ބްރޮޑްކޮމްގެ މެމްބަރު ކަމަށް ޒަމްއަތު އައްޔަންކުރައްވައިފި

އަހްމަދު އީޒާން | 3 ގަޑިއިރު ކުރިން - 18 ޖޫން 2025 15:43
ޒަމްއަތު ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީއަށް އިންޓަވިއު ދެއްވަނީ / ފޮޓޯ: މަޖިލިސް
ޒަމްއަތު ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީއަށް އިންޓަވިއު ދެއްވަނީ / ފޮޓޯ: މަޖިލިސް
ޚުލާސާ

ޒަމްއަތު އެ މަގާމަށް އައްޔަންކުރެއްވީ ބްރޯޑްކާސްޓްކުރުމުގެ ގާނޫނުގައިވާ ގޮތުގެ މަތިން، ރައްޔިތުންގެ މަޖިލީހަށް ރައީސް ނަން ހުށަހަޅުއްވައި، މަޖިލީހުގެ ރުހުން ދިނުމުން.

މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޮޑްކޮމް)ގެ މެމްބަރު ކަމަށް ޒަމްއަތު އަހްމަދު ވަހީދު މިއަދު އައްޔަންކުރައްވައިފިއެވެ.

ރައީސް އޮފީހުން ބުނީ ބްރޮޑްކޮމްގެ މެެމްބަރު ކަމަށް ގދ. ތިނަދޫ، މަލަ، އަލްފާޟިލާ ޒަމްއަތު، ރައީސް ޑރ. މުހައްމަދު މުއިއްޒު އައްޔަންކުރައްވާފައިވާ ކަމަށެވެ.

ޒަމްއަތު އެ މަގާމަށް އައްޔަންކުރެއްވީ ބްރޯޑްކާސްޓްކުރުމުގެ ގާނޫނުގައިވާ ގޮތުގެ މަތިން، ރައްޔިތުންގެ މަޖިލީހަށް ރައީސް ނަން ހުށަހަޅުއްވައި، މަޖިލީހުގެ ރުހުން ދިނުމުންނެވެ.

ޒަމްއަތު ވަނީ 2022 ވަނަ އަހަރު އިސްލާމިކް ޔުނިވާސިޓީ އޮފް މޯލްޑިވްސް އިން މާސްޓާ އޮފް އާޓްސް އިން ޖާނަލިޒަމް ހާސިލްކުރައްވާފައެވެ. އަދި މީޑިއާ އާއި މީޑިއާ ހިންގުމުގައި 2006 ވަނަ އަހަރުން ފެށިގެން އަމަލީ ގޮތުން އޭނާ މަސައްކަތް ކުރެއްވިއެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%