Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ބްރޯޑްކޮމް އަށް ޒަމްއަތު ޢައްޔަންކުރުމަށް މަޖިލީހުން ފާސްކޮށްފި

ބްރޯޑްކޮމް އަށް ޒަމްއަތު ޢައްޔަންކުރުމަށް މަޖިލީހުން ފާސްކޮށްފި

އަައިޝަތު ޒީނާ
405 ދުވަސް ކުރިން - 16 ޖޫން 2025 12:01
ޒަމްއަތު އަހުމަދު ވަހީދު ދަސްވެނިވުމުގެ ޖަލްސާއެއް ހުށަހަޅަނީ. / ފޮޓޯ: ފޭސްބުކް
ޒަމްއަތު އަހުމަދު ވަހީދު ދަސްވެނިވުމުގެ ޖަލްސާއެއް ހުށަހަޅަނީ. / ފޮޓޯ: ފޭސްބުކް
ޚުލާސާ

މިއަދުގެ މަޖިލިސް ޖަލްސާގައި ވޯޓަށް އަހާފައިވާއިރު، އެ މަޤާމަށް ޒަމްއަތު ޢައްޔަންކުރުމަށް ފާސްވެފައިވަނީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 54 މެންބަރުންގެ އިއްތިފާޤުން.

މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) ގެ މެންބަރުކަމަށް ގދ. ތިނަދޫ ޒަމްއަތު އަހުމަދު ވަހީދު ޢައްޔަންކުރުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.

އެ މަޤާމު ހުސްވެފައިވަނީ އެ ކޮމިޝަންގެ މެންބަރު އާމިނަތު އަމީނާގެ މެންބަރުކަމުގެ މުއްދަތު އިއްޔެގެ ނިޔަލަށް ހަމަވާތީއެވެ.

އެ މަޤާމަށް މިދިޔަ މަހުގެ 12 ގައި ރައީސް ފޮނުއްވި ލިސްޓުގެ އެންމެ ކުރީގައިވަނީ ވެސް ޒަމްއަތެވެ. އަދި ރައީސް ފޮނުއްވި ނަންތައް ދިރާސާކުރުމަށްފަހު މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީންވެސް އެންމެ މަތިން މާކްސް ލިބިފައިވަނީ ޒަމްއަތަށެވެ.

Advertisement

Advertisement 1

ޒަމްޢަތަކީ 2005 ވަނަ އަހަރުން ފެށިގެން ނޫސްވެރިއެއްގެ ގޮތުގައި މަސައްކަތްކުރާ ފަރާތެކެވެ. އެންމެ ފުރަތަމަ ޒަމްޢަތު،މަސައްކަތް ފެށީ ދިވެހިރާއްޖޭގެ އަޑުގައެވެ.

މާކްސް ލިސްޓުގައި ހިމެނޭ މީހުންނަށް ރުހުން ދިނުމާއި ގުޅޭ ގޮތުން މިއަދުގެ މަޖިލިސް ޖަލްސާގައި ވޯޓަށް އަހާފައިވާއިރު، އެ މަޤާމަށް ޒަމްއަތު ޢައްޔަންކުރުމަށް ފާސްވެފައިވަނީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 54 މެންބަރުންގެ އިއްތިފާޤުންނެވެ.

ޒަމްއަތަކީ އިސްލާމިކް މިނިސްޓްރީގެ ޗީފް އެގްޒެކެޓިވް އޮފިސަރުކަމުގެ މަޤާމު ފުރުއްވަމުންދާ ބޭފުޅެކެވެ. ޕަބްލިކް ސާވިސް މީޑިއާގައި ވެސް ގިނަ އަހަރުތަކެއް ވަންދެން ނޫސްވެރިއެއްގެ މަސައްކަތް ކުރައްވާފައިވާއިރު، ބައެއް އަމިއްލަ މީޑިއާތަކުގައި ވެސް އޭނާ ވަނީ މަސައްކަތް ކުރެއްވާފައެވެ. މީގެ އިތުރުން އޭނާއަކީ ނޫސްވެރިކަމުގެ ދާއިރާއިން މާސްޓާސް ވެސް ހާސިލުކުރައްވާފައިވާ ބޭފުޅެކެވެ.

ބްރޯޑްކޮމްގެ މެންބަރުކަމަށް މިދިޔަ މަހު ވެސް ވަނީ ބޭފުޅަކު ޢައްޔަންކުރައްވާފައެވެ. އެ މަޤާމު ހުސްވެފައިވަނީ މެންބަރެއްގެ ގޮތުގައި ހުންނެވި މުހައްމަދު ފަޒީން އިސްތިއުފާ ދެއްވުމާއި ގުޅިގެންނެވެ. އެ ނަންތައް ދިރާސާކުރުމަށްފަހު 75 ޕަސެންޓުން މަތިން މާކްސް ލިބުނު 5 ބޭފުޅުންގެ ތެރޭގައިވެސް ޒަމްއަތު ހިމެނިވަޑައިގަންނަވައެވެ.

އެފަހަރު އެންމެ މަތިން މާކްސް ލިބުނު ޒީނާ ޒާހިރު އެ މަޤާމަށް އައްޔަންކުރުމަށް މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން ފާސްކުރި ނަމަވެސް ކޮމިޓީގެ ރިޕޯޓުގައި ހިމެނޭ ފަސް މެންބަރުންގެ ނަންތަކަށް މަޖިލީހުގެ ތަޅުމުގައި ވަކި ވަކިން ވޯޓަށް އެހުމުން ގިނަ މެންބަރުން ވޯޓު ދެއްވާފައިވަނީ ޒީނާ އާއި ޝިޔާނާ އަދި ޝިމްލާ އައްޔަންކުރަން ނުފެންނަ ކަމަށެވެ.

ބްރޯޑްކޮމްގެ މެންބަރުކަމަށް މޫސާ ރިޟްވާން އައްޔަންކުރުމަށް ފާސްކޮށްފައިވަނީ 70 މެންބަރުންގެ އިއްތިފާގުންނެވެ. އެއާއެކު އެ ލިސްޓުގައި ދެން އިން ޒަމްއަތުގެ ނަމަށް ވޯޓަށް އަހާފައެއް ނުވެއެވެ.

މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަންރައްޔިތުންގެ މަޖިލިސް
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ގުނަވަން ޓްރާންސްޕްލާންޓް ކުރުމުގެ ބިލް އަލުން ދިރާސާކޮށް މަޖިލީހުން ފާސްކޮށްފި

ގުނަވަން ޓްރާންސްޕްލާންޓް ކުރުމުގެ ބިލް އަލުން ދިރާސާކޮށް މަޖިލީހުން ފާސްކޮށްފި

12 ދުވަސް ކުރިން - 13:08

އީޔޫ އާއި ބެލްޖިއަމްގެ ސަފީރުކަމަށް ދިޔާނާ

އީޔޫ އާއި ބެލްޖިއަމްގެ ސަފީރުކަމަށް ދިޔާނާ

19 ދުވަސް ކުރިން - 12:00

ކޮތަޅު ފީ އަށް ލުއި ދޭ އިސްލާހުގެ ފުރަތަމަ ކިޔުން އިއްވައިފި

ކޮތަޅުން ދެރުފިޔާ ނުނަގާ ގޮތަށް ފުރަތަމަ ކިޔުން އިއްވައިފި

19 ދުވަސް ކުރިން - 10:45

އިންޑޮނީޝިއާއަށް ކަނޑައަޅުއްވާ ނޮން-ރެސިޑެންޓް ސަފީރަކަށް، ޑރ. މަރްޔަމް ޝަބީނާ ހަމަޖައްސަވައިފި

އިންޑޮނީޝިއާއަށް ކަނޑައަޅުއްވާ ނޮން-ރެސިޑެންޓް ސަފީރަކަށް، ޑރ. މަރްޔަމް ޝަބީނާ ހަމަޖައްސަވައިފި

31 ދުވަސް ކުރިން - 11:10

ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން ފަށައިފި: މިހާތަނަށް 530 މީހުން ވޯޓުލައިފި

ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން ފަށައިފި: މިހާތަނަށް 530 މީހުން ވޯޓުލައިފި

50 ދުވަސް ކުރިން - 10:25

ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަންގެ ވޯޓުލުން މާދަމާ!

ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަންގެ ވޯޓުލުން މާދަމާ!

51 ދުވަސް ކުރިން - 12:12