Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Ad
Ad

ދުނިޔޭގެ ކަނޑުތަކުގެ ދުވަސް ފާހަގަކުރުމަށް ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންދަނީ

ދުނިޔޭގެ ކަނޑުތަކުގެ ދުވަސް ފާހަގަކުރުމަށް ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންދަނީ

އަައިޝަތު ޒީނާ
347 ދުވަސް ކުރިން - 19 ޖޫން 2025 15:26
މި ހަރަކާތްތައް ކުރިއަށްގެންދަނީ ކުޑަކުދިންނަށް ކަނޑުގެ ރީތިކަން ދައްކާލެވޭގޮތަށް ކަމަށް ވުޒާރާއިން ބުނި. / ފޮޓޯ: ކުރެދު
މި ހަރަކާތްތައް ކުރިއަށްގެންދަނީ ކުޑަކުދިންނަށް ކަނޑުގެ ރީތިކަން ދައްކާލެވޭގޮތަށް ކަމަށް ވުޒާރާއިން ބުނި. / ފޮޓޯ: ކުރެދު
ޚުލާސާ

ވުޒާރާއިން ބުނީ މި ހަރަކާތަކީ ކުޑަކުދިންނަށް ކަނޑުގެ ރީތިކަން ދައްކާލުމާއި ކަނޑުގެ ދިރުންތަކުގެ މަޢުލޫމާތު ދެވޭނެގޮތަށް ހިންގާނެ ހަރަކާތެއް ކަމަށް.

ދުނިޔޭގެ ކަނޑުތަކުގެ ދުވަސް ފާހަގަކުރުމަށްޓަކައި މަސްވެރިކަމާ ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން "މޫދު ފެސްޓް" ގެ ނަމުގައި ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންދިއުމަށް ނިންމައިފިއެވެ.

މި ހަރަކާތްތައް ކުރިއަށް ދާނީ ޖޫން މަހުގެ 21 ވަނަ ދުވަހު ހުޅުމާލޭ ފޭސް 1 ގެ ގޮނޑުދޮށުގައި ކަމަށް ވުޒާރާއިން ބުންޏެވެ. އަދި މި ހަރަކާތްތައް މެންދުރު 1 ފެށިގެން ހަވީރު 5 އާއި ހަމައަށް ކުރިއަށް ގެންދިއުމަށް ރާވާފައިވާ ކަމަށްވެސް ވުޒާރާއިން ބުންޏެވެ.

ވުޒާރާއިން ބުނީ "މޫދު ފެސްޓް" ގައި ކަނޑުގެ މައުލޫމާތު ދިނުމަށްޓަކައި ސްޓޯލްތަކެއް ބެހެއްޓިފައި ހުންނާނެ ކަމަށެވެ. މި ފެސްޓިވަލްގައި މިނިސްޓްރީއާއި، ސަރުކާރުގެ ކަމާބެހޭ އިދާރާތަކާއި، ވިޔަފާރިތަކާއި، ތިމާވެށި ދާއިރާގެ އެންޖީއޯތަކާއި، އަދި ކާބޯތަކެތި ވިއްކާ ފަރާތްތައް ބައިވެރިވާނެ ކަމަށް ވެސް ވުޒާރާއިން ބުންޏެވެ.

Advertisement

Advertisement

މި ހަރަކާތުގައި ކުޑަކުދިންނާއި އަދި ޢާއިލާތަކަށް ކަނޑުތައް ޙިމާޔަތްކުރުމުގެ މުހިންމުކަމާ ބެހޭގޮތުން މަޢުލޫމާތު ދިނުމާއި، ދެމެހެއްޓެނިވި ގޮތެއްގައި ކަނޑުގެ ދާއިރާއާއި މަސްވެރިކަމުގެ ދާއިރާއިން ކުރިއަށްދެވޭނެ ފުރުޞަތު ހޯދައިދިނުމަށް ހަމަޖެހިފައިވާ ކަމަށްވެސް ވުޒާރާއިން ބުންޏެވެ.

ވުޒާރާއިން ބުނީ "މޫދު ފެސްޓް" ފެށިގެންދާނީ ޑައިވް ސެންޓަރުތަކާއި ގުޅިގެން ކުރިއަށްގެންދާ ޑިސްކަވާ ޑައިވް ހަރަކާތުން ކަމަށެވެ. މިހަރާކާތުގައި މަސްވެރިކަމާ ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަހުމަދު ޝިޔާމް އާއި ދައުލަތުގެ އިސްވެރިން ބައިވެރިވެވަޑައިގަންނަވާނެ ކަމަށް ވެސް ވުޒާރާއިން ބުންޏެވެ.

ވުޒާރާއިން ބުނީ މި ހަރަކާތަކީ ކުޑަކުދިންނަށް ކަނޑުގެ ރީތިކަން ދައްކާލުމާއި ކަނޑުގެ ދިރުންތަކުގެ މަޢުލޫމާތު ދެވޭނެގޮތަށް ހިންގާނެ ހަރަކާތެއް ކަމަށެވެ. މި ހަރަކާތުގެ މައިގަނޑު މަޤުޞަދަކީ ޒުވާނުންނާއި ކުޑަކުދިންނަށް ކަނޑާއި، ކަނޑުގެ ވެށި ޙިމާޔަތްކުރުމަށް ބާރުއެޅުން ކަމަށް ވުޒާރާއިން ބުންޏެވެ.

މި ހަރަކާތުގައި ގިނަވެގެން 40 ކުދިންނަށް ބައިވެރިވެވޭނެ ކަމަށާއި، މި ހަރަކާތް ނިމުމުން ހުރިހާ ބައިވެރިންނަށް އިނާމާއި އަދި އެހީތެރިވެދެއްވާ ފަރާތްތަކަށް ހަނދާނީ ސެޓްފިކެޓް ދިނުމަށް ހަމަޖެހިފައިވާ ކަމަށް ވުޒާރާއިން ބުންޏެވެ.

މިނިސްޓްރީ އޮފް ފިޝަރީޒް، އެގްރިކަލްޗާ އެންޑް އޯޝަން ރިސޯސަސް

ގުޅޭ ޚަބަރުތައް

ށ. މިލަންދޫގައި ރޯވި އަލިފާންގަނޑުގައި ތިން ޑިންގީއެއް އަނދައި ބޮޑެތި ގެއްލުންތަކެއް ވެއްޖެ

މިލަންދޫގައި ރޯވި އަލިފާންގަނޑުގައި ތިން ޑިންގީއެއް އަނދައި ބޮޑެތި ގެއްލުންތަކެއް

3 ގަޑިއިރު ކުރިން - 09:50

އިބޯލާ ފެތުރިދާނެ ކަމުގެ ބިރު ބޮޑުވެ، ތިން ވެކްސިނެއް ތައްޔާރުކުރުމުގެ މަސައްކަތް ފަށައިފި

އިބޯލާ އަށް ތިން ވެކްސިނެއް ތައްޔާރުކުރުމުގެ މަސައްކަތް ފަށައިފި

13 ގަޑިއިރު ކުރިން - 23:07

ބޮޑުތަކުރުފާނު މަގުގެ އުތުރު ފަރާތް ތަރައްގީކުރުމުގެ 75 އިންސައްތަ މަސައްކަތް ނިމިއްޖެ

ބޮޑުތަކުރުފާނު މަގުގެ އުތުރު ފަރާތް ތަރައްގީކުރުމުގެ %75 މަސައްކަތް ނިމިއްޖެ

16 ގަޑިއިރު ކުރިން - 20:41

މިމަހު ފަހުކޮޅު ބީއެމްއެލްއިން ޑޮލަރު ލިމިޓަށް ލުޔެއް ދޭނެ: ރައީސް

މިމަހު ފަހުކޮޅު ބީއެމްއެލްއިން ޑޮލަރު ލިމިޓަށް ލުޔެއް ދޭނެ: ރައީސް

23 ގަޑިއިރު ކުރިން - 13:39

ސައިބާ ބުލީއިން ކުދިން ރައްކާތެރިކުރުމަށް 16 އަހަރުން ދަށުގެ ކުދިންނަށް ސޯޝަލް މީޑިއާ މަނާކުރަނީ

16 އަހަރުން ދަށުގެ ކުދިންނަށް ސޯޝަލް މީޑިއާ މަނާކުރަނީ

1 ދުވަސް ކުރިން - 12:41

ސިގިރެޓާ ގުޅިގެން ސަރުކާރުން ޔޫޓާނެއް ނުނަގާ

ސަރުކާރުން ޔޫޓާނެއް ނުނަގާ

1 ދުވަސް ކުރިން - 11:51

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%