Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެ
EN
Logo EN
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement
Advertisement

ހުޅަނގު އައްސޭރީގައި ޔަހޫދީ ސިފައިންނަށް ޙަމަލާދެމުންދާތީ ނަތަންޔާހޫގެ ޕާޓީގެ ހުރިހާ ޙަރަކާތެއް ހުއްޓާލައިފި

ހުސައިން އިސްމާއިލް
4 ގަޑިއިރު ކުރިން - 23 އޮކްޓޫބަރު 2026 13:57
ހައްދުފަހަނައަޅާފައިވާ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ.
ހައްދުފަހަނައަޅާފައިވާ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ.
ޚުލާސާ

ޚަލީލްގެ ހަމަލާއާ ގުޅިގެން އިސްރާއީލުގެ ސިޔާސީ މަސްރަޙަށް ލޮޅުން އަރައިފި. ނަތަންޔާހޫ ލިކޫޑް ޕާޓީގެ ހުރިހާ ހަރަކާތްތަކެއް ހުއްޓާލި އިރު، އިޒުރޭލުގެ ދެސިފައިން މަރުވެ 6 މީހަކު ވަރަށް ބޮޑަށް ޒަޚަމް ވެއްޖެ.

ފަލަސްޠީނުގެ ހުޅަނގު އައްސޭރީގެ ޚަލީލް ސިޓީގެ އުތުރު ބޯޑަރުގައިވާ "ފަރްޝް އަލް-ހަވާ" އަސްކަރީ ޗެކްޕޮއިންޓަށް މިއަދު ދިން ވަރުގަދަ ފިދާއީ ހަމަލާއާ ގުޅިގެން އިސްރާއީލުގެ ސިޔާސީ މަސްރަޙަށް ބޮޑު ސިހުމެއް ލިބިއްޖެވެ. އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވަނީ މިއަދުގެ ވަގުތެއްގައި ކުއްލި އަމުރެއް ނެރެ، އޭނާ ނިސްބަތްވާ ވެރިކަންކުރާ ލިކޫޑް ޕާޓީން މިއަދަށް ރާވާފައި ހުރި ހުރިހާ ސިޔާސީ އެއްވުންތަކާއި، ކެމްޕޭން ހަރަކާތްތަކެއް މުއްދަތެއް ނެތް ގޮތަށް ބަންދުކޮށް، ކެންސަލްކުރުމަށް އަންގާފައެވެ.

މި ހަމަލާއަށް ފަލަސްޠީނުގެ މިނިވަންކަމަށް މަސައްކަތްކުރާ މަޝްހޫރު ޖަމާޢަތެއް ކަމަށްވާ "ޕޮޕިއުލަރ ފްރަންޓް ފޯ ދަ ލިބަރޭޝަން އޮފް ޕަލެސްޓީން" އިން ވަނީ ރަސްމީކޮށް މަރުޙަބާ ކިޔާފައެވެ. އެ ޖަމާޢަތުގެ މަރުކަޒީ މީޑިއާއިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ޚަލީލް ސިޓީއަކީ އަބަދުވެސް އިސްތިޢުމާރާ ދެކޮޅަށް ކުރެވޭ އިންތިފާޟާގެ މައި ހަކަތަ ކަމަށާއި، މި ހަމަލާއަކީ އިސްރާއީލުގެ އަނިޔާވެރިކަމާ ދެކޮޅަށް ދިނީ ޙައްޤު ރައްދެއް ކަމަށެވެ. އަދި ހުޅަނގު އައްސޭރީގެ ރަށްތައް ކުދިކުދި ބައިތަކަކަށް ވަކިކޮށްލަން ޖަހާފައިވާ އަސްކަރީ ޗެކްޕޮއިންޓްތަކަށް ފަލަސްޠީނުގެ ރައްޔިތުން ދުވަހަކުވެސް ބޯނުލަނބާނެ ކަމަށް ބަޔާނުގައިވެއެވެ.

އިސްރާއީލުގެ ރަސްމީ ދިފާޢީ ނިޒާމަށް ބާރުބޮޑުވެ، ނަތަންޔާހޫގެ ސަރުކާރަށް ފާޑުކިޔުންތައް އަމާޒުވަމުންދާއިރު، ފަލަސްޠީނުގެ ޖަމާޢަތްތަކުން ދަނީ ހުޅަނގު އައްސޭރީގެ ހުރިހާ ސިޓީއެއްގައި "އާންމު ރައްކާތެރިކަމުގެ ކޮމިޓީތައް" ހަދައި، ހަރުކަށި ޔަހޫދީ ވަޒަންވެރިންގެ ޖަރީމާތަކަށް ކުރިމަތިލުމަށް ރައްޔިތުންނަށް ގޮވާލަމުންނެވެ.

Advertisement

Advertisement 1

މި ޙާދިސާއާއެކު، އިސްރާއީލުގެ އެތެރޭގެ ސަލާމަތީ މަސްރަޙު މިހާރު މިއޮތީ ވަރަށް ނާޒުކު ފައްތަރެއްގައެވެ.

ފަލަސްތީންއިސްރާއީލްނަތަންޔާހޫހުޅަނގު އައްސޭރި
Advertisement
Advertisement

1 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅުން ހުރި ޚަބަރުތައް

އިސްރާއީލުގެ ދެ ސިފައިން މަރުވެ، ހަމަލާދިން ދެމީހުން ޝަހީދުވެއްޖެ

އިސްރާއީލުގެ ދެ ސިފައިން މަރުވެ، ހަމަލާދިން ދެމީހުން ޝަހީދުވެއްޖެ

6 ގަޑިއިރު ކުރިން - 11:49

ޙަމާސް އާއި އިސްލާމިކް ޖިހާދުގެ ދެ ކޮމާންޑަރަކު ޝަހީދު ކޮށްލައިފި

ޙަމާސް އާއި އިސްލާމިކް ޖިހާދުގެ ދެ ކޮމާންޑަރަކު ޝަހީދު ކޮށްލައިފި

1 ދުވަސް ކުރިން - 11:21

އީރާނުގެ ވެރިކަން ވައްޓާލުމާ ގުޅޭގޮތުން ޓްރަމްޕާ މަޝްވަރާކުރި ކަމަށް ނަތަންޔާހޫ ބުނެފި

2 ދުވަސް ކުރިން - 07:00

ސޫރިޔާގެ ހަމަޖެހުން ނަގާލައި ސަރަޙައްދީ ހަނގުރާމައެއް ކުރުމަށް އިޒުރޭލުން މަސައްކަތް ކުރަނީ

ސޫރިޔާގެ ހަމަޖެހުން ނަގާލައި ސަރަޙައްދީ ހަނގުރާމައެއް ކުރުމަށް އިޒުރޭލުން މަސައްކަތް ކުރަނީ

3 ދުވަސް ކުރިން - 12:48

ޣައްޒާ ސިޓީއަށް އިސްރާއީލުން ދިން ހަމަލާއެއްގައި ފަލަސްތީނުގެ ރައްޔިތަކު ޝަހީދުވެއްޖެ

ޣައްޒާ ސިޓީއަށް އިސްރާއީލުން ދިން ހަމަލާއެއްގައި ފަލަސްތީނުގެ ރައްޔިތަކު ޝަހީދުވެއްޖެ

7 ދުވަސް ކުރިން - 14:33

ޒައިތޫނި ބިންނަން ތިބި ފަލަސްޠީނު މީހުންގެ ގަޔަށް ބަޑި ޖަހައިފި

ޒައިތޫނި ބިންނަން ތިބި ފަލަސްޠީނު މީހުންގެ ގަޔަށް ބަޑި ޖަހައިފި

7 ދުވަސް ކުރިން - 14:16