Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Ad
Ad

އިސްރާއީލުގެ ޖާސޫސީ މަރުކަޒާއި 50 ބުރީގެ ސްޓޮކް ޢިމާރާތްވެސް ފުނޑާލައިފި

އިސްރާއީލުގެ ޖާސޫސީ މަރުކަޒާއި 50 ބުރީގެ ސްޓޮކް ޢިމާރާތްވެސް ފުނޑާލައިފި

ޖަވާދު
360 ދުވަސް ކުރިން - 19 ޖޫން 2025 22:16
އީރާނުން މިއަދު ދިން ޙަމަލާގައި އިސްރާއީލުގެ އެންމެ ބޮޑެތި ޢިމާރާތްތައް ފުނޑާލާފައި. / ފޮޓޯ: އަލްޖަޒީރާ
އީރާނުން މިއަދު ދިން ޙަމަލާގައި އިސްރާއީލުގެ އެންމެ ބޮޑެތި ޢިމާރާތްތައް ފުނޑާލާފައި. / ފޮޓޯ: އަލްޖަޒީރާ
ޚުލާސާ

އީރާނުން މިއަދު ދިން ޙަމަލާތަކުގައި އިސްރާއީލުގެ ސްޓޮކްމާކެޓް އިމާރާތާއި، އިސްރާއީލުގައި އިންވެސްޓްކޮށްގެން އުޅޭ ބޭރުގެ ކުންފުނިތަކުގެ އޮފީސްތައް ހުންނަ 50ބުރީގެ އިމާރާތަކާއި ޖާސޫސީ އިދާރާވެސް ފުނޑާލައިފި.

އީރާނުން މިއަދު އިސްރާއީލަށް ދިން ރައްދު ހަމަލާތަކަކީ އާދަޔާ ޚިލާފަށް ބާރުގަދަ ހަމަލާތަކެއް ކަމަށް އިސްރާއީލުގެ އަސްކަރިއްޔާއިން އެއްބަސް ވެއްޖެއެވެ. އަޑަށްވުރެ 16 ގުނަ ބާރަށް ދަތުރުކުރާ ދެވައްތަރެއްގެ ހައިޕަސޮނިކް މިސައިލް ބޭނުންކޮށްގެން އީރާނުން ދިން މި ހަމަލާތައް މަތަކުރުމުގައި އިސްރާއީލުގެ 6 ބާވަތުގެ ދިފާއީ ނިޒާމުތައްވެސް ވަނީ މުޅިން ފެއިލްވެފައެވެ.

އީރާނުގެ މި ހަމަލާތަކުގައި އިސްރާއީލުގެ ވެރިރަށް ތެލްއަވީވަށާއި ބިރް އައްސަބަޢު ސިޓީއަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވެއެވެ. އީރާނުގެ ބާރުގަދަ އެތައް މިސައިލަކުންވަނީ އިސްރާއީލުގެ ބައެއް އުސް އިމާރާތްތައް ބިމާހަމަކޮށްލާފައެވެ. އަނެއްބައި އިމާރާތްތައްވަނީ ދެން އެތަންތަނުގައި ބަޔަކަށް ދިރިނޫޅެވޭ ވަރަށް ފުނޑާލާފައެވެ. ފުނޑާލި ބޮޑެތި އިމާރާތްތަކުގެ ތެރޭގައި ތެލްއަވީވުގައި ހުންނަ އިސްރާއީލުގެ ސްޓޮކްމާކެޓް އިމާރާތާއި، އިސްރާއީލުގައި އިންވެސްޓްކޮށްގެން އުޅޭ ބޭރުގެ ބޮޑެތި ކުންފުނިތަކުގެ އޮފީސްތައް ހުންނަ 50 ބުރީގެ އިމާރާތަކާއި، ބިރް އައްސަބަޢުގައި ހުންނަ ޔަހޫދީ އަސްކަރިއްޔާގެ ޖާސޫސީ މައި މަރުކަޒު ހިމެނެއެވެ.

އީރާނުގެ ބަޔާނެއް ބުނާގޮތުން، މި ޖާސޫސީ މަރުކަޒު ފުނޑާލުމަށް ދިން ވަރުގަދަ ހަމަލާގައި އެތާނގެ ކައިރީގައި ހުންނަ އިސްރާއީލު ސިފައިންގެ އަސްކަރީ ހޮސްޕިޓަލަށްވެސް ބޮޑެތި ގެއްލުންތަކެއް ލިބި، އެ ހޮސްޕިޓަލް ވަރަށް ބޮޑަށް ހަލާކުވެފައިވެއެވެ. ރިޕޯޓްތައް ބުނާގޮތުން މި ހަމަލާގެ ސަބަބުން އެ ހޮސްޕިޓަލްގައި ތިބި ބަލި މީހުންނާއި ޑޮކްޓަރުންނާއި ނަރުހުންގެ ތެރެއިން އެތައް ބަޔަކު ޒަޚަމްވިއެވެ.

Advertisement

Advertisement 1

އީރާނުގެ ހަމަލާތަކުގައި އިސްރާއީލުގެ 137 މީހަކު ޒަޚަމްވެފައިވާއިރު، ފުރާނަ ސަލާމަތް ކުރަން ދަތިވާވަރަށް 20 މީހަކު ޒަޚަމްވެފައިވާކަމަށް އިސްރާއީލުގެ މީޑިއާ ރިޕޯޓްތައް ބުނެއެވެ. އީރާނުން އަމިއްލަ ނަފްސުގެ ދިފާއުގައި ދޭ ހަމަލާތަކުގައި އަދި މަރުވިކަމަށް އިސްރާއީލު އެއްބަސްވެފައިވަނީ އެންމެ 26 މީހުންނެވެ. ނަމަވެސް އީރާނުގެ ހަމަލާތަކުގައި އިސްރާއީލުގެ 100 އަށް ވުރެ ގިނަ މީހުން މަރުވެފައިވާކަމަށް ނުރަސްމީ ރިޕޯޓްތައް ބުނެއެވެ.

އީރާންއިސްރާއީލް
Ad
Ad

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

އީރާނާއެކު ސޮއިކުރާ އެއްބަސްވުން ލަސްވީ އިސްރާއީލުގެ ސަބަބުން, ނަތަންޏާހޫއާ މެދު ވަރަށް ބޮޑަށް ކޯފާވި: ޓްރަމްޕު

އީރާނާއެކު ސޮއިކުރާ އެއްބަސްވުން ލަސްވީ އިސްރާއީލުގެ ސަބަބުން: ޓްރަމްޕު

2 ގަޑިއިރު ކުރިން - 00:26

ލުބުނާނުގެ އެއްވެސް ތަނަކަށް ޙަމަލާ ނުދިނުމަށް އެމެރިކާއިން އިޒުރޭލަށް އަންގައިފި

ލުބުނާނުގެ އެއްވެސް ތަނަކަށް ޙަމަލާ ނުދިނުމަށް އެމެރިކާއިން އިޒުރޭލަށް އަންގައިފި

6 ގަޑިއިރު ކުރިން - 20:14

ނަތަންޔާހޫގެ ކެބިނެޓުގެ އިންޒާރަކަށް ފަހު ބެއިރޫތަށް ވަރުގަދަ ޙަމަލާތަކެއް ދޭން ފަށައިފި

ނަތަންޔާހޫގެ ކެބިނެޓުގެ އިންޒާރަކަށް ފަހު ބެއިރޫތަށް ވަރުގަދަ ޙަމަލާތަކެއް ދޭން ފަށައިފި

8 ގަޑިއިރު ކުރިން - 17:59

އީރާނުން މިއަދު ހުރްމުޒް ނުހުޅުވުމުން އިޒުރޭލު ކެބިނެޓުގެ ކުއްލި ބައްދަލުވުމެއް ބާއްވަނީ

އީރާނުން މިއަދު ހުރްމުޒް ނުހުޅުވުމުން އިޒުރޭލު ކެބިނެޓުގެ ކުއްލި ބައްދަލުވުމެއް ބާއްވަނީ

16 ގަޑިއިރު ކުރިން - 09:46

ޓްރަމްޕް ބުނީ މާދަމާ ހުރްމުޒް ހުޅުވާނަމޭ - އީރާނުން ބުނީ ނުހުޅުވާނަމޭ

ޓްރަމްޕް ބުނީ މާދަމާ ހުރްމުޒް ހުޅުވާނަމޭ - އީރާނުން ބުނީ ނުހުޅުވާނަމޭ

23 ގަޑިއިރު ކުރިން - 02:52

ވަގުތީ އެއްބަސްވުމަށް އަމަލުނުކޮށް ނިއުކްލިއާ މަޝްވަރާތައް ކުރިއަށް ނުގެންދެވޭނެ: އީރާނު

ވަގުތީ އެއްބަސްވުމަށް އަމަލުނުކޮށް ނިއުކްލިއާ މަޝްވަރާތައް ކުރިއަށް ނުގެންދެވޭނެ: އީރާނު

1 ދުވަސް ކުރިން - 10:59