Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

151،000 އަށް ވުރެ ގިނަ ބިދޭސީންގެ މައުލޫމާތު އެއްކޮށްފި

151،000 އަށް ވުރެ ގިނަ ބިދޭސީންގެ މައުލޫމާތު އެއްކޮށްފި

އަހްމަދު އީޒާން
442 ދުވަސް ކުރިން - 19 ޖޫން 2025 22:19
"އޮޕަރޭޝަން ކުރަނގި"ގެ ދަށުން ބިދޭސީންގެ މައުލޫމާތު އެއްކުރަނީ / ފޮޓޯ: ހޯމް މިނިސްޓްރީ
"އޮޕަރޭޝަން ކުރަނގި"ގެ ދަށުން ބިދޭސީންގެ މައުލޫމާތު އެއްކުރަނީ / ފޮޓޯ: ހޯމް މިނިސްޓްރީ
ޚުލާސާ

ހޯމް މިނިސްޓްރީން 151،694 ބިދޭސީއެއްގެ 10 އިނގިލީގެ ނިޝާން އަދި ފޭޝަލް ރެކޮގްނިޝަންއަށް ބޭނުންވާ ފޮޓޯ ނެގި ޑޭޓާބޭސް އަދާހަމަކޮށްފައިވޭ.

ބިދޭސީންގެ މައުލޫމާތު އެއްކުރުމަށް ސަރުކާރުން ކުރިއަށް ގެންދާ އޮޕަރޭޝަން ކުރަނގީގެ ދަށުން މިހާތަނަށް 151،000 އަށް ވުރެ ގިނަ ބިދޭސީންގެ ބަޔޯމެޓްރިކްސް ނަގައިފި އެވެ.

ދައުލަތުގެ މީޑިއާގައި ޕީއެސްއެމަށް ދިން އިންޓަވިއުއެއްގައި ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވީ ގަވާއިދާ ހިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީ މަސައްކަތްތެރިން ރެގިއުލޭޓް ކުރުމަށްޓަކައި މިހާތަނަށް ކުރެވުނު މަސައްކަތުން 151،694 ބިދޭސީއެއްގެ 10 އިނގިލީގެ ނިޝާން އަދި ފޭޝަލް ރެކޮގްނިޝަންއަށް ބޭނުންވާ ފޮޓޯ ނެގި ޑޭޓާބޭސް އަދާހަމަކުރެވިފައިވާ ކަމަށެވެ.

"މިހާރު އަޅުގަނޑުމެންގެ ނިޒާމުތަކުގެ ތެރޭގައި އެބަ ފެނޭ މި މީހުންނަކީ އެކްޒެކްޓްލީ ކޮން ބައެއްކަން. ބަޔޯމެޓްރިކަލީ އައިޑެންޓިފައި ކުރެވޭ. އެހެންވީމަ، މި ހިސާބުން ސީދާ މީހާ ފަހަތުން އެބަދެވޭ. އައިޑެންޓިފައި ކުރުމަކީ އަޅުގަނޑުމެންގެ އެންމެ ފުރަތަމަ މަސައްކަތް މި އޮޕަރޭޝަންގައި،" އިހުސާން ވިދާޅުވި އެވެ.

Advertisement

Advertisement 1

"ދެވަނަ ކަމަކީ ގާނޫނު ބައްޓަންކުރުން. އޭގެ ތެރޭގައި ބިދޭސީންނާއި ދޭތެރޭ އިހުމާލުވާ ފަރާތްތަކާ ދެތެރޭ ހަރުކަށި ފިޔަވަޅު އެޅުމާއި، ޖޫރިމާނާ ކުރުމާއި، ފައިސާ ނުދައްކާ ތިބޭ ފަރާތްތަކާ ދޭތެރޭ އަޅަން ޖެހޭ ފިޔަވަޅުތައް އެޅުންވެސް ހިމެނޭ."

ބިދޭސީން ރާޢްޖެ ގެނެސް އެމީހުންގެ ވިސާ ފީ ނުދައްކާ ކުންފުނިތަކުގެ ނަންތައް ހާމަކުރި ހިސާބުން ދައުލަތަށް ނުލިބި ހުރި ބިލިއަނެއްހާ ފައިސާ މިދިޔަ ދޮޅު އަހަރެއްހާ ދުވަހުގެ ތެރޭގައި ލިބިފައިވާ ކަމަށް ވެސް އިހުސާން ވިދާޅުވި އެވެ.

ގަވާއިދާ ހިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީންގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް ސަރުކާރުން ކުރާ މަސައްކަތްތަކުގެ ފުރަތަމަ މަރުހަލާގެ ދަށުން "އޮޕަރޭޝަން ކުރަނގި" ފެށީ މިދިޔަ އަހަރުގެ މެއި މަހުގެ ތިންވަނަ ދުވަހު އެވެ.

ސަރުކާރުގެ އަމާޒަކީ ގަވާއިދާ ހިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީންގެ މައްސަލައަށް 2027 ވަނަ އަހަރުގެ އެޕްރީލް މަހުގެ ކުރިން ދާއިމީ ހައްލެއް ގެނައުމެވެ.

މިނިސްޓަރު އަލީ އިހުސާންބިދޭސީންމިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ، ލޭބާ އެންޑް ޓެކްނޯލޮޖީ
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ބިދޭސީ މުވައްޒަފުންގެ މުސާރަ އެ މުވައްޒަފެއްގެ ބޭންކް އެކައުންޓަށް ޖަމާކުރުން ލާޒިމްކޮށްފި

ބިދޭސީ މުވައްޒަފުންގެ މުސާރަ ބޭންކް އެކައުންޓަށް ޖަމާކުރުން ލާޒިމްކޮށްފި

11 ދުވަސް ކުރިން - 11:40

މިދިޔަ ނުވަ މަސްދުވަސްތެރޭ ގަވާއިދާ ހިލާފަށް 77 މިލިއަން ޑޮލަރު ކަޅުބާޒާރުގައި ވިއްކާފައިވޭ: އިހުސާން

"ނުވަ މަސްދުވަސްތެރޭ ގަވާއިދާ ހިލާފަށް 77 މިލިއަން ޑޮލަރު ކަޅުބާޒާރުގައި ވިއްކާފައިވޭ"

12 ދުވަސް ކުރިން - 13:11

ޕޮލިސް ރިޕޯޓް ނުނަގައި ބިދޭސީންނަށް ސިމް ރިޕްލޭސް ވެސް ނުކުރެވޭ ގޮތް ހަދަނީ

ޕޮލިސް ރިޕޯޓް ނުނަގައި ބިދޭސީންނަށް ސިމް ރިޕްލޭސްވެސް ނުކުރެވޭ ގޮތް ހަދަނީ

17 ދުވަސް ކުރިން - 09:29

ސްޓޭޓް މިނިސްޓަރު ޑރ. ފައިރޫޝް މަގާމުން އިސްތިއުފާ ދެއްވައިފި

ސްޓޭޓް މިނިސްޓަރު ޑރ. ފައިރޫޝް މަގާމުން އިސްތިއުފާ ދެއްވައިފި

23 ދުވަސް ކުރިން - 10:50

މިނިސްޓްރީތަކުގައި ރޯވީ ކަރަންޓުގެ މައްސަލައަކުންކަން ހާމަވެއްޖެ!

މިނިސްޓްރީތަކުގައި ރޯވީ ކަރަންޓުގެ މައްސަލައަކުންކަން ހާމަވެއްޖެ!

25 ދުވަސް ކުރިން - 11:58

ގައުމީ ޚިދުމަތުގައި ނިޔާވި ފުލުހުންގެ ހަނދާން އައުކުރުމުގެ ދުވަސް

ގައުމީ ޚިދުމަތުގައި ނިޔާވި ފުލުހުންގެ ހަނދާން އައުކުރުމުގެ ދުވަސް

44 ދުވަސް ކުރިން - 09:28