ވުޒާރާއިން ބުނީ މައިންބަފައިންގެ މައްޗަށް ލާޒިމުވެގެންވާ މި ޒިންމާ އިޚްލާޞްތެރިކަމާއި، އަދި ހަރުދަނާކަމާއެކު އުފުލައި، އަދާކުރުމުން ދަރިންނަށް ހިތްހަމަޖެހޭ އަދި ރައްކާތެރި މާޙައުލެއް ގާއިމުކުރެވިގެންދާނެ ކަމަށް.
456 ދުވަސް ކުރިން - 15:18
އިންޓަނެޓް ބޭންކިން އާއި ބޭންކުގެ ޕީއޯއެސް މެޝިންތަކާއި، ކާޑުގެ ޚިދުމަތާއި، އޭޓީއެމްގެ އިތުރުން ޕޭމަންޓް ގޭޓްވޭ ޚިދުމަތްވެސް މިރޭ މެދުކެނޑޭނެ ކަމަށް ބޭންކުން ބުނި.
456 ދުވަސް ކުރިން - 15:03
ފުލުހުން ބުނީ ޕާކު ކޮށްފައިވާ އުޅަނދު ދުއްވި ފަރާތްތަކާމެދު ފިޔަވަޅު އަޅަމުން ގެންދާނެ ކަމަށާއި، ޓޯކުރެވޭ އުޅަނދު ދޫކުރެވޭނީ 48 ގަޑިއިރު ފަހުން ކަމަށް.
456 ދުވަސް ކުރިން - 15:02
ޑޮކްޓަރަށް ދައްކާ ކިއު ކުޑަކުރެވޭނީ މާލޭގައި ޤާއިމުކުރުމަށް ނިންމާފައިވާ ޖެނެރަލް ޕްރެކްޓިސް ނުވަތަ އާއްމު ބަލިތަކަށް ފަރުވާ ދިނުމަށް ޤާއިމުކުރާ ކްލިނިކުތަކުގެ ޚިދުމަތްތަކާއެކު ކަމަށް ވަޒީރު ވިދާޅުވި.
456 ދުވަސް ކުރިން - 13:23
އިހުސާން ވިދާޅުވީ ސެންޓްރަލް ޖަލުން ފެންވަރު ރަނގަޅު ޚިދުމަތް ދިނުމުގެ މަޤުޞަދަކީ ޖަލު ހުކުމް ނިންމާފައި ނުކުންނަ މީހާއަކީ މުޖުތަމަޢު ބަލައިގަންނަ މީހަކަށް ހެދުން ކަމަށް.
456 ދުވަސް ކުރިން - 13:20
ހޯޕް އައިލެންޑަށް ގެންދާނީ މިހާރުވެސް ކުށްތަކަށް އަރައިގަންނަ އަދި ކުށުގެ މާޙައުލަށް ހުށަހެޅޭނެ ފަދަ ގޮތަކަށް ތިބި ކުދިން ކަމަށް އިހުސާން ވިދާޅުވި.
456 ދުވަސް ކުރިން - 13:18
ވަރަށް ހިތްދަތިކޮށް ނަޝީދު ބޭރުކޮށްލުމަށްފަހު، އެމަނިކުފާނު އެނބުރި އައުމުން ޞޯލިޙް ވަނީ މަރުޙަބާ ވިދާޅުވެފަ. ރިޔާސީ އިންތިޚަބުގައި މި ދެބޭފުޅުންވެސް ވާދަކުރައްވާނެ ކަމަށް ޚަބަރުތައް ބުނޭ.
456 ދުވަސް ކުރިން - 10:38
އީރާނުގެ ފޯޑޯ ނިއުކްލިއަރ ފެސިލިޓީއަށް ހަމަލާދިނުމަށް އެމެރިކާގެ އިސް ސެނެޓަރަކު ގޮވާލައިފި. މި ފެސިލިޓީއަކީ ފަރުބަދަތަކުގެ 80 މީޓަރުގެ އަޑީގައި ތައްޔާރުކޮށްފައިވާ ތަނެއް.
456 ދުވަސް ކުރިން - 09:15
ހަމަލާތައް ވަރުގަދަކުރަން ޓްރަމްޕް ގޮވާލާފައިވާ ދަނޑިވަޅުގައި، އީރާނަށް ދެމުންދާ ހަމަލާތައް ވަގުތުން ހުއްޓަލުމަށް ގޮވާލައި ނިއު ޔޯކުގައި މުޒާހަރާ ކުރަނީ.
456 ދުވަސް ކުރިން - 08:52
ރާއްޖޭގައި އަގުހެޔޮ އަދި ފެންވަރު ރަނގަޅު ޞިއްޙީ ނިޒާމެއް ޤާއިމުކުރުމަށް މަސައްކަތްތަކެއް ކުރަމުންދާކަމަށް ފަސްޓްލޭޑީ ސާޖިދާ ވިދާޅުވި.
456 ދުވަސް ކުރިން - 00:18
ފަތުރުވެރިންގެ އަތުން ސާވިސް ޗާޖު ނަގަނީ ޑޮލަރުން ކަމަށްވާތީ، އެ ހައްޤު މުވައްޒަފުންނަށް ލިބިދޭން ޖެހޭނީވެސް ޑޮލަރުން ކަމަށް ޤާސިމް ވިދާޅުވި.
456 ދުވަސް ކުރިން - 00:13
މައްސަލައިގެ ތަޙުޤީޤަށް ދާއޫދު ފުލުހުންނަށް ދިން ބަޔާނާއި ކޮމިޝަނަށް ދިން ބަޔާނުގައި ފުށުއެރުންތަކެއް ހުރިކަމަށާއި، އޭނާ ތަޙުޤީޤަށް ދޮގު ބަޔާނެއް ދީފައިވާކަމަށް ފާހަގަކުރެވޭ ކަމަށް ކޮމިޝަނުން ބުނި.
456 ދުވަސް ކުރިން - 00:08