1800 އަށްވުރެ ގިނަ ދަރިވަރުންނަށް މަތީ އަރުތަވެރިންގެ އިނާމު ދެނީ

އާނާ ފަހީމް | 4 ގަޑިއިރު ކުރިން - 19 ޖޫން 2025 19:06
މީގެ ކުރިން އޮތް ޓޮޕް އެޗީވާސް އެވޯޑް ދިނުމުގެ ރަސްމިއްޔާތެއްގެތެރެއިން/ ފޮޓޯ: ރައީސް އޮފީސް
މީގެ ކުރިން އޮތް ޓޮޕް އެޗީވާސް އެވޯޑް ދިނުމުގެ ރަސްމިއްޔާތެއްގެތެރެއިން/ ފޮޓޯ: ރައީސް އޮފީސް
ޚުލާސާ

2023، 2024ގެ އޯލެވެލް އަދި އޭލެވެލް އިމްތިޙާނުތަކުން އެންމެ މޮޅު ނަތީޖާ ހޯދި 1800 އަށްވުރެ ގިނަ ދަރިވަރުންނަށް މަތީ އަރުތަވެރިންގެ އިނާމު ދިނުމުގެ ރަސްމިއްޔާތު ބާއްވަނީ.

ފާއިތުވި ދެއަހަރު (2023 އަދި 2024)ގެ ސާނަވީ އިމްތިޙާނުތަކުން އެންމެ ރަނގަޅު ނަތީޖާ ހޯދި ދަރިވަރުންނަށް "މަތީ އަރުތަވެރިންގެ އިނާމު" ދިނުމަށް ބާއްވާ ރަސްމިއްޔާތު މި މަހުގެ 21 އަދި 22 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާކަމަށް ތަޢުލީމީ ވުޒާރާއިން ހާމަކޮށްފިއެވެ.

އެ ވުޒާރާއިން ބުނި ގޮތުގައި، ރަސްމިއްޔާތު ކުރިޔަށްދާނީ ފަސްދަންފަޅިއަކަށެވެ. މި ރަސްމިއްޔާތު ބާއްވާނީ ސޯޝަލް ސެންޓަރުގައި ކަމަށާއި، އޯލެވެލް އަދި އޭލެވެލްއިން 1 ވަނަ ހޯދާ ދަރިވަރުންނަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ އިނާމާއި، އޭލެވެލްއިން 1 ވަނަ ހޯދާ ދަރިވަރުންނަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ސްކޮލަރޝިޕް ހަވާލުކުރެވޭނެ ކަމަށް މިނިސްޓްރީން ބުންޏެވެ.

މީގެ އިތުރުން، އޭ ފާސް ނުވަތަ އެއަށްވުރެ މަތިން ހޯދާ ދަރިވަރުންނަށް ދެވޭ ހައި އެޗީވާސް ސްކޮލަރޝިޕްވެސް މި ރަސްމިއްޔާތުގައި ހަވާލުކުރެވޭނެ ކަމަށް ވުޒާރާއިން މަޢުލޫމާތު ދީފައިވެއެވެ.

ތަޢުލީމީ ވުޒާރާއިން އިތުރަށް ހާމަކުރި ގޮތުގައި، ސާނަވީ އަދި މަތީ ސާނަވީ ނިންމި އިމްތިޙާނުތަކުން އެންމެ ރަނގަޅު ނަތީޖާ ހޯދައިގެން، 1800 އަށްވުރެ ގިނަ ދަރިވަރުން މި ރަސްމިއްޔާތުގައި މަތީ އަރުތަވެރިންގެ އިނާމު ހާސިލުކުރާނެއެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%