Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Ad
Ad

ހެޔޮ ބަދަލުތަކަކާއެކު ސްޓޫޑަންޓު ލޯނަށް އެދި ހުށަހެޅުމަށް ހުޅުވާލައިފި؛ މިހާރު ސުންގަޑިއެއް ނޯންނާނެ!

ހެޔޮ ބަދަލުތަކަކާއެކު ސްޓޫޑަންޓު ލޯނަށް އެދި ހުށަހެޅުމަށް ހުޅުވާލައިފި؛ މިހާރު ސުންގަޑިއެއް ނޯންނާނެ!

އައިޝަތު ރުވާ ރިފްޢަތު
65 ދުވަސް ކުރިން - 1 އޭޕްރިލް 2026 18:40
މަތީ އަރުތަވެރިންގެ އިނާމު ދިނުމުގެ ޖަލްސާ 2024. / ފޮޓޯ: ޚުލާސާ
މަތީ އަރުތަވެރިންގެ އިނާމު ދިނުމުގެ ޖަލްސާ 2024. / ފޮޓޯ: ޚުލާސާ
ޚުލާސާ

މި ލޯނަކީ ޝަރީއާ ކޮމްޕްލަޔަންޓް ލޯނަކަށް ވާއިރު، ކިޔެވުމަށް ހަރަދުކުރި މިންވަރަށްވުރެ އިތުރަށް އިންޓްރެސްޓްގެ ގޮތުގައި އެއްވެސް ފައިސާއެއް ނުނަގާނެ.

ރާއްޖެއާއި ރާއްޖެއިން ބޭރުން މަތީ ތައުލީމާއި ތަމްރީނު ހޯދުމަށް އެދި ހުށަހެޅުމުގެ ފުރުސަތު، ގިނަ ހެޔޮ ބަދަލުތަކަކާއެކު ސަރުކާރުން މިއަދު ހުޅުވާލައިފި އެވެ. މި ފުރުސަތު ހުޅުވާލުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ހަޔަ އެޑިއުކޭޝަން މިނިސްޓަރު ޑރ. އަލީ ހައިދަރު ވިދާޅުވީ، ގައުމަށް ބޭނުންވާ ޓެކްނިކަލް ދާއިރާތަކުން ކިޔަވަން ޝައުގުވެރިވާ ކުދިންނަށް އެއްވެސް ލިމިޓެއް ނެތި ފުރުސަތު ދިނުމަށް ސަރުކާރުން ނިންމާފައިވާ ކަމަށެވެ.

މި ލޯން ސްކީމަށް ގެނެވުނު އެންމެ ބޮޑު އެއް ބަދަލަކީ، ކޮންމެ އަހަރަކު ދޫކުރާ ލޯނުގެ މަދުވެގެން %50 އަކީ ޓެކްނިކަލް ދާއިރާތަކަށް ހާއްސަ ކުރެވޭ ލޯނަށް ހެދުމެވެ. މިނިސްޓަރު ވިދާޅުވި ގޮތުގައި ޓެކްނިކަލް ނޫން ދާއިރާތަކަށް ދެވޭ ލޯނުގެ އަދަދު ވަކި މިންވަރެއްގައި ހިފެހެއްޓި ނަމަވެސް، ފަންނީ ދާއިރާތަކުން ކިޔަވަން ބޭނުންވާ ދަރިވަރުންނަށް އެއްވެސް ހިފެހެއްޓުމެއް ނެތި ފުރުސަތު އޮންނާނެ އެވެ. "މި ބަދަލުގެ ބޭނުމަކީ ކޮންމެ ދަރިވަރަކީވެސް ރާއްޖެ ބިނާކުރުމުގައި ބައިވެރިވާނެ ތައުލީމީ، ގާބިލު ފަންނުވެރި އުފެއްދުންތެރިއަކަށް ހެދުން،" މިނިސްޓަރު ވިދާޅުވި އެވެ.

މިފަހަރުގެ ލޯން ސްކީމްގެ ދަށުން އެޕްލިކޭޝަން ހުށަހެޅުމަށް ވަކި ސުންގަޑިއެއް ނޯންނާނެ އެވެ. މިއީ ކިޔަވަންދާން ތައްޔާރުވާ ދަރިވަރުންނަށް ލިބޭނެ ވަރަށް ބޮޑު ލުޔެކެވެ. ދަރިވަރުންނަށް ޕްލޭސްމަންޓް ލިބުމާއެކު، އެމްކިޔުއޭގެ އިންޓެންޑެޑް ލެޓާ އާއި ފީ ސްޓްރަކްޗާ ހުށަހެޅުމުން ލޯނަށް އެދެވޭނެ އެވެ. އަދި ކުރިން އޮތް "އަލަށް ކިޔަވާ ދަރިވަރުން" އަދި "ކިޔަވަމުންދާ ދަރިވަރުން" މި ދެ ކެޓަގަރީވެސް ވަނީ އުވާލާފަ އެވެ.

Advertisement

Advertisement 1

މި ލޯނަކީ ޝަރީއާ ކޮމްޕްލަޔަންޓް ލޯނަކަށް ވާއިރު، ކިޔެވުމަށް ހަރަދުކުރި މިންވަރަށްވުރެ އިތުރަށް އިންޓްރެސްޓްގެ ގޮތުގައި އެއްވެސް ފައިސާއެއް ނުނަގާނެ އެވެ. ސަރުކާރުން މިހާރު ވަނީ ލޯނު ދިނުމުގެ އުސޫލު ގެޒެޓްކޮށްފަ އެވެ. އެ އުސޫލުގައިވާ ގޮތުން ލޯނުގެ ގޮތުގައި އެންމެ ގިނައިން ދޫކުރެވޭނީ 2.5 މިލިއަން ރުފިޔާ އެވެ. ނަމަވެސް ޓޮޕްއަޕް ލޯނާއެކު މި އަދަދު 3.2 މިލިއަން ރުފިޔާއަށް އިތުރުކުރެވޭނެ އެވެ.

ހަޔާ އެޑިއުކޭޝަން މިނިސްޓްރީ (އުވާލެވިފައި)ސްޓޫޑެންޓް ލޯނު
Ad
Ad

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

އެޑިއުކޭޝަނާއި ހަޔާ އެޑިއުކޭޝަން އެއްކޮށްލައި، މިނިސްޓަރުކަމަށް ޝަފީއު އައްޔަންކުރައްވައިފި

ދެ މިނިސްޓްރީ އެއްކޮށްލައި މިނިސްޓަރަކަށް ޝަފީއު އައްޔަންކުރައްވައިފި

52 ދުވަސް ކުރިން - 19:47

ތެރަޕިއުޓިކް އަދި ރިހިބިލިޓޭޝަންގެ ތަމްރީން ދިނުމަށް 250 ސްކޮލާޝިޕް

ތެރަޕިއުޓިކް އަދި ރިހިބިލިޓޭޝަންގެ ތަމްރީނަށް، 250 ސްކޮލާޝިޕް

66 ދުވަސް ކުރިން - 19:43

ރައީސުލްޖުމްހޫރިއްޔާގެ ސްކޮލާޝިޕްގައި ބޭނުން ދާއިރާއަކުން ކިޔެވޭގޮތަށް އުސޫލު ބަދަލުކޮށްފި

ރައީސުލްޖުމްހޫރިއްޔާގެ ސްކޮލާޝިޕްގައި ބޭނުން ދާއިރާއަކުން ކިޔެވޭގޮތަށް ބަދަލުކޮށްފި

67 ދުވަސް ކުރިން - 09:42

ހައި އެޗީވާސް ސްކޮލަޝިޕްގައި ރާއްޖޭގައި ކިޔަވާ ދަރިވަރުންނަށް 6000 ރުފިޔާގެ އިތުރު އެލަވަންސެއް ދޭން ނިންމައިފި

ސްކޮލަޝިޕުގައި ރާއްޖޭގައި ކިޔަވާ ދަރިވަރުންނަށް އިތުރު އެލަވަންސެއް

67 ދުވަސް ކުރިން - 22:29

ބޭނުން ކޮންމެ ދުވަހަކު ސްޓޫޑެންޓް ލޯނަށް އެދެވޭ ގޮތަށް ސަރުކާރުން ބަދަލު ގެނެސްފި

ސްޓޫޑަންޓް ލޯނަށް އެދި ހުށަހެޅުމުގެ ޑެޑްލައިނެއް ނޯންނާނެ

93 ދުވަސް ކުރިން - 13:00

މެދުއިރުތުމަތީގައި ތިބި ދިވެހި ދަރިވަރުންގެ،ރައްކާތެރިކަން ކަށަވަރުކުރާނަން:ހަޔާ އެޑިއުކޭޝަން މިނިސްޓްރީ

މެދުއިރުތުމަތީގައި ތިބި ދިވެހި ދަރިވަރުންގެ،ރައްކާތެރިކަން ކަށަވަރުކުރާނަން:ހަޔާ-އެޑިއުކޭޝަން މިނިސްޓްރީ

96 ދުވަސް ކުރިން - 14:00