ޖިންސީ ފުރައްސާރައިގެ މައްސަލައިގައި ފަޒީން އަށް ދައުވާ ކޮށްފި

މުހައްމަދު ޖަމްޝަތު | 17 ދުވަސް ކުރިން - 7 ޖެނުއަރީ 2026 19:13
މިހާރު އުވާލާފަައިވާ ބްރޯޑްކޮމްގެ ކުރީގެ ނައިބު ރައީސް މުހައްމަދު ފަޒީން---
މިހާރު އުވާލާފަައިވާ ބްރޯޑްކޮމްގެ ކުރީގެ ނައިބު ރައީސް މުހައްމަދު ފަޒީން---
ޚުލާސާ

ފަޒީންގެ މައްޗަށް ތުހުމަތުކުރެވޭ ޖިންސީ ފުރައްސާރައިގެ މައްސަލަ ފަންމަތިވީ މިދިޔަ އަހަރުގެ ޖެނުއަރީގައި

މިހާރު އުވާލާފަައިވާ މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް)ގެ ކުރީގެ ނައިބު ރައީސް މުހައްމަދު ފަޒީންގެ މައްޗަށް ތުހުމަތު ކުރެވުނު ޖިންސީ ފުރައްސާރައިގެ މައްސަލައިގައި ދައުވާ ކޮށްފި އެވެ.

ފަޒީން ބްރޯޑްކޮމްގެ އަންހެން މުވައްޒަފަކަށް ފުރައްސާރަކުރި މައްސަލަ ފެންމަތިވީ މިދިޔަ އަހަރުގެ ކުރީކޮޅެވެ. އެ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުވައްސަސާތަކުގެ ކޮމިޓީންވެސް ބެލި އެވެ. އަދި މަގާމުން ވަކި ކުރުމުގެ މަސައްކަތް ފަށާފައި ވަނިކޮށް ފަޒީން ވަނީ ބްރޯޑްކޮމްއިން އިސްތިއުފާ ދީފަ އެވެ.

މި މައްސަލައިގައި މިދިޔަ އާދީއްތަ ދުވަހު ޕީޖީ އޮފީހުން ފަޒީންގެ މައްޗަށް ދެ ދައުވާއެއް ވަނީ ކޮށްފަ އެވެ. އެ ދައުވާތަކަކީ:

  1. ގާނޫނުލްއުގޫބާތުގެ 120 ވަނަ މާއްދާގެ ދަށުން ގައިގައި އަތްލުމުގެ ދައުވާ
  2. ޖިންސީ ކުށުގެ ގާނޫނުގެ 17 ވަނަ މާއްދާގެ ދަށުން ޖިންސީ ގޯނާ ކުރުމުގެ ދައުވާ

މި މައްސަލައިގައި މީގެކުރިން ފަޒީންގެ ވަކީލު ސޮއިކޮށް ބަޔާނެއްވެސް އާންމުކުރި އެވެ. އެ ބަޔާނުގައި އޭނާގެ މައްޗަށް ކުރެވޭ ތުހުމަތުތައް ދޮގުކޮށްފައިވެ އެވެ.

ބްރޯޑްކޮމްއަށް ފަޒީން އައްޔަންކުރީ މާރިޗް 7، 2021 ގައެވެ. އެ ކޮމިޝަނުގެ ނައިބު ރައީސްގެ މަގާމަށް އޭނާ އައްޔަންކޮށްފައިވަނީ 19 ޖެނުއަރީ 2023ގައެވެ. އޭނާ ކުރިން ވަނީ ސީއެންއެމް އަދި ރާއްޖެ ޓީވީގައި ނޫސްވެރިއެއްގެ ގޮތުގައި މަސައްކަތް ކުރައްވައިފައެވެ.



TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%