އައްޑޫއަށް އާ ޖެންސެޓެއް ފޮނުވަނީ

އައިޝަތު އީމާން | 78 ދުވަސް ކުރިން - 25 މާރިޗް 2025 07:38
އައްޑޫއަށް މި ތިންމަސްތެރޭ ފޮނުވާ ތިންވަނަ ޖެނެރޭޓަރު ރޭ މާލެއިން އައްޑޫއަށް ދިޔުމަށްޓަކައި ދޯނީގައި.
އައްޑޫއަށް މި ތިންމަސްތެރޭ ފޮނުވާ ތިންވަނަ ޖެނެރޭޓަރު ރޭ މާލެއިން އައްޑޫއަށް ދިޔުމަށްޓަކައި ދޯނީގައި.
ޚުލާސާ

އައްޑޫއަށް ފޮނުވާ އާ ޖެންސެޓް ރޭ ދަަންވަރު ވަނީ ދޯންޏަށް ލޯޑު ކޮށްފަ. މިއީ މިދިޔަ ތިން މަސް ތެރޭގައި ފޮނުވާ ތިންވަނަ ޖަނެރޭޓަރު.

އައްޑޫގެ ގުޅިފައިވާ ރަށްތަކުން ކަރަންޓު ކެނޑޭ މައްސަލައަށް ހައްލެއް ހޯދުމަށް ފެނަކައިން މަސައްކަތް ކުރަމުންދާ ކަމަށް އެ ކުންފުނިން ރޭ ހާމަކޮށްފިއެވެ.

ފެނަކަ ފަރާތުން މި ނޫހަށް މަޢުލޫމާތު ދެމުން ބުނީ، އައްޑޫ އަށް 1.8 މވގެ އާ ޖެންސެޓެއް ފޮނުވުމުގެ މަސައްކަތުގައި ރޭ ވެސް އުޅުނު ކަމަށެވެ. އެގޮތުން ރޭ ދޯންޏަށް އެ ޖެންސެޓް ލާފައިވާ ކަމަށާއި އައްޑޫގެ ކަރަންޓުގެ މައްސަލައަށް އަވަސް ހައްލެއް ގެނައުމަށް ވަރަށް ބޮޑު އިސްކަމެއް ދީގެން މަސައްކަތް ކުރަމުންދާ ކަމަށް ވެސް އެމްޑީ ނަޖާޙް ވިދާޅުވިއެވެ.

އައްޑޫއަށް ފޮނުވާ 1.8މވގެ އާ ޖެނެރޭޓަރު ރޭ ދޯނީގައި. ސަރުކާރުން މަސައްކަތް ކުރަމުންދަނީ ވީހާވެސް އަވަހަށް މައްސަލަ ހައްލުކުރުމަށް. އައްޑޫގެ މައްސަލަ ޖެހިފައިވާ ޖެންސެޓުގެ މަރާމާތުގެ މަސައްކަތް މިހާރު ވެސް ދަނީ ކުރަމުން. ފޮޓޯގައި މިވަނީ މި ތިންމަސްތެރޭ އައްޑޫއަށް ފޮނުވާ ރިންވަނަ ޖެނެރޭޓަރު.

މީގެ ކުރިން ވެސް ފެނަކަ ކޯޕަރޭޝަނުން އައްޑޫ އަށް 1.8 މެގަވޮޓުގެ ޖަނެރޭޓަރެއް ފޮނުވާނެ ކަމަށް ވިދާޅުވެފައި ވެއެވެ. އެއީ މި ރަމަޟާން މަހު އެ ސިޓީގެ ކަރަންޓު ވެސް ބޭނުންކުރާ މިންވަރު އިތުރުވުމާއެކު ލޯޑު ބޮޑުވާތީވެ، މީގެ ކުރިން އެ ސިޓީއަށް ފޮނުވި ދެ ޖެނެރޭޓަރުން އުފައްދާ ކަރަންޓަށްވުރެ އިތުރަށް އައްޑު ސިޓީއަށް މި ރަމަޟާންމަހު ކަރަންޓް ބޭނުންވާނެތީއެވެ.

އެހެންކަމުން، މިއީ މިދިޔަ ތިން މަސް ތެރޭގައި އައްޑޫ އަށް ފޮނުވާ ތިން ވަނަ ޖަނެރޭޓަރެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%