އަރިއަތޮޅު އުތުރުބުރީ ރަސްދޫނގެއެއްގައި 31 އަހަރުގެ ދެމަފިރިންގެ ގައިގައި ރޯވެ ބޮޑެތި އަނިޔާތަކެއް ވެއްޖެއެވެ.
މި ހާދިސާ ހިނގާފައިވަނީ ދެމަފިރިން ނިދަން ތިބޭ ކޮޓަރީގައެވެ. އަލިފާން ރޯވި ސަބަބު އަދި ސާފުވެފައެއް ނުވެއެވެ. ނަމަވެސް، ދެމަފިރިން ވަރަށް ބޮޑަށް ފިހިފައިވާ ކަމަށް ރިޕޯޓުތަކުގައި ބުނެފައިވެއެވެ.
އެނދެމަފިރިންނަށް ރަސްދޫގައި ފަރުވާ ދިނުމަށްފަހު، އިތުރު ފަރުވާ ހޯދުމަށް އެ ދެމަފިރިން ވަނީ މާލެ ގެނެސްފައެވެ. މިހާރު އެ ދެމަފިރިންނަށް ފަރުވާ ދެމުން އަންނަނީ އައިޖީއެމްއެޗްގެ އިމަޖެންސީގައި ކަމަށް އެ ހޮސްޕިޓަލުން މަޢުލޫމާތު ދީފައިވެއެވެ.
ނުރަސްމީ ހަބަރުތަކުން ބުނާ ގޮތުގައި އެދެމީހުން ވަނީ ވަރަށް ބޮޑަށް ފިހިފައެވެ.










