Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ކުޑަކުދިންނާއި ބެހުނު 25 ދިވެއްސަކަށް އިންޓަޕޯލް ގްރީން ނޯޓިސް ނެރެފި

ކުޑަކުދިންނާއި ބެހުނު 25 ދިވެއްސަކަށް އިންޓަޕޯލް ގްރީން ނޯޓިސް ނެރެފި

އައިޝަތު އީމާން
402 ދުވަސް ކުރިން - 19 ޖޫން 2025 15:45
ދިވެހި ފުލުހުން ވަނީ އިންޓަޕޯލް އާއި ގުޅިގެން ކުޑަކުދިންނާ ބެހުނު ބަޔަކަށް ގްރީން ނޯޓިސް ނެރެފަ.
ދިވެހި ފުލުހުން ވަނީ އިންޓަޕޯލް އާއި ގުޅިގެން ކުޑަކުދިންނާ ބެހުނު ބަޔަކަށް ގްރީން ނޯޓިސް ނެރެފަ.
ޚުލާސާ

ދިވެހި ފުލުހުންގެ ޚިދުމަތުގެ ފަރާތުން އިންޓަޕޯލް މެދުވެރިކޮށް "ގްރީން ނޯޓިސް" ނެރެފައި ވަނީ 43 މީހެއްގެ މައްޗަށް. އެއީ 25 ދިވެހިންނާއި، 18 ބިދޭސީން.

ކުޑަކުދިންނާ ބެހުނު 25 ދިވެއްސަކަށް އިންޓަޕޯލް ގްރީން ނޯޓިސް ނެރެފި ކަމަށް ދިވެހި ފުލުހުން ބުނެފިއެވެ.

ގާނޫނު ނަންބަރު 2009/12 (ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ހާއްސަ އުސޫލުތަކަކަށް އަމަލުކުރުމުގެ ގާނޫނު) ގެ 57 ވަނަ މާއްދާގެ ދަށުން، ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްޝަން ސަރވިސްއިން، "ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންގެ ދަފްތަރު" އާންމުކޮށްފައިވާއިރު، މި ދަފްތަރުގައި ހިމެނޭ ފަރާތްތަކުގެ ތެރެއިން، ހުކުމް ތަންފީޒުކޮށް ނިމި މުޖުތަމައަށް ދޫކޮށްލާފައިވާ މީހުންގެ މައްޗަށް އިންޓަޕޯލް މެދުވެރިކޮށް ދިވެހި ފުލުހުންގެ ޚިދުމަތުގެ ފަރާތުން "ގްރީން ނޯޓިސް" ނެރެފައި ވަނީ ޖުމްލަ 43 މީހެއްގެ މައްޗަށެވެ. ފުލުހުން ބުނީ އެއީ 25 ދިވެހިންނާއި، 18 ބިދޭސީންނެވެ.

އިންޓަރޕޯލް ގްރީން ނޯޓިސްއަކީ އާންމު ސަލާމަތަށް ނުރައްކާވެދާނެ ފަރާތްތަކާ ބެހޭގޮތުން، ހާއްސަކޮށް އެމީހެއްގެ ކުށުގެ ރެކޯޑަށް ނުވަތަ ޝައްކުކުރެވޭ ކުށުގެ އަމަލުތަކާ ގުޅިގެން މެމްބަރު ގައުމުތަކަށް އިންޒާރު ދިނުމަށް ބޭނުންކުރާ ނިޒާމެކެވެ.

Advertisement

Advertisement 1

ކުޑަކުދިންގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި، އެފަދަ ކުށްކުށަށް އަރައިގަންނަ މީހުންގެ މައުލޫމާތު ކަމާ ގުޅޭ އެންމެހާ ފަރާތްތަކާ ހިއްސާކުރުމަކީ މުހިއްމުކަމަށް ވާއިރު، މި މައުލޫމާތު ބައިނަލްއަގުވާމީ ފެންވަރުގައި ހިއްސާކުރުމުން އެފަދަ މީހުންގެ ހަރަކާތްތައް އެހެން ގައުމުތަކުންވެސް ބަލައި، ރައްކާތެރިކަމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގެ އިތުރުން މިފަދަ މީހުންނަށް ވަޒީފާ ދިނުމުގައި ރިއާޔަތްކުރަންޖެހޭ ހާއްސަ ކަންތައްތަކާ ގުޅޭ މައުލޫމާތުތައް އެގައުމުތަކަށް ލިބެއެވެ.

ހާއްސަކޮށް، ބިދޭސީ މަސައްކަތު މީހުންނަކީ ވަޒީފާ ހޯދުމަށް އެކި ގައުމުތަކަށް ބަދަލުވާ މީހުންނަށްވުމާއެކު އެއް ގައުމެއްގައި މިފަދަ ކުށުގެ އަމަލެއް ހިންގުމަށްފަހު އެހެން ގައުމަކަށް ގޮސް ވަޒީފާއަށް އެދޭ ހާލަތްތަކުގައިވެސް އެމީހެއްގެ މައްޗަށް ގްރީން ނޯޓިސްއެއް ނެރެފައިވާނަމަ ކުޑަކުދިންނާ ގުޅުން އޮންނަ ދާއިރާތަކުގެ ވަޒީފާތައް ދިނުން ހުއްޓުވައި، އެފަދަ މީހުންގެ ހަރަކާތްތައް މޮނިޓަރ ކުރުމަށް ފުރުސަތު ލިބެއެވެ.

އިންޓަޕޯލްމޯލްޑިވްސް ޕޮލިސް ސަރވިސް
Advertisement
Advertisement

1 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ގައުމީ ޚިދުމަތުގައި ނިޔާވި ފުލުހުންގެ ހަނދާން އައުކުރުމުގެ ދުވަސް

ގައުމީ ޚިދުމަތުގައި ނިޔާވި ފުލުހުންގެ ހަނދާން އައުކުރުމުގެ ދުވަސް

3 ދުވަސް ކުރިން - 09:28

1.5 ކިލޯގެ މަސްތުވާތަކެތި އެތެރެކުރި މައްސަލައިގެ ތުހުމަތުގައި ރޫނާ ޝަރީއަތް ނިމެންދެން ބަންދުކޮށްފި

ރޫނާ ޝަރީއަތް ނިމެންދެން ބަންދުކޮށްފި

7 ދުވަސް ކުރިން - 18:42

ފައްޔާޒް އިސްމާއީލާ ގުޅޭ ކޮރަޕްޝަނާއި، މަސްލަހަތު ފުށުއެރުމާއި، އިތުރު މައްސަލަތަކުގެ ފުރިހަމަ ދިރާސާއެއް

ފައްޔާޒާ ގުޅޭ ކޮރަޕްޝަނާއި، މަސްލަހަތު ފުށުއެރުމާއި، އިތުރު މައްސަލަތަކުގެ ފުރިހަމަ ދިރާސާއެއް

8 ދުވަސް ކުރިން - 05:40

ހުޅުމާލޭގެ ގެސްޓްހައުސްއެއްގެ ތެރޭގައި މަރުވެފައި އޮތް ދިވެއްސަކު ފެނިއްޖެ

ހުޅުމާލޭގެ ގެސްޓްހައުސްއެއްގެ ތެރޭގައި މަރުވެފައި އޮތް ދިވެއްސަކު ފެނިއްޖެ

9 ދުވަސް ކުރިން - 15:54

އިސްރަށްވެހިންގެ ނާދީގެ މެންބަރުންނަށް އަމާޒުކޮށްގެން "ވިލުންތެރި ދިރިއުޅުން" ނަމުގައި ފުލުހުން ސެޝަނެއް ބާއްވައިފި

އިސްރަށްވެހިންގެ ނާދީގެ މެންބަރުންނަށް އަމާޒުކޮށްގެން "ވިލުންތެރި ދިރިއުޅުން" ނަމުގައި ސެޝަނެއް ބާއްވައިފި

11 ދުވަސް ކުރިން - 10:28

ހޯރަފުށީ ޖޭޖޭ ޔުނިޓްގެ ކުދިންތަކެއް މީހަކު ރަހީނުކޮށް އަނިޔާކުރުމުން ރަށުތެރެ ނުތަނަވަސްވެ އިހުތިޖާޖު ކުރަން ފަށައިފި

ހޯރަފުށި މީހަކު ރަހީނުކޮށް އަނިޔާކުރުމުން ރަށުތެރެ ނުތަނަވަސްވެ އިހުތިޖާޖު ކުރަން ފަށައިފި

11 ދުވަސް ކުރިން - 00:36