ހިމެނިފައިވެ އެވެ.

މީޑިއާތައް ޖޫރިމަނާ ކުރެވޭ މާއްދާ އަދިވެސް ބިލުގައި ހިމެނިފައިވާއިރު، ވަކިވަކި ނޫސްވެރިން ޖޫރިމަނާ ކުރެވޭ ގޮތަށް އޮތް މާއްދާ ވަނީ އުނިކުރެވިފަ އެވެ. މީގެ އިތުރުން، ބިލަށް އިތުރުކޮށްފައިވާ މާއްދާތަކުގެ ތެރޭގައި، ކޮމިޝަނަށް ހުށަހަޅާ މައްސަލަ ބަލަން މެންބަރުން ކަނޑައަޅާނެ ގޮތުގެ އުސޫލު ބަޔާންކޮށްފައި އޮންނަ މާއްދާތަކެއް ހިމެނެ އެވެ. ބިލު އިސްލާހުކޮށްފައިވަނީ، ކޮމިޝަނުގެ ބޭރުން ވެސް ވަކި މައްސަލައެއް ބެލުމަށް މެންބަރުން އައްޔަން ކުރެވިދާނެ ގޮތަށެވެ.

މީޑިއާމޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަންބްރޯޑްކާސްޓިން ކޮމިޝަންރައްޔިތުންގެ މަޖިލިސް
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ގުނަވަން ޓްރާންސްޕްލާންޓް ކުރުމުގެ ބިލް އަލުން ދިރާސާކޮށް މަޖިލީހުން ފާސްކޮށްފި

ގުނަވަން ޓްރާންސްޕްލާންޓް ކުރުމުގެ ބިލް އަލުން ދިރާސާކޮށް މަޖިލީހުން ފާސްކޮށްފި

12 ދުވަސް ކުރިން - 13:08

އީޔޫ އާއި ބެލްޖިއަމްގެ ސަފީރުކަމަށް ދިޔާނާ

އީޔޫ އާއި ބެލްޖިއަމްގެ ސަފީރުކަމަށް ދިޔާނާ

19 ދުވަސް ކުރިން - 12:00

ކޮތަޅު ފީ އަށް ލުއި ދޭ އިސްލާހުގެ ފުރަތަމަ ކިޔުން އިއްވައިފި

ކޮތަޅުން ދެރުފިޔާ ނުނަގާ ގޮތަށް ފުރަތަމަ ކިޔުން އިއްވައިފި

19 ދުވަސް ކުރިން - 10:45

އިންޑޮނީޝިއާއަށް ކަނޑައަޅުއްވާ ނޮން-ރެސިޑެންޓް ސަފީރަކަށް، ޑރ. މަރްޔަމް ޝަބީނާ ހަމަޖައްސަވައިފި

އިންޑޮނީޝިއާއަށް ކަނޑައަޅުއްވާ ނޮން-ރެސިޑެންޓް ސަފީރަކަށް، ޑރ. މަރްޔަމް ޝަބީނާ ހަމަޖައްސަވައިފި

31 ދުވަސް ކުރިން - 11:10

ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން ފަށައިފި: މިހާތަނަށް 530 މީހުން ވޯޓުލައިފި

ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން ފަށައިފި: މިހާތަނަށް 530 މީހުން ވޯޓުލައިފި

50 ދުވަސް ކުރިން - 10:25

ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަންގެ ވޯޓުލުން މާދަމާ!

ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަންގެ ވޯޓުލުން މާދަމާ!

51 ދުވަސް ކުރިން - 12:12