މިނިސްޓްރީން ބުނީ އެ މުއްދަތުގެ ތެރޭގައި މައުލޫމާތު ނުދީފި ނަމަ، ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންނަށް އިތުރު ފުރުސަތެއް ނުދީ ޑީޕޯޓުކުރާނެ ކަމަށް.
455 ދުވަސް ކުރިން - 22:22
ހޯމް މިނިސްޓްރީން 151،694 ބިދޭސީއެއްގެ 10 އިނގިލީގެ ނިޝާން އަދި ފޭޝަލް ރެކޮގްނިޝަންއަށް ބޭނުންވާ ފޮޓޯ ނެގި ޑޭޓާބޭސް އަދާހަމަކޮށްފައިވޭ.
455 ދުވަސް ކުރިން - 22:19
އީރާނުން އިސްރާއީލަށް ދެމުންދާ ޙަމަލާތަކުގައި ލިބޭ ގެއްލުމުގެ ޒިންމާ ނުނަގާނެ ކަމަށާއި، ފުރާނަ ސަލާމަތްކުރަން ބޭނުންނަމަ ފަލަޞްޠީނުގެ ބިމުން ފޭބުމަށް އީރާނުން އިންޒާރު ދީފި.
455 ދުވަސް ކުރިން - 22:17
އީރާނުން މިއަދު ދިން ޙަމަލާތަކުގައި އިސްރާއީލުގެ ސްޓޮކްމާކެޓް އިމާރާތާއި، އިސްރާއީލުގައި އިންވެސްޓްކޮށްގެން އުޅޭ ބޭރުގެ ކުންފުނިތަކުގެ އޮފީސްތައް ހުންނަ 50ބުރީގެ އިމާރާތަކާއި ޖާސޫސީ އިދާރާވެސް ފުނޑާލައިފި.
455 ދުވަސް ކުރިން - 22:16
2023، 2024ގެ އޯލެވެލް އަދި އޭލެވެލް އިމްތިޙާނުތަކުން އެންމެ މޮޅު ނަތީޖާ ހޯދި 1800 އަށްވުރެ ގިނަ ދަރިވަރުންނަށް މަތީ އަރުތަވެރިންގެ އިނާމު ދިނުމުގެ ރަސްމިއްޔާތު ބާއްވަނީ.
456 ދުވަސް ކުރިން - 19:06
ދަތުރުފަތުރުކުރާ އުޅަނދުފަހަރާއި ފެރީ އުޅަނދުފަހަރުގެ ކެޕްޓަނުން، އެ އުޅަނދަކަށް އަރާ ބިދޭސީންނަކީ ގަވާއިދާ އެއްގޮތަށް އުޅޭ ބައެއްތޯ ޔަގީންނުކޮށް އުފުލައިފިނަމަ އެ ކެޕްޓަނަކާމެދު ފިޔަވަޅު އެޅޭނެ.
456 ދުވަސް ކުރިން - 18:34
ކިޑްނީ ބަދަލުކުރުން ފަދަ އޮޕަރޭޝަންތައް ކުރުމުގެ ގާނޫނީ އިޖުރާއާތުތައް ތަރުތީބުކުރެވިގެންދާނެހެން ރާއްޖޭގައި ގުނަވަން ބަދަލުކުރުމުގެ މަސައްކަތްތައް ފެށުމަށް ޚާއްސަ ގާނޫނެއް ހެދުމުގެ މަސައްކަތު ފަށައިފި.
456 ދުވަސް ކުރިން - 18:29
ފަޟީލަތުއްޝައިޚް އިބްރާހީމް ފަރީދު އަޙްމަދުގެ ހަނދާނީ މިސްކިތުގެ ޖާގައަކީ އެއްފަހަރާ 2500 މީހުން. މި މިސްކިތުގައި ޢަރަބި ބަހާއި ކީރިތި ޤުރުއާން ކިޔަވައިދޭނެ ޚާއްޞަ ކުލާސްރޫމްތަކެއް ހުންނާނެ.
456 ދުވަސް ކުރިން - 17:28
ދިވެހި ފުލުހުންގެ ޚިދުމަތުގެ ފަރާތުން އިންޓަޕޯލް މެދުވެރިކޮށް "ގްރީން ނޯޓިސް" ނެރެފައި ވަނީ 43 މީހެއްގެ މައްޗަށް. އެއީ 25 ދިވެހިންނާއި، 18 ބިދޭސީން.
456 ދުވަސް ކުރިން - 15:45
ވުޒާރާއިން ބުނީ މި ހަރަކާތަކީ ކުޑަކުދިންނަށް ކަނޑުގެ ރީތިކަން ދައްކާލުމާއި ކަނޑުގެ ދިރުންތަކުގެ މަޢުލޫމާތު ދެވޭނެގޮތަށް ހިންގާނެ ހަރަކާތެއް ކަމަށް.
456 ދުވަސް ކުރިން - 15:26
މި ފުރުޞަތު ހުޅުވާލާފައިވަނީ، މިއަދުން ފެށިގެން 6 ޖުލައި 2025 ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް.
456 ދުވަސް ކުރިން - 15:24
ވުޒާރާއިން ބުނީ މައިންބަފައިންގެ މައްޗަށް ލާޒިމުވެގެންވާ މި ޒިންމާ އިޚްލާޞްތެރިކަމާއި، އަދި ހަރުދަނާކަމާއެކު އުފުލައި، އަދާކުރުމުން ދަރިންނަށް ހިތްހަމަޖެހޭ އަދި ރައްކާތެރި މާޙައުލެއް ގާއިމުކުރެވިގެންދާނެ ކަމަށް.
456 ދުވަސް ކުރިން - 15:18